ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަރުވި މީހާ ޑިންގީން ފުންމާލީ މަޖަލަކަށް: ފުލުހުން

މަރުވި މީހާ ޑިންގީން ފުންމާލީ މަޖަލަކަށް: ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ދަތުރު ކުރަމުންދިޔަ ޑިންގީއަކުން ކަނޑަށް ފުއްމާލި މީހަކު މަރުވި ހާދިސާގައި މީހާ ކަނޑަށް ފުންމާލާފައި ވަނީ ޑިންގީމަތީގައި ސަކަރާތް ޖެހުމުގެ ތެރޭގައި ކަމަށައި އެ މައްސަލައިގެ ތަހުގީގެއް ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އެ ޙާދިސާ އާއި ގުޅެގޮތުން ފުލުހުން ބުނެފައިވަނީ މޫދުގައި މަރުވެފައި އޮއްވާ މިއަދު ފެނިފައިވަނީ މާލެހިޔާ، 1، އަހްމަދު އަނީސް ކަމަށެވެ. އަދި އޭނާ ޑިންގީން ފުންމާލީ ދަތުރުމަތީގައި ސަކަރާތް ޖެހުމުގެ ތެރޭގައި މަޖަލަކަށް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އުމުރުން 33 އަހަރުގެ އަނީސް ފުންމާލީ ޑިންގީއެއްގައި މާލެ އިން ތިލަފުއްޓަށް ދަނިކޮށް ގުޅީފަޅު ބައްތި ކައިރިންނެވެ. އޭނާއެކު ޖުމްލަ 10 މީހުން ޑިންގީގައި ތިއްބެވެ.

ފުލުހުން ބުނީ ގުޅިފަޅު ބައްތިއާ ދިމާ ބޭރުން ކަނޑަށް ފުންމާލީ ޑިންގީތެރޭގައި ޖެހި ސަކަރާތުގެ ތެރެއިންކަމަށް ވުމާއި އެކު އެ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މި ޙާދިސާގެ ރިޕޯޓް ލިބުނީ މިއަދު މެންދުރު ފަހު 15:16 ގައި ކަމަށެވެ. އަދ އަނީސް ހޯދަން އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ޑައިވަރުން މަސައްކަތް ކުރަމުން ދަނިކޮށް ފެނުނީ ކަނޑުގެ 44 މީޓަރު އަޑީން ކަމަށެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: