ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަނޑުތަކުގެ އުފެއްދުންތައް ރިސޯޓުތަކަށް ގެންދަން އެސްޓީއޯ!

އއ ތޮއްޑޫ ދަނޑުތަކުގެ އުފެއްދުންތައް ރިސޯޓުތަކަށް ގެންދަން އެސްޓީއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރާ އެއް ރަށް ކަމަށްވާ އއ.ތޮއްޑޫގައި އުފައްދާ ދަނޑުވެރިކަމުގެ ސާމާނު އެސްޓީއޯ އިން ރިސޯޓުތަކަށް ވިއްކައިދޭން ނިންމައި، ދަނޑުވެރިކަން ކުރިއަރުވަން ސީއެސްއާރުގެ ދަށުން ހާއްސަ ޕައިލެޓް ޕްރޮޖެކްޓެއް އިއުލާނުކޮށްފިއެވެ.

ކްރޮސްރޯޑް މޯލްޑިވްސްގައި މި އަހަރުގެ މޯލްޑިވްސް ޓޫރިޒަމް ކޮންފަރެންސް ވަނީ ކުރިޔަށް ގެންގޮސްފައެވެ. މުޅި ދުވަހަށް ބަހާލައިގެން ކުރިިޔަށް ގެންދިޔަ އެ ސެޝަންތަކުގެ ޕެނަލްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން އަމްރު ވަނީ އެ ކުންފުނިން ދިވެހި ދަނޑުވެރިކަަން ކުރިއަރުވަން ހާއްސަކޮށް ކުރިޔަށް ގެންދާ މަޝްރޫއުތަކުގެ މައުލޫމާތުތައް ދީފައެވެ.

ކޮންފަރެންސްގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ މީގެ 54 އަހަރު ކުރިން އެސްޓީއޯ އުފައްދާފައިވަނީ ރާއްޖޭގެ ކާނާގެ ރައްކާތެރިކަން ދެމެހެއްޓުމަށް ކަމަށެވެ. ކުންފުނީގެ އެކި ގޮފިތައް އިތުރު ކުރަމުން ގޮސް އެސްޓީއޯއަކީ މިވަގުތު ރާއްޖޭގައި ރައްޔިތުންނަށް ހުރިހާ ހިދުމަތެއްވެސް ފޯރުކޮށްދޭ ކުންފުންޏެއްކަން އަމްރު ފާހަގަކުރެއްވިއެވެ. އެގޮތުން އެސްޓީއޯއިން ދަނޑުވެރިކަމުގެ ދާއިރާއަށް އެހީތެރިވެދިނުމަށް ދަނޑުވެރިކަމުގެ ސާމާނު އެ ކުންފުނިން ރާއްޖޭގެ އެކި ހިސާބުތަކުގައި ހަދާ ތަންތަނަށް ގެނެސް ދިނުމުން ރިސޯޓުތަކަށް މާކެޓުކޮށްދޭން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަމްރު ވިދާޅުވީ އެ ސާމާނުތައް އެސްޓީއޯއާއި ހަމައަށް ރައްޔިތުން ގެނެސްދޭންވީ ކަމަށާއި، އެ ޕެކްކޮށް ރިސޯޓުތަކާއި ހަމައަށް އެ ކުންފުނިން ގެނެސްދޭނެ ކަމާށެވެ.

މި މަސައްކަތް އެސްޓީއޯއިން ފެށުމަށް ހަމަޖެހިފައިވަނީ މިފްކޯ މަސައްކަތްކުރާ މޮޑެލްއަށް “ގްރޯން އިން މޯލްޑިވްސް” ގެ ނަމުގައެވެ. އަމްރު ވިދާޅުވީ އެސްޓީއޯއިން މަސްވެރިން ބާނާ މަސް ގަތުމަށް ހާއްސަ އިސްކަމެއް ދޭ ކަމަށެވެ. އެގޮތުން އެސްޓީއޯގެ ޑިޕާޓްމެންޓެއްގެ ގޮތުގައި ޕްރީމިއަމް އަގެއްގައި މަސް ގަންނަން ފެށުމުން މަސްވެރިކަން ވަރަށް ބޮޑަށް ކުރިއަރައި މަސްވެރިކަމުގެ އެންމެ ޒަމާނީ އާލާތްތައް ހޯދުމަށް މަސްވެރިންނަށް ފަސޭހަތަކެއް ވެގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ ދަނޑުވެރިންނަށް، އެމީހުން އުފައްދާ ތަކެއްޗަށް ލިބޭނެ އަގެއް އަންދާޒާކުރަންވެސް ނޭނގޭ ކަމަށެވެ. އެގޮތުން ދަނޑު ހައްދާ ވަގުތާއި، ހެދޭ ތަކެތި ވިއްކުމަށް މާލެ ފޮނުވާ ވަގުތުގައިވެސް އެތަކެއްޗަށް ލިބޭނެ އަގު އެމީހުންނަށް ނޭނގޭކަމަށް ވިދާޅުވިއެވެ. އެހެން ކަމުން، ދެން ކުރިޔަށް އޮތީ ދަނޑުވެރިން އިތުރު ހަރުފަތަކަށް ގެންގޮސްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ކާމިޔާބު މަޝްރޫއުއަކަށް ވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަން ފާހަގަކުރައްވާ އަމްރު ވިދާޅުވީ އުންމީދަކީ ދަނޑުވެރިންނަށް ވެސް ހަމައަގު ލިބިގެން ދިއުން ކަމަށެވެ. އަމްރު ވަނީ މަޝްރޫއު ފަށާއިރު “ފުޑް ސެކިއުރިޓީ” ދަމަހައްޓާނެކަން ވެސް ފާހަގަކުރައްވާފައެވެ.

ޓޫރިޒަމް ކޮންފަރަންސްގައި އެސްޓީއޯގެ ފަރާތުން ދެއްކި ވީޑިއޯ ޕްރެޒެންޓޭޝަނުގައި ބުނި ގޮތުގައި ރާއްޖޭގެ ދަނޑުތަކުގައި ހެއްދޭ ބާވަތްތައް ފަހުގެ ތާރީހުގައި ގިނަ އަދަދަކަށް އިމްޕޯޓުކުރަމުން އަންނަ ކަމަށެވެ. އަދި އަންދާޒާކުރެވޭ ގޮތުގައި ޓޫރިޒަމް ދާއިރާއިން އަހަރަކު 1.2 މިލިއަން ކިލޯގެ ދަނޑުވެރި ބާވަތްތައް ބޭނުންވާ ކަމަށާއި، އއ.ތޮއްޑޫގައި އަހަރަކު 1.6 މިލިއަން ކިލޯގެ ބާވަތްތައް އުފައްދާކަމަށް ބުންޏެވެ. ތޮއްޑޫގައި އުަފައްދާ ތަކެތީގެ އަގު ގާތްގަނޑަކަށް 31 މިލިއަން ރުފިޔާއަށް އަރާކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: