ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާ ސަރުކާރުގެ ފަރާތުން ޕީޖީ އޮފީހަށް ލެޕްޓޮޕާއި ކޮމްޕިއުޓަރ ސިސްޓަމް ހަދިޔާކޮށްފި

ޗައިނާ ސަރުކާރުގެ ފަރާތުން ޕީޖީ އޮފީހަށް ލެޕްޓޮޕާއި ކޮމްޕިއުޓަރ ސިސްޓަމް ހަދިޔާކުރުން/ ފޮޓޯ: ޕީޖީ އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާ ސަރުކާރުން، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސްގެ މަސައްކަތްތައް ޑިޖިޓަލައިޒްކުރުމަށް އެހީތެރިވުމުގެ ގޮތުން، ލެޕްޓޮޕްތަކާއި ކޮމްޕިއުޓަރ ސިސްޓަމްތައް ހަދިޔާކޮށްފިއެވެ.

މިތަކެތި ޕީޖީ އޮފީހަށް ހަދިޔާކޮށްފައި ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފާއި، ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގް ޝިއަންހުއާ ދެ ބޭފުޅުންގެ މެދުގައި ބޭއްވުނު ކާމިޔާބު ބައްދަލުވުމަކަށްފަހުގައެވެ.

ޕީޖީ އޮފީހުން ބުނީ މި އެހީތެރިކަމަކީ މިއީ އެ އޮފީހުގެ މަސައްކަތުގެ ކަންތައްތައް ޑިޖިޓަލައިޒްކުރުމަށް ކުރަމުންދާ މަސައްކަތް ލިބުނު ކުރިއެރުމެއް ކަމަށެވެ. އަދި މި ސިސްޓަމްތަކުގެ ސަބަބުން ޕީޖީ އޮފީހުގެ ކޮންމެ ދުވަހެއްގެ މަސައްކަތްތައް ހަލުވިވެ، ހިންގުންތެރިކަން އިތުރުވުމަށް އެހީތެރިކަން ލިބިގެންދާނެކަމަށް ވަނީ ބުނެފަ އެވެ.

ޕީޖީ އޮފީހުން ވަނީ މި އެހީތެރިކަމަށްޓަކައި، ޗައިނާ ސަރުކާރަށާއި ސަފީރަށް ޝުކުރު އަދާކޮށްފަ އެވެ. އަދި މިހާރުވެސް ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އެއްބާރުލުން އިތުރުކުރުމަށް ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރަމުންދާނެކަމަށް އުންމީދު ކުރާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: