ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓުގެ ޑިރެކްޓަރު އާތިކާއަށް ވެސް ސަސްޕެންޝަން!

ސުޕްރީމް ކޯޓުގެ ޕްރޮޓޮކޯލް ޑިވިޒަންގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އާތިކާއަށް ވެސް ސަސްޕެންޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުގެ ޕްރޮޓޮކޯލް ޑިވިޒަންގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އާތިކާ އިބްރާހިމްގެ މައްސަލަތަކެއް ތަހުގީގުކުރަމުން ދާތީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އޭނާ ސަސްޕެންޑްކޮށްފި އެވެ.

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދުގެ ދަށުން، ވަކި ގޮތެއް އަންގަންދެން އޭނާ ސަސްޕެންޑްކުރި އިރު މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ ބައެއް ޒިންމާތައް ވެސް އަދާކުރައްވަނީ އޭނާ އެވެ. އޭނާއަށް އެ ޒިންމާތައް ހަވާލުކޮށްފައިވަނީ ސެކްރެޓަރީ ޖެނެރަލް ޑރ. ހުސައިން ފާއިޒު މަސްއޫލިއްޔަތުތަކުން ދުރުކޮށް އޭނާގެ މައްސަލަތަކެއް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިގެން ބަލަން ނިންމުމަށް ފަހުއެވެ.

އަތިކާ ސަސްޕެންޑްކުރީ ޑީޖޭއޭއިން ތަހުގީގު ކުރަމުންދާ އޭނާގެ މައްސަލައިގައި އެ އިދާރާއިން ވަކި ގޮތެއް އަންގަންދެނެވެ.

ކޯޓުތަކުގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނަށް ފަހުން ގެނައި އިސްލާހުތަކާ ގުޅިގެން ސުޕްރީމް ކޯޓުގެ އިދާރީ އެންމެ އިސް މީހަކީ ފާއިޒު ކަމަށް މުވައްޒަފުންނަށް އަންގަވައި މަސްއޫލިއްޔަތު އަދާކުރެއްވުމުގައި އޭނާ އިހުމާލުވެފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ. މި ތުހުމަތުތަކާ އެކު އޭނާ ވަޒީފާއިން ވަކިކުރަން އިންޒާރު ދިން ކަމަށް ބުނެ އުއްތަމަ ފަނޑިޔާރުގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންނަނީ ބަލަމުންނެވެ.

ބައެއް ފަނޑިޔާރުން ބޭނުންވާ ކަންކަން ކޯޓު ތެރޭގައި ނުފޫޒު ބޭނުންކޮށްގެން ކުރުވަނީ އާތިކާ މެދުވެރިކޮށް ކަމަށް މުވައްޒަފުން ތުހުމަތުކުރެ އެވެ. އުއްތަމަ ފަނޑިޔާރުގެ ޕާސަނަލް ސެކްރެޓަރީއެއްގެ ގޮތުގައި ވެސް މަސައްކަތްކުރައްވަނީ އާތިކާ އެވެ.

ޖޭއެސްސީގެ ދަށަށް ޑީޖޭއޭ ބަދަލުކޮށް ކޯޓުތަކުގެ އިދާރީ ހިންގުމަށް ބައެއް ބަދަލުތައް ގެނެސް އުސޫލުތައް ޑީޖޭއޭއިން ދަނީ ހަދަމުންނެވެ. އެ އުސޫލުތަކާ ހިތްހަމަނުޖެހި ޑީޖޭއޭއާ މުއާމަލާތް ނުކުރުމަށް ކޯޓުގެ ސެކްރެޓްރީ ޖެނަރަލަށް ވެސް އުއްތަމަ ފަނޑިޔާރު އެންގެވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވާ ގޮތުގައި ޖޭއެސްސީ އަޑީގައި އޮވެ، މަސައްކަތް ކުރަމުންދަނީ ކޯޓުތަކުގެ އިދާރީ ހިންގުމަށް ފަނޑިޔާރުންގެ ކޮންޓްރޯލް ނަގައި، ވަކި ބައެއްގެ ކޮންޓްރޯލްގެ ދަށަށް ޝަރުއީ ދާއިރާ ގެންދާށެވެ. އަދި ޝަރުއީ ދާއިރާގެ އިދާރީ ނިޒާމް ޕެރެލައިޒް ކުރާށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: