ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރިޖް ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކުޑަކުއްޖަކު ނިޔާވެއްޖެ

ސިނަމާލެ ބްރިޖްގައި މީގެ ކުރިން ހިނގި ނުރައްކާތެރި އެކްސިޑެންޓެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިނަމާލެ ބްރިޖް ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ކުޑަ އަންހެން ކުއްޖަކު ނިޔާވެއްޖެ އެވެ.

އެކްސިޑެންޓަށް ފަހު ލިބުނު އަނިޔާތަކުގައި ނިޔާވެފައިވެފައިވަނީ އުމުރުން 13 އަހަރުގެ ކުއްޖެއް ކަަމަށް މައުލޫމާތު ލިބެއެވެ. އެ ކުޑަކުއްޖާ، ފަރުވާދިނުމަށް  ޓްރީޓޮޕް ހޮސްޕިޓަލަަށް ގެންދިޔަ އެވެ. އެކްސިޑެންޓްގައި އަނިޔާވި އެ ކުއްޖާގެ މަންމައަށް މިވަގުތު ފަރުވާދެމުން އަންނަނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ.

ފުލުހުންގެ ތަރުޖަމާނު، އިޒްމިއާ ޒާހިރު، “ސަންގު” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސިނަމާލެ ބްރިޖްގައި މިރޭ ދެ އެކްސިޑެންޓް ހިނގާފައިވާ ކަމަށެވެ.

އެކްސިޑެންޓާއި ގުޅިގެން ކުއްޖާއަށް ވަރަށް ބޮޑެތި، އަނިޔާތަކެއް ލިބިފައިވާކަމަށް މައުލޫމާތު ލިބިއެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ އެކްސިޑެންޓާއި ގުޅިގެން މިރޭ 10:40 އެހާކަންހާއިރު އެ ހޮސްޕިޓަލަށް އަންހެނަކު ގެންދިޔަ ކަމަށެވެ. އެއީ ގދ. މަޑަވެއްޔަށް ނިސްބަތްވާ އުމުރުން 51 އަހަރު އަންހެނެއް ކަމަށެވެ. އެކްސިޑެންޓާއި ގުޅިގެން އެ އަންހެން މީހާއަށް މާ ބޮޑެތި އަނިޔާތަކެއް ލިބިފައިނުވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެކްސިޑެންޓް ވެފައި ވަނީ ދުއްވި ސައިކަލް ބަހެއްގައި ޖެހިގެންނެވެ.

މަންޒަރު ދުށް މީހަކު ބުނީ ސައިކަލްގައި އެ މީހުން ދަނިކޮށް ފަހަތުން އައި ބަހެއް ސައިކަލްގައި ޖެހުމާ އެކު ސައިކަލް ފަހަތުގައި އިން ކުއްޖާ ވިއްސައިގެން ދިޔައީ ކަމަށެވެ. އަދި އެކްސިޑެންޓް ހިނގުމުން އެ ބަސް މަޑުނުކޮށް ދިޔަ ކަމަށް ވެސް މަންޒަރު ދުށް މީހުން ބުނެ އެވެ.

އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ އެ ސަރަހައްދުގައި ޓްރެފިކް ބަލަހައްޓަން ތިބި ފުލުހުންނެވެ. މި އެކްސިޑެންޓް ހިނގިކަން، އުމުރުން 54 އަހަރުގެ ޑްރައިވަރަށް ނޭނގޭ ކަމަށް ވެސް މަންޒަރު ދުށް މީހުން ބުނެ އެވެ. އޭނާ ދުއްވި ބަސް ފުލުހުން ހިފެހެއްޓީ އެކްސިޑެންޓް ހިނގި ސަރަހައްދާ 100 ވަރަކަށް ފޫޓު ދުރުންނެވެ.

ފުލުހުން ވަނީ އޭގެ ޑްރައިވަރު ފަހުން ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނިގޮތުގައި، އެކްސިޑެންޓު ވުމުން ބަސް މަޑުނުކޮށް ވަނީ ގޮސްފަ އެވެ. ބަސް ހުއްޓުވީ ބްރިޖުގެ ހައިވޭގައި ޔޫ-ޓާން ނަގާ ސަރަހައްދުން ކަމަށް ފުލުހުން ބުނެ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: