ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީއިން ވަކި ބަޔަކު ކުރިއަރުވަން މަސައްކަތެއް ނުކުރޭ: މުންދު

ޕީޕީއެމް. ޕީއެންސީގެ ޖަލްސާއެއް ހުކުރު ދުވަހު ކާނިވާ ސަރަހައްދުގައި - ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީޕީއެމް ޕީއެންސީއަކީ އަބަދު އެއް ވާހަކައެއް ދައްކާ ބަޔަކު ބޭނުންކޮށްގެން ޕާޓީ ކުރިއަރުވައިގެން ރައްޔިތުންނަށް ހިދުމަތް ކުރަން މަސައްކަތް ކުރާ ޕާޓީއެއް ނޫންކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ޕީޕީއެމް ޕީއެންސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ، ޕީޕިއެމްގެ ރައީސް، ރައީސް ޔާމީން އަބްދުލް ގައްޔޫމް ދާދިފަހުން ތުލުސްދޫ ދާއިރާގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ މައުލޫމާތާއި އަދި އަންނަ ހުކުރު ދުވަހު ކޯލިޝަންއިން ކާނިވާ ސަރަހައްދުގައި “އަންނަނީ، އަންނަނީ” ގެ ނަމުގައި ބާއްވާ ޖަލްސާއާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެކެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ބައްޔަށްފަހު ރައީސް ޔާމީން ބައިވެރިވެވަޑައިގެން ހަތަރު ޖަލްސާއެއް ކާނިވާ ސަރަހައްދުގައި ވަނީ ބާއްވާފައެވެ. ސަރުކާރު ޒިންމާދާރު ކުރުވުމަށް، ނުވަތަ ޖަވާބުދާރީވުމަށް އޮތް ޕީޕީއެމް ޕީއެންސީއަކީ ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޕާޓީކަމަށް މުންދު ވަނީ ވިދާޅުވެފައެވެ. ސިޔާސީ ހަރަކާތްތައް ހިންގުމުގައި ކޮންގްރެސް ކޯލިޝަންއިން އަބަދުވެސް އޮންނާނީ ކުރީގައި ކަމަށް ވިދާޅުވެ މުންދު ވަނީ ހުކުރު ދުވަހުގެ ތޭގެ ޖަލްސާގައި ވެސް ސަރުކާރުގެ ތެރޭގައި ހުރި އެކި މައްސަލަތަކާއި ގުޅޭގޮތުން ޕާޓީގެ މެމްބަރުން ވާހަކަ ދައްކަވާނެ ކަމަށެވެ. އަދި ކޮންގްރެސް ކޯލިޝަން ޖަލްސާގައި ބައިވެރިވެ ވާހަކަދައްކަވަން ބޭނުންވާ ކޮންމެ ސިޔާސީ މީހަކަވެސް އެ ފުރުސަތު އޮންނާނެކަން ފާހަގަކުރައްވާ މުންދު ވަނީ ޕީޕީއެމް ޕީއެންސީއަކީ ވަކި މީހަކު ކުރިއެރުވުމަށް މަސައްކަތް ކުރާނެ ޕާޓީއެއް ނޫން ކަމަށެވެ.

ކޮންގްރެސް ކޯލިޝަންގެ ސިޔާސީ ހަރަކާތްތައް ކޮންމެވެސް ވަރަަކަށް މަޑުޖެހިގެން ދިޔައީ ބަޔަކު ގަސްތުގައި “ދަތި އަޅުވާ” ވައްޓާލުމުން ކަމަށް މުންދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެއީ މީގެ މަސްތަކެއް ކުރީގެ ވާހަކައެއް ކަމަށާއި ވައްޓާލުމާއި އެކު ތެދުވެ ތިބީ އެއަށްވުރެ ސާބިތުކަންމަތީގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތަކެއް ކުރަނީ ރައްޔިތުންގެ އަޑާއި ޝަކުވާތައް ސަރުކާރާއި ހަމަށް ގެނެސްދިނުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޕާޓީ ދޫކުރައްވާ، އިސް ސަފުގައި ތިބި ފަރާތްތަކެއް ޖުމްހޫރީ ޕާޓީއަށް ވަޑައިގެންނެވުމަކީ އެ ބޭފުޅުންގެ އަމިއްލަ އިހުތިޔާރެއް ކަމާށާއި އެހެން ނަމަވެސް، އެ ބޭފުޅުން ޕާޓީ ދޫކޮށްލުމަކީ ޕީޕީއެމް، ޕީއެންސީއަށް ލިބިގެންދިޔަ ދެރައެއްގެ ގޮތުގައި މުންދު ވަނީ ވަނީ ވިދާޅުވެފައެވެ. އެ ބޭފުޅުން ޕާޓީ ދޫކޮށް ގޮސް އެ ތިބީ ސަރުކާރާއި އެއްފަޅިއެއްގައި ކަމަށާއި، ސިޔާސީ ގޮތުން ކުރަންޖެހިފައިވާ މަސައްކަތް އެއީ ގާތް ރަހުމަތްތެރިންނަކަސް ތަފާތު ވާނެ ކަމަށް މުންދު ވިދާޅުވިއެވެ.

އެހެން ނަމަވެސް، މުންދު ވަނީ ޕީޕީއެމް ޕީއެންސީގެ ތެރޭގައި 8 ނައިބް ރައީސުން ތިބިއިރު އެއަށްވުރެ ގާބިލް ބޭފުޅުންތަކެއް ޕާޓީއެއްގެ ލީޑާޝިޕެއްގައި ނުތިބޭނެ ކަަމަށް ވިދާޅުވެފައެވެ. އެހެން ކަމުން، އެ ބޭފުޅުން ކުރާ މަސައްކަތް ވަކި ކުޑަވެ، ޖަލްސާއެއްގެ އަޑު ފަނޑުވެގެން ނުދާނެ ކަން މުންދުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

ޕީޕީއެމް ޕީއެންސީގެ ޖަލްސާތަކުގައި ލީޑާޝީޕްގެ ހުރިހާ ބޭފުޅުން ބޭނުން ނުކުރުމާއި ގުޅޭގޮތުން ސަންގުޓީވީން ސުވާލު ކުރުމުން މުންދު ވިދާޅުވީ، އެއީ އަދި މުޅީން ތެދު ވާހަކައެއް ނޫން ކަމަށެވެ. ޕާޓީގެ ލީޑާޝިޕާއި، މަޖިލީސް މެމްބަރުންނާއި، އަދި ކައުންސިލް ބޭފުޅަކީވެސް ޖަލްސާއެއްގައި ވާހަކަ ދެއްކޭނެ ފެންވަރުގެ ބޭފުޅުންކަމަށް ވިދާޅުވެ މުންދު ވަނީ ޕާޓީން ވަކި ބަޔަކު ކުރިއަރުވަން މަސައްކަތް ނުކުރާކަމަށް ތަކުރާރު ކުރައްވާފައެވެ. ޕާޓީގެ ދަތުރުތަކާއި، ރެލީތައް، އަދި މީޑީއާތަކުން ދޭ ފުރުސަތުތަކަށް ހުރިހާ ބޭފުޅުންވެސް ބޭނުން ކުރާކަމަށް މުންދު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: