ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީއެން ނުހުއްޓުވައިފިނަމަ އޭގެ އަސަރު ކުރާނީ އަޅުގަނޑުމެންގެ ޅަ ދަރީންނަށް!

އެމްޑީއެންގެ ރިޕޯޓު ކުށްވެރިކޮށް ދީނީ އިލްމުވެރިންގެ ނޫސްވެރިންގެ ބައްދަލުވުމެއް : ފޮޓޯ- އަވަސް އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމްދީނުގެ ގަދަރާއި އިއްޒަތް ގެއްލޭ ގޮތަށް ވާހަކަތަކެއް ލިޔެ އާއްމުކުރި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާނުލައިފިނަމަ، އޭގެ އަސަރު ކުރާނީ މިއަދުގެ ޅަ ދަރީންނަށް ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިން ވިދާޅުވެއްޖެއެވެ.

“ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގައި، އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ބައެއް ވާހަކަތައް ލިޔެފައިވާތީ މިދިޔަ ހަފްތާގައި ސަރުކާރުން ވަނީ އެ ޖަމިއްޔާ ސަސްޕެންޑް ކޮށްފަ އެވެ. އަދި ފުލުހުންވެސް އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ގުޅިގެން ޝީ ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝެއިހް، އަލީ ޒާހިރު ވިދާޅުވީ އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ އެއްވެސް ބަޔަކަށް ލިބިގެންވާ ހައްގެއް ނޫން ކަމަށެވެ. މިއީ ރާއްޖޭގެ ގާނޫނުގެ ދަށުން ވެސް ބޮޑު ކުށަކަށް ވާއިރު މިއީ އެ ބުނާ “ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން” ނޫން ކަމަށެވެ. ބައްދަލުވުމުގައި ގާނޫނު ވިދާޅުވެދެއްވަމުން އަލީ ޒާހިރު ވަނީ ދީނީ އެއްބައިވަންތަ ކަމުގެ ގާނޫނު ބުނާ ގޮތުން އިސްލާމްދީނާއި ދޭތެރޭ ހިލާފު އުފެދޭ ކަންކަން ކުރުމަކީ ކުށެއްކަން ފާހަގަކުރައްވާފައެވެ. އަދި ގާނޫނު އަސާސީގައި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ދީފައިވަނީ އިސްލާމްދީނުގެ އަސްލުތަކާއި އެއްގޮތްވާގޮތުގެ މަތީން ކަމަށާއި އެމްޑީއެންގެ ރިޕޯޓުގައި ކަނޑައެޅިގެން މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާ ކަމަށެވެ.

މިއަށްވުރެ ބޮޑުކޮށް ބަޔަކަށް ދީނަށް ފުރައްސާރަ ނުކުރެވޭނެ ކަމަށާއި މާތްﷲ ހަތް އުޑުމަތިން ބާއްވާލެއްވި ކީރިތި ގުރުއާނަށް ޖޯކު ޖެހުމަކީ އާދައިގެ ކަމެއް ނޫންކަން ޝެއިހް ޒާހިރު ފާހަގަކުރެއްވިއެވެ. މިއީ ޝައްކެއްވެސް ނެތް މިންވަރަށް ރިޕޯޓު ލިޔުނު މީހުންނާއި، އެކަމަށް ހިއްވަރު ދިން މީހުން ހައްޔަރުކޮށް އަަދަދު ބޭންޖެހޭ ވަރުގެ ކުށެއް ކަމަށާއި އިސްލާމް ދީނަށް ވުރެ މަތިވެރި އެއްވެސް އެއްޗެއް އަދި އިތުރު އިންސާނެއްގެ ބަހެއްވެސް ނުވާކަން ޝޭހް ވަނީ ފާހަގަކުރައްވާފައެވެ. ޝޭހް އަލީ ޒާހިރު ވިދާޅުވީ މާތް ރަސޫލާއަށް ފުރައްސާރަ ކުރުމުން ކޮންމެ މުސްލިމެއްގެ ވެސް ލޭ ކެކޭނެ ކަަމަށެވެ.

އެ ބައްދަލުވުމުގައި ޝޭހް އިލްޔާސް ހުސެއިން ވިދާޅުވީ ޓެރަރިޒަމްގެ ލަގަބު އަޅުވާފައި ކޮންމެ ކަމެއް ވެސް ކުރެވިދާނެ ކަމަށެވެ. ނަމަވެސް އެހެން ހުރިހާ އެއްޗަކަށް ވުރެ ކީރިތި ރަސޫލާ ދެކެ ލޯބިވުމަށް މާތް ﷲ އަންގަވާފައިވާ އެންގެވުމަށް މުސްލިމުން ތަބާވާން ޖެހޭ ކަމަށެވެ. އިލްޔާސް ވަނީ އިސްލާމީ ޝަރީއަތުގެ ނަޒަރުގުގައި ގާނޫނީ ހަމަތަކުން ބެލިޔަސް އެމްޑީއެންކޮށްފައިވަނީ ކުށެއްކަން ފާހަގަކުރައްވާފައެވެ. އަދި އެމްޑީއެންގެ ރިޕޯޓް ބަޔަކު ދިފާއު ކުރާނަމަ އެބަޔަކު ވެސް އެ ކުރަނީ ކުށެއް ކަމަށް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ އޮއްބާލަން ބަޔަކު މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ އެކަން ކުށްވެރި ކުރައްވާފައެވެ. އަދި ދީނުގެ ދިފާއުގައި އިލްމުވެރިން މަސައްކަތް ކުރުމުގައި ދެމި ތިބޭނެ ކަމަށް ވިދާޅުވިއެވެ.

އިލްމުވެރިން ވަނީ އެމްޑީއެންގެ ރިޕޯޓަކީ އިސްލާމްދީނާ ދިވެހި ގައުމަށް ކުރިމަތިވެގެން ދިޔަ ވަރުގަދަ އުދުވާނެއް ކަމަށް ވިދާޅުވެފައެވެ. އަދި އެހެންކަމުން އެ އުދުވާނުން ސަލާމަތްވުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކުން ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވައި ދެއްވުމަށް އިލްތިމާސްކޮށް ހަނދާންކޮށްދޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: