ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައިލާން ޓްރެންޑްސްްއަށް އެއް އަހަރު، 50 އިންސައްތަ ޑިސްކައުންޓްގައި ސާމާނު ގަތުމަށް އެއް ދުވަސް!

ފޮޓޯ: ސަންގުޓީވީ -- ކައިލާން ޓްރެންޑްސް ފިހާރައަށް އެއްއަހަރު ދުވަސް ފުރުން ފާހަގަކުރުމަށް، ފިހާރައިގެ ހުރިހާ ސާމާނަކުންވެސް 50 އިންސައްތަ ޑިސްކައުންޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ކައިލާން ޓްރެންޑްސް ފިހާރައަށް އެއްއަހަރު ދުވަސް ފުރުން ފާހަގަކުރުމަށް، ފިހާރައިގެ ހުރިހާ ސާމާނަކުންވެސް 50 އިންސައްތަ ޑިސްކައުންޓު ދިނުމަށް ނިންމައިފިއެވެ.

ކައިލާން ޓްރެންޑްސްއަކީ 2009 ވަނަ އަހަރުން ފެށިގެން ހުޅުވިފައިވާ އަދި ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ “ކައިލާން” ފިހާރައިގެ ސަބް ބްރާންޗެކެވެ. އެ ކުންފުނިން އިންޓަނޭޝަނަލް ކޮސްމެޓިކްސް ބްރޭންޑުތައް ހޯލްސޭލް އަދި ރީޓެއިލް ކުރެއެވެ. “ސަންގު” އަށް މައުލޫމާތު ދެއްވަމުން، ކައިލާން ޓްރެންޑްސްއިން ބުނެފައިވަނީ “ކައިލާން ޓްރެންޑްސް” އަށް އެއްހަރު ފުރޭނީ ނޮވެމްބަރު 20 ވަނަ ދުވަހު ކަމަށެވެ. އަދި އެ ދުވަހު “ކައިލާން ޓްރެންޑްސް” އިން ގަންނަ ކޮންމެ ޕްރޮޑަކްޓަކަށް ދައްކަންޖެހޭނީ އެ އެއްޗެއްގެ އަސްލު އަގުގެ ދެބައިކުޅަ އެއްބައި ކަމަށެވެ. އެހެން ކަމުން، 200 ރުފިޔާއަށް ވިއްކާ ސެންޓު ފުޅިއެއް 100 ރުފިޔާއަށް ލިބޭނެ ކަމަށް ކައިލާންއިން ވަނީ ބުނެފައެވެ.

އަހަރީ ދުވަހާއި ދިމާކޮށް ކުރިޔަށް ގެންދާ ހަރަކާތުގެ ދަށުން އެ ދުވަހު، ކައިލާން ޓްރެންޑްސްއިން ވިޔަފާރި ކުރާ ފަރާތްތަކަށް ހާއްސަ ކޫޕަނެއް ލިބޭނެ އެވެ. އަދި އެ ކޫޕަން މެދުވެރިކޮށް ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހާއި ހަމައަށް ކަނޑައެޅިފައިވާ ބްރޭންޑުތަކުން ވިޔަފާރި ކުރުމަށް ފުރުސަތު ލިބިގެން ދާނެ ކަމަށެވެ.

ކައިލާންއިން ލިބެން ހުންނަ ފާހަގަކޮށްލެވޭ ބްރޭންޑުތަކުގެ ތެރޭގައި އިސަބަލް ޑުޕޯންޓް، މޯފޯސް އަދި އަޓަކް ފާހަގަކޮށްލެވެއެވެ. އޭގެ އިތުރުން ޔޫއޭއީގެ މަޝްހޫރު ލަތާފާ ބްރޭންޑާއި، އިންޓަނޭޝަނަލް ބައެއް ބްރޭންޑުތައް ކަމަށްވާ ބެެކް، ބެބެކް، ލޭޑީ ސީކްރެޓް، އާމޯރ، އީސީ ފަދަ ބްރޭންޑުތައް ފާހަގަކޮށްލެވެއެެވެ. މީގެ އިތުރުން ކައިލީ ކޮސްމެޓިކްސް އާއި މެކް ކޮސްމެޓިކްސް، ކަލާ ޕޮޕް، ހުދާ ބިއުޓީ ފަދަ މަޝްހޫރު ބްރޭންޑުތައް ކައިލާންއިން ލިބެން ހުންނާނެއެވެ.

ކައިލާން ފިހަރާއިގެ އަމާޒަކީ ރީތިވުމަށް ބޭނުންވާ ހުރިހާ ސާމާނެއް އެއްތަނަކުން ލިބެނެ އިންތިޒާމް ހަމަޖެއްސުމެވެ. 2008 ވަނަ އަހަރުން ފެށިގެން މާލޭގައި ފުޅާ ދައިރާއެއްގައި އާއްމުންނަށް ހިދުމަތް ދެމުން އަންނަ ކައިލާން މަޝްހޫރުވެގެން އައީ ފޮތި ފިހާރައެއްގެ ގޮތުގައެވެ. އެހެން ނަމަވެސް ވިޔަފާރީގެ 8 އަހަރުގެ ތެރޭގައި ކައިލާން ވަނީ މަޝްހޫރު އެކި ބްރޭންޑުގެ މޭކަޕް ސާމާނާއި، ސެންޓު ފަދަ ރީތިވުމަށް ބޭނުންވާ އެކި ސާމާނު ގެނެސް ހިދުމަތް ދޭން ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: