ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

40،000 އިން މަތީގެ އާމްދަނީ ލިބޭ މީހުންގެ އަތުން ޓެކްސް ނަގަން މަޖިލީހަށް!

މަޖިލީހަށް އިންކަމް ޓެކްސްގެ ބިލް ހުށަހެޅުން
ޝެއާރކޮށްލާ ކަހަލަދޯ؟

އާމްދަނީ ލިބޭ ނިސްބަތަށް ބިނާކޮށް، އިންކަމް ޓެކްސް ނެގުމާބެހޭ، އިންކަމް ޓެކުހުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދެވެ. އަދި ބިލުގެ ފުރަތަމަ ކިއުން މަޖިލީހުގައި ވަނީ އިއްވާފައެވެ.

ސަރުކާރުން ހުށަހަޅަނީ 40،000 އިން މަތީގެ އާމްދަނީ ލިބޭ މީހުންގެ އަތުން ޓެކްސް ނެގުމަށެވެ. ސަރުކާރުން ހުށަހަޅަނީ ޕްރޮގްރެސިވް ޓެކްސް ނިޒާމެއް ރާއްޖޭގައި ގާއިމް ކުރުމަށެވެ. ޕްރޮގްރެސިވް ޓެކްސް ނިޒާމަކީ އާމްދަނީގެ ނިސްބަތަށް ބަލައި ޓެކްސް ނަގާ މިންވަރު ކަނޑައަޅާ ނިޒާމެކެވެ.

ނަމަވެސް، މަޖިލީސް އިންތިހާބުގެ ދުވަސްވަރު އާންމުކުރި “އެޖެންޑާ 19” ގައި އިންކަމް ޓެކްސް ނަގާނީ މަހަކު 60،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުން ކަމަށް ސިޔާސަތު ފޮތުގައި ހިމަނާފައިވެއެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާގޮތުން އިންކަމް ޓެކްސް ނަގަން ފަށާއިރު، ގާތްގަނޑަކަށް 6،000 މީހުންގެ އަތުން އެ ޓެކްސް ނެގޭނެ ކަމަށް ބެލެވެއެވެ. އަދި އެ ޓެކްސް މެދުވެރިކޮށް ދައުލަތަށް އަހަރަކު 680 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން އަންދާޒާ ކުރެ އެވެ.

ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ، ފުރަތަމަ ރިޔާސީ ބަޔާނުގައި ވަނީ ދިވެހި ރާއްޖޭގެ އިގްތިސާދީ ދުވެލެއަށް ޓެކްސްގެ ނިޒާމު ބޮޑު އިންސައްތައެއް ހިއްސާ ކުރާކަން ފާހަގަކުރައްވާފައެވެ.

ރައީސް ސޯލިހް ވިދާޅުވީ މުޅި ގައުމަށްވެސް ލިބޭ މަންފާތައް އިތުރު ކުރުމަކީ، ރާއްޖޭގެ އިގްތިސާދީ ދުވެލި ކުރިއަރާދާނެ ސަބަބެއްކަމަަށެވެ. އަދި ރައްޔިތުންނަށް ލިބޭ ކޮންމެ ތަރައްގީއެއްގެ ކުރިއެރުމެއްގައި ރައްޔިތުންގެ އަތްމަތި ތަނަވަސްވުން ހިމެނޭކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ މަސައްކަތްތައް މެދުވެރިކޮށް ރައްޔިތުންނަށް އެ ލިބޭ އުޖޫރައަކީ ރައްޔިތުމީހާގެ އަބުރުވެރި ދިރިއުޅުމަށް އެންމެ އެކަށީގެންވާ އަދަދުގެ ގޮތުގައި ޔަގީން ކުރައްވާނެ ކަމަށެވެ.

ޓެކްސްގެ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތްތައް ކުރިޔަށްދާއިރު ބައެއް ފަރާތްތަކުން ގަބޫލު ކުރާގޮތުން ނިޒާމަށް އެންމެ ބޮޑު ކުރިއެރުމެއް އަންނާނީ އިންކަމް ޓެކްސްގެ ޒަރިއްޔާއިންނެވެ.

ޓެކްސް ފައިސާ ބޭނުން ކުރުމަށް ނިންމާފައިވަނީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ބޮޑެތި ބަލިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ބޯފެނާއި ނަރުދަމާ ގާއިމްކޮށްދިނުމުގެ އިތުރުން ފޯރުންތެރިކަން ކުޑަ އާއިލާތަކަށް ދައުލަތުގެ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. ޓެކްސް ނިޒާމް ތައާރަފް ކުރި އެމްޑީޕީގެ ވެރިކަމުގައި 2011 ވަނަ އަހަރު ވަނީ މުއްސަނދިންގެ އާމްދަނީން އިންކަމް ޓެކްސް ނަގަން މަޖިލީހަށް ބިލެއް ހުށަހަޅައިފައެވެ. އޭރު އެމްޑީޕީ ސަރުކާރުގެ ވިސްނުންހުރީ މަހަކު 30،000 ރުފިޔާ އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުން އެ ޓެކްސް ނަގާ ގޮތަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: