ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައްސަލައިގެ އެއްވެސް މައުލޫމާތެއް ނުދޭ، ކޮންމެ ކަމެއް އިނގެނީ މީޑިއާތަކުން: ފަނޑިޔާރު އާދަމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުލޫކީ މައްސަލައެއް ބަލަމުންދާކަން އެނގިފައިވަނީ ވެސް މީޑިއާތައް މެދުވެރިކޮށް ކަމަށާއި، އެ މައްސަލައިގައި ނިންމާ ކޮންމެ ގޮތެއްވެސް އެނގެނީ މީޑިއާތައް މެދުވެރިކޮށް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ޖޭއެސްސީއިން ބަލަން ނިންމާފައިވަނީ ސުޕްރީމް ކޯޓުން އިހުތިސޯސުން ބޭރު ކޮށްފައިވާ ކަންކަން ބެލުމަށް އެ ކޮމިޝަނުން އެކުލަވާލި ކޮމެޓީގެ ރިޕޯޓްގައި ހިމެނޭ މައްސަލަތެކެވެ. ޖޭއެސްސީއިން އެގޮތަށް ނިންމުމުގައި ސައުތު އެފްރިކާގެ ރިޓަޔާޑް ޖަސްޓިސް ޔޮހާން ކްރީގްލާ މަސައްކަތް ފުރިހަމަ ކުރުމަށްފަހު ހުށަހަޅާފައިވާ “އެސެސްމެންޓް އޮފް ދަ ޖަސްޓިސް ސެކްޓަރ ރިފޯމް ޕްރޮޕޯޒަލްސް” ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ނުކުތާތަކަށް ރިއާޔަތް ކޮށްގެން ކަމަށް ކޮމިޝަނުން ބުންޏެވެ.

އޭނާ ވަނީ އެ ރިޕޯޓްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރަން ލަފާ ދެއްވާފަ އެވެ. ޖޭއެސްސީއިން ސުޕްރީމް ކޯޓާ ގުޅޭ ގޮތުން ތައްޔާރުކުރި ރިޕޯޓް އާންމުކޮށް ރައްޔިތުންގެ މަޖިލީހަށް ހިއްސާ ކޮށްފައިވެ އެވެ. އެ ރިޕޯޓްގައިވާ ގޮތުން 17 މައްސަލައެއް ފާހަގަ ކޮށްފައިވެ އެވެ.

ފަނޑިޔާރު އާދަމް މުހައްމަދު ވަނީ، މި މައްސަލައިގައި ބަޔާނެއް ނެރުއްވާފައެވެ. ޖޭއެސްސީގެ ގާނޫނުތައް ފާހަގަކޮށް އެ ބަޔާނުގައި ބުނެފައިވަނީ ތަހުގީގު ކުރެވުނު މައްސަލައިގެ ރިޕޯޓު ލިބޭތާ ބަންދު ދުވަސް ހިމެނޭ ގޮތަށް ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި ރިޕޯޓާއި ގުޅޭގޮތުން ކޮމިޝަނަށް ހުށަހަޅަން ބޭނުންވާ ކަންތައްތަކާއި، އެ މައްސަލަ ނިންމުމުގައި ކޮމިޝަން ރިޔާއަތްކޮށްދިނުން އެދޭކަންކަން ބަޔާންކޮށް ލިޔުމުން ކޮމިޝަނަށް ހުށަހެޅުމުގެ ފުރުސަތު މައްސަލަ ރައްދުވާ ފަނޑިޔާރަށް ލިބިގެންވާ ކަމަށެވެ.

އާދަމް މުހައްމަދު ވިދާޅުވީ ސުޕްރީމް ކޯޓުގައި އަދާ ކުރަމުންދާ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ޖޭއެސްސީއިން ނިންމިކަން އެނގިފައިވަނީ ވެސް ރާއްޖޭގެ މީޑިއާތަށް މެދުވެރިކޮށް ކަމަށާއި މިއަދާއި ހަމައަށް ވެސް އޭނާއާއި މެދު ނިންމި ކަމަށް ބުނާ ކޮމިޝަންގެ ނިންމުން ނިންމިގޮތުގެ ރިޕޯޓެއްވެސް ލިބިފައި ނުވާކަމަށެވެ. އަދި ކޮމިޝަނުން ނިންމެވި ނިންމުމަކީ، ސުލޫކީކޮން މައްސަލައެއްކަން ވެސް މިއަދާއި ހަމައަށް އެނގިފައި ނެތް ކަމަށެވެ.

ޖޭއެސްސީގެ ރިޕޯޓު، ފޯރުކޮށްދިނުމަކާއި ނުލައި ވަގުތުން އެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމިކަމުގެ މައުލޫމާތު ވެސް ލިބިފައިވަނީ ދާދި ފަހުންކަން އެ ބަޔާނުގައި އާދަމް މުހައްމަދު ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ ނިންމުމާއި އެއްގޮތަށް އޭނާ ފަނޑިޔާރު ކަމުގެ މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިނަމަ، އެ ހުރިހާ ނިންމުންތަކެއްވެސް ވާނީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) އިން ފަނޑިޔާރުންނަށް ލިބިދީފައިވާ ހައްގުތަކުން މަހުރޫމްވެގެންދާ ގޮތަކަށް ނިންމާފައިވާ ނިންމުންތަކެއް ކަމަށެވެ. އަދި އެކަން ކޮމިޝަންގެ ސަމާލުކަމަށް ގެންނަ ކަމަށް ވެސް އާދަމް މުހައްމަދު ގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

ފަނޑިޔާރު އާދަމް މުހައްމަދާ ގުޅޭ ގޮތުން ޖޭއެސްސީއިން ބަލަމުން ދަނީ ގާނޫނު އަސާސީއާ ހިލާފަށް ސުޕްރީމް ކޯޓުން ނިންމާފައިވާ 15 ނިންމުމަކާ ގުޅޭ މައްސަލައެކެވެ. އެއީ ޖޭއެސްސީއިން އެކުލަވާލި ރިޕޯޓެއްގައި ފާހަގަކުރި 15 ކަމެކެވެ.

އެކަމާ ގުޅިގެން ފަނޑިޔާރު ވިދާޅުވީ ފަނޑިޔާރުން، އަދުލު އިންސާފު ގާއިމުކުރުމުގެ މަސްއޫލިއްޔަތުގެ ތެރެއިން ނިންމާ އެއްވެސް ބާވަތެއްގެ ނިންމުމެއްގެ މެރިޓާ ގުޅުވައިގެން ނުވަތަ އެ ނިންމުން ބިނާކުރި ޝަރުއީ އަދި ގާނޫނީ އަސާސްތަކާ ގުޅުވައިގެން އެފަދަ ނިންމުމެއް ގޯސްކަމަށްބުނެ ސުލޫކީ ގޮތުން ފަނޑިޔާރެއްގެ މައްޗަށް އެއްވެސް ސިފައެއްގައި ތައުދީބީ މައްސަލައެއް ބަލައިގެން ތައުދީބީ ފިޔަވަޅެއް އެޅުމަކީ، ސުޕްރީމް ކޯޓު އަމުރުގެ ދަށުން، ޣައިރު ދުސްތޫރީ އަދި ޣައިރު ގާނޫނީ ކަމެއް ކަމަށެވެ.

އެހެންވެ، އެ 15 ނިންމުމާ ގުޅޭ މައްސަލަތަކަކީ ޖޭއެސްސީއަށް ބެލޭނެ މައްސަލަތަކެއް ނޫން ކަމަށް ފަނޑިޔާރު އާދަމް ވިދާޅުވި އެވެ. އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވެސް ވަނީ ހަމަ އެފަދައިން ވިދާޅުވެ، ޖޭއެސްސީއަށް ޖަވާބުދާރީވެވަޑައިނުގަންނަވާނެ ކަމަށް މިއަދު ވިދާޅުވެފަ އެވެ.

ފަނޑިޔާރު އާދަމް ވިދާޅުވީ އޭނާއަށް ޖޭއެސްސީއަށް ހާޒިރުވާން އަންގާފައިވާ އަމުރަކީ ބާތިލް އަމުރެއް ކަމަށާއި އެއްވެސް ފަރާތަކުން ކުރާ ޣައިރު ގާނޫނީ އަމުރަކަށް ތަބާނުވުމަކީ، ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ އަސާސީ ހައްގެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: