ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނެއް ދެ ބާރަށް ރައީސް: އެއްވެސް މީހަކަށް ގާނޫނު އަސާސީއަށް ވުރެ މައްޗަކަށް ނޭރޭނެ!

ވެހި ރާއްޖޭގެ ގާނޫނު އަސާސީއަށް ކަމޭހިތާ، ކޮންމެ މީހަކުވެސް އެޔަށް ބޯލަބަން ޖެހޭނެ- ރައީސް ސޯލިހް :
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖޭގެ ގާނޫނު އަސާސީއަށް ކަމޭހިތާ، ކޮންމެ މީހަކުވެސް އެޔަށް ބޯލަބަން ޖެހޭނެ ކަމަށާއި ދައުލަތުގެ އަނެއް ދެ ބާރުގެ ވެރިންކަމުގައިވިޔަސް ގާނޫނު އަސާސީއަށް ވުރެ މަތީގައި ނުހުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ 51 ވަނަ ޖުމްހޫރީ ދުވަހާއި ގުޅިގެން ބޭއްވި ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހި ދައުލަތެއްގައި އޮންނާނީ ދުސްތޫރީ ސިޔާސަތެއްކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ގާނޫނު އަސާސީން ނުދޭ ބާރެއް އެއްވެސް މީހެއްގެ މުށުތެރެއަކަށް ނުލެވޭނެ ކަމަށެވެ. އަދި ގާނޫނު އަސާސީން އެފަދަ ބާރެއް އެއްވެސް މީހަކަށް ލިބިފައި ވެސް ނޯންނާނެ ކަމަށެވެ. އެހެން ކަމުން، އެއީ ދައުލަތުގެ ތިން ބާރުގެ ވެރިން ކަމުގައި ވިޔަސް ގާނޫނު އަސާސީއަށް ވުރެ މަތީގައި ނުހުރެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ ދެމެހެއްޓުމަކީ އެންމެ އިސް ވާޖިބު ކަމަށާއި، ގާނޫނު އަސާސީ އާއި ގާނޫނާއި ހިލާފަށް އެއްވެސް ބާރެއް ހިންގުމުގެ ފުރުސަތު އެއްވެސް މީހަކަށް ނުދެއްވާނެކަން ރައީސް ވަނީ ރަސްމިއްޔާތުގައި ފާހަގަކުރައްވާފައެވެ. އެމަނިކުފާނުގެ ވާހަކައިގައި ގާނޫނު އަސާސީގެ 5 ވަނަ މާއްދާ ފާހަގަކުރައްވާ ވިދާޅުވީ “ދިވެހި ދައުލަތުގައި އޮންނާނީ ދުސްތޫރީ ސިޔާދަތެއް” ކަމަށެެވެ. އަދި އޭގެ މާނައަކީ ދިވެހި “ދިދައިގެ” ދަށުގައި އުޅޭ “އެކަކަށް” ވެސް ބާރެއް ލިބިފައި ނޯންނާނެ ކަން ކަމަށެވެ.

“އެއީ އަޅުގަނޑު ކަމުގައިވީނަމަވެސް ނުވަތަ ދައުލަތުގެ އަނެއް ދެ ބާރުގެ ވެރިންކަމުގައިވިޔަސް ގާނޫނު އަސާސީއަށް ވުރެ މަތީގައި ނުހުރެވޭނެ. އަދި ގާނޫނު އަސާސީއަށް ބޯލަބަންނުޖެހޭ އެއްވެސް ބާރެއް ދިވެހި ދައުލަތުގައި ނޯންނާނެ. މާތްﷲގެ ވާގިފުޅާއެކު އަޅުގަނޑު މަސައްކަތް ކުރަމުން މި އަންނަނީ މި ދެންނެވި ހަގީގަތް ގަބޫލުކޮށްގެން ހުރެ ގާނޫނު އަސާސީ ދެމެހެއްޓުމަކީ އަޅުގަނޑުގެ އެންމެ އިސް ވާޖިބުކަމުގައި ދެކި ހުރެ.” ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތުގައި މަޖިލީހުގެ މަސައްކަތްތަކަށް އިޝާރާތް ކުރައްވާ ރައީސް ސޯލިހް ވިދާޅުވީ މަޖިލީހުން ގާނޫނުތައް ހަދަން ވާނީ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ކަމަށެވެ. އަދި ކޯޓުތަކުންވެސް މަސައްކަތް ކުރަންވާނީ ހަމަ އެ އުސޫލަށް ބޯލަބައިގެން ކަމަށެވެ. ރައީސް ސޯލިހް ވިދާޅުވީ އެ ހުރިހާ ކަމަކީ ވެސް ގާނޫނު އަސާސީއާއި އެއްގޮތް ވާ ގޮތުމުގެ މަތީން ގޮތްމުށުގެ ބާރު ނިހިންގާ ކުރާ މަސައްކަތަކަށް ވާން ޖެހޭނެ ކަމަށެވެ. ރައީސް ސޯލިހް ވަނީ އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމަނިކުފާނުވެސް ގާނޫނުއަސާސީއަށްވުރެ މަތީގައި ނުވާކަން ދެނެ ހުރެ ގާނޫނު އަސާސީ ދެމެހެއްޓުމަށްޓަކައި ކަން ވެސް ފާހަގަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ދައުލަތުގެ ގިނަ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެ ޖަލްސާފައި ސަރުކާރުގެ ހުރިހާ ކަމެއްވެސް ރައްޔިތުން އެދޭ މިންވަރަށް ތަރުތީބުކޮށް އިންތިޒާމްކޮށްފައި ބެހެއްޓުމަށް ރައީސް ސޯލިހް އިލްތިމާސް ކުރެއްވިއެވެ.

ދައުލަތުގެ ގިނަ ވެރިން ބައިވެރިވެ ވަޑައިގެންނެވި އެ ޖަލްސާގައި ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ ހުރިހާ ކަމެއް ވެސް ތަރުތީބުކޮށް އިންތިޒާމްކޮށްފައި ހުންނަން ވާނީ ރައްޔިތުން އެދޭ ފެންވަރަށް ޚިދުމަތް ދިނުމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް ހަދަން ޖެހޭނީ ވެސް ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތް ކުރެވި އެންމެ މަތީ މަސްލަހަތު ރައްކާތެރި ކުރެވޭނެ ގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ދައުލަތުގެ އެންމެހާ ބާރުތައް ހިންގަންވާނީ، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތީންކަމަށް ރައީސް ވިދާޅުވުން

“ފަނޑިޔާރުގޭގެ މަގްސަދަކަށް ވާން ވާނީ އަދުލުވެރިކަމާ އެކު ރައްޔިތުންގެ ހައްގުތައް ފުރިހަމަ އަށް ހޯދައިދިނުން، މި ދެންނެވި ހުރިހާ ކަމެއްގެ އުސޫލީ ހުރިހާ ހަމަތަކާ މިންގަނޑުތައް، ގާނޫނު އަސާސީގައި ކަޅާ ހުދުން އެހެރީ ލިޔެ، އެކަށައެޅިފައި.” ރައީސް ވިދާޅުވިއެވެ.

މީގެ 52 އަހަރު ކުރިން ރަސްކަމަކުން ޖުމްހޫރީ ވެރިކަމަށް ބަދަލުވުމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ ޖުމްހޫރީ ވެރިކަމެއްގައި ދައުލަތުގެ ވެރިންނަކީ ރައްޔިތުންގެ ވަރަށް މަތިވެރި އަމާނާތްތަކަކާ ހަވާލުވެގެން ތިބޭ ބައެއް ކަމަށެވެ. އަދި އެ އަމާނާތްތަކަށް ވަފާތެރިވެ، އިހްލާސްތެރިކަމާއެކު ހިދުމަތް ކުރުމަކީ ދައުލަތުގެ މަގާމުތަކާ ހަވާލުވެ ހުންނަ ކޮންމެ މީހެއްގެ ވެސް ވާޖިބެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ދައުލަތުގެ އެއްވެސް ބާރެއްގެ ވެރިއަކަށް ޤާނޫނުއަސާސީއަށް ވުރެ މަތީގާ ނުހުރެވޭނެ ކަމަށް ރައީސް ވިދާޅުވީއިރު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބާރުތަކެއް މުށުތެރެއަށް ލެއްވުމަށްޓަކާ ރައީސް ނަޝީދު މަސައްކަތް ކުރާ ކަމުގެ އަޑުތަކެއް ވަނީ ގަދަ ވެފައެވެ. އަދި ސަރުކާރުގެ އެކި މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަ ދެއްކެވުމާއި، ޖޭއެސްސީގައި ހުންނަވައިގެން ޝަރުއީ ދާއިރާގެ ތެރެއަށް އަތް ބޭނުމަށް މަސައްކަތް ކުރާކަމަށް ވެސް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

ދާދި ފަހުން އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވެސް ވަނީ ޖޭއެސްސީގެ ޤާނޫނަށް އެންމެ ފަހުން ގެނައި ބަދަލުތަކާއި ދެކޮޅު ހައްދަވާ ފަނޑިޔާރުންގެ މަސައްކަތައް ޖޭއެސްސީ އިން ހުރަސް އަޅުއްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ. ޖޭއެސްސީ އިން މިހާރު ވެސް ގެންދަނީ އުއްތަމަ ފަނޑިޔާރާއި އެހެން ބައެއް ފަނޑިޔާރުންގެ މައްސަލަތައް ތަހްޤީޤު ކުރަމުންނެވެ. އަދި އެއީ ސިޔާސީ ކަންތަކެއް ހާސިލް ކުރުމަށް ރައީސް ނަޝީދު އަޑީގައި ހުންނަވައިގެން ހިންގާ އަމަލުތަކެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: