ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރުގެ ފަހުކޮޅަށް އަމާޒުކުރެވިގެން ރެޑްވޭވް އަހަރީ ބާޒާރުގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި

އަހަރުގެ ފަހުކޮޅަށް އަމާޒުކުރެވިގެން ރެޑްވޭވް އަހަރީ ބާޒާރުގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް- ފޮޓޯ: ރެޑް ވޭވް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަހަރެކޭވެސް އެއްގޮތަށް، އަހަރުގެ ފަހުކޮޅަށް އަމާޒުކުރެވިގެން ރެޑްވޭވް އަހަރީ ބާޒާރުގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ރެޑްވޭވްއިން ކޮންމެ އަހަރަކުވެސް ކުރިޔަށް ގެންދާ މިޕްރޮމޯޝަން ކުރިއަށްދާނީ 6 އޮކްޓޯބަރު 2019 އިން ފެށިގެން 15 ޖެނުއަރީ 2020 ގެ ނިޔަލަށެވެ. އެގޮތުން މާލެ އަދި ހުޅުމާލޭގައި ޤާއިމް ކުރެވިފައިވާ ރެޑްވޭވް ގެ ހުރިހާ ފިހާރައަކުން ކަނޑައެޅިފައިވާ އައިޓަމްސްތަކުން ބޮޑެތި ޑިސްކައުންޓް ލިބިގެންދާނެއެވެ. އެގޮތުން އަދި މިޕްރޮމޯޝަނުން ގިނަފަރާތްތަކަކަށް ފައިސާގެ އިނާމާއި އެކު އަގުބޮޑު އިނާމްތަކެއް ލިބިގެންދާނެކަމުގައި ރެޑްވޭވުން ވަނީ މީޑިއާތަކަށް މައުލޫމާތު ދީފައެވެ.

ރެޑްވޭވް އަހަރީ ބާޒާރުގެ ތެރެއިން ރެޑްވޭވް އިން ކުރާ ކޮންމެ 500ރ ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާނެއެވެ. އަދި ގުރުއަތުން ހޮވޭ 5 ފަރާތަކަށް 10،000ރުފިޔާ ގުރުއަތުން ލިބިގެންދާނެ ކަަމަށް ރެޑްވޭވްއިން ވަނީ ބުނެފައެވެ. އޭގެ އިތުރުން، އިތުރު 10 ފަރާތަކަށް 10 އިނާމް ރެޑްވޭވަށް އިންޕޯޓުކުރަމުންދާ ފަރުނީޗަރު އަދި ބޮޑެތި އިލެކްޓްރޯނިކް އެޕްލައިންސް އިން ލިބިގެންދާނެއެވެ. އަދި މީގެ އިތުރުންވެސް ސޯޝަލް މީޑިއާގައި ބޮޑެތި އިނާމްތަކެއް ލިބިގެންދާ ޙާއްސަ ޕްރޮމޯޝަންތަކެއް ކުރިއަށް ދާނެއެވެ.

މިޕްރޮމޯޝަންގައި މޯލްޑިވްސް އިސްލާމިކް ބޭންކް، އެމް އެފް އެލްސީ އަދި ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް، ވިޔަފާރިކުރައްވާ ފަރާތްތަކަށް ބައިވެރިވެވަޑައި ގަނެވޭނެއެވެ. އަދި ޕްރޮމޯޝަނާއި ބެހޭ އިތުރު މައުލޫމާތު ރެޑްވޭވް ފޭސްބުކް ޕޭޖް (http://fb.com/redwavemaldives) ލިބިވަޑައިގަންނަވާނެއެވެ. ރެޑްވޭވުން މައުލޫމާތު ދެއްވާގޮތުގައި، އަހަރުގެ ފަހުކޮޅަށް އަމާޒުކުރެވިގެން ބާއްވާ މިޕްރޮމޯޝަނަށް މިދިޔަ އަހަރު ލިބުނުފަދަ ބޮޑު ތަރުހީބެއް މިއަހަރުވެސް ލިބޭނެކަމުގައި އެކުންފުނިން ޔަޤީންކުރެއެވެ. ރެޑްވޭވްގެ އިލްތިމާސަކީ ވީހާވެސް ގިނަ ކަސްޓަމަރުން ރެޑްވޭވްގެ ފިހާރަތަކަށް ވަޑައިގެން، ޕްރޮމޯޝަންގައި ބައިވެރިވެ ނަސީބު އަގުވަޒަން ކުރުމެވެ.

ރެޑްވޭވުން މައުލޫމާތު ދެއްވާގޮތުގައި، އަހަރުގެ ފަހުކޮޅަށް އަމާޒުކުރެވިގެން ބާއްވާ މިޕްރޮމޯޝަނަށް ހީނުކުރާ ފަދަ ތަރުހީބެއް ލިބެމުން އެބަދެ އެވެ. އަދި އެ ކުންފުނިން ހާމަކުރާގޮތުގައި މިއީ ގޭތެރެއާއި ބަދިގެއަށް ބޭނުންވާ ގިނަ ސާމާނުތަކެއް އެއްތަނަކުން އެންމެ ހެޔޮއަގެއްގައި ހޯދުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއް ކަމުގައެވެ. ރެޑްވޭވްގެ އަމާޒަކީ ވީހާވެސް ގިނަ ކަސްޓަމަރުން ރެޑްވޭވްގެ ފިހާރަތަކަށް ވަޑައިގެން، ޕްރޮމޯޝަންގައި ބައިވެރިވެ ނަސީބު އަގު ވަޒަން ކުރެއްވުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: