ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ. އަފްރާޝީމްގެ މަރާ ބެހޭ ރިޕޯޓް، ރައީސް އޮފީސް ވެބްސައިޓަށް!

ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރި ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގެ ރިޕޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ގޮތް ތަހުގީގުކޮށް ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓް ސަރުކާރުން ރަސްމީކޮށް އާއްމުކޮށްފި އެވެ.

އަފްރާޝީމްގެ މަރުގެ ރިޕޯޓް އާއްމުކުރީ ރައީސް އޮފީހުން ނެރުނު ނޫސްބަޔާނަކާ އެކު އެވެ.ނގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަންގެ ތަހުގީގު ރިޕޯޓުގެ ޚުލާސާއެއް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިވެސް ވަނީ އިއްވާފައެވެ. ކޮމިޝަނުގެ ރިޕޯޓުން ހާމަވެފައިވާ ގޮތުގައި އަފްރާޝީމް އަވަހާރަކޮށްލަން ބަޔަކާ ހަވާލުކުރީ ރާއްޖޭގައި ހިންގާ ޖިހާދީ ފިކުރުގެ ޖަމާއަތަކާ އެވެ. އެ ޖަމާއަތް ހިންގަނީ މުހައްމަދު މަޒީދު އަދި ސާމިތު މުހައްމަދު ނަމަކަށް ކިޔާ މީހެއް ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައިވެ އެވެ.މަޒީދާއި ސާމިތަކީ އަހުމަދު ރިލްވާން ވަގަށް ނެގުމުގައި ވެސް ތުހުމަތުކުރެވޭ ޖަމާއަތުގެ މީހުންނެވެ.

އޮކްޓޯބަރު 2، 2012 ގައި އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ ހ. ލޮބީ ހުސައިން ހުމާމް އަހުމަދުގެ މައްޗަށެވެ. އޭނާގެ މައްޗަށް އިއްވި މަރުގެ ހުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ. ނަމަވެސް ކޮމިޝަންގެ ތަހުގީގުގައި ބުރަވެފައި ވަނީ ހުމާމާ އެކު ދައުވާ ލިބި ކުށް ސާބިތު ނުވި ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) ވެސް ހުމާމާ އެކު ބައިވެރިވެފައިވާ ކަމަށެވެ. އަދި 18 އަހަރުން ދަށުގެ ކުޑަ ކުއްޖާގެ ބައިވެރިވުން ވަރަށް ބޮޑަށް އޮތް ކަމަށް ރިޕޯޓުގައިވެ އެވެ.

ރިޕޯޓުގައި ވަނީ އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ ތެރޭގައި އަޒްލިފް ރައޫފާއި ހުމާމާއި ޝާން އާއި 18 އަހަރު ނުފުރޭ ކުޑަ ކުޑަކުއްޖާއާ އެކު އިތުރު ބަޔަކު ވެސް އެ މަސައްކަތުގައި ބައިވެރިވެފައިވާ ކަމަށެވެ. ނަމަވެސް އެ މީހުން އަފްރާޝީމް އަވަހަރާކޮށްލި ހާދިސާ އަށް ފަހު، ރާއްޖެ އިން ބޭރަށް ހަނގުރާމަ އަށް ގޮސްފައިވާތީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ދަތިވެފައިވާ ކަމަށް ވެސް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައިވެ އެވެ.

ކޮމިޝަނުން ބުނި ގޮތުގައި އަފްރާޝީމް އަވަހާރަކޮށްލި ރެއަށް ފަހު، ޖެހިގެން އައި ދުވަހު ބަޔަކު، މާލެ އިން ގަތަރަށް ފުރި އެވެ. އޭގެ ތެރޭގައި، އަފްރާޝީމަށް މިސްކިތެއްގެ ތެރޭގައި ހަމަލާ ދޭން އުޅުމުގެ ތުހުމަތު އޮތް ގދ. ވާދޫ ޖަވާހިރުގޭ ޖާދުﷲ އިބްރާހިމާއި މ. ހާދޫ މުހައްމަދު ނިޝާނާއި އިތުރު ހަތް މީހަކު ހިމެނެ އެވެ. އެ މީހުން ވަނީ ސީރިއާ އާއި ސޫދާނަށް ގޮސްފައި ކަމަށް ރިޕޯޓްގައިވެ އެވެ.

ރިޕޯޓުގައި ބުނެފައި ވަނީ މި އެންމެންނަކީ މަޒީދާއި ސާމިތު އިސްވެ ތިބެ ހިންގާ ޖިހާދީ ފިކުރުގެ ޖަމާއަތުން ތަމްރީންކޮށް، މާލޭގައި އެކިއެކި ހަރަކާތްތައް ހިންގާފައިވާ މީހުން ކަމަށެވެ. ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ވަނީ ރާއްޖޭގައި ޖިހާދީ ފިކުރުގެ ޖަމާއަތްތައް ރާވައި ހިންގާ ގޮތް ތަފްސީލްކޮށްދީފަ އެވެ. އެގޮތުން ހަރުކަށި ޖިހާދީ ފިކުރުގެ ހަރަކާތްތައް ކުރީއްސުރެ، ހިނގަމުންދާ ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ސަރުކާރުން އަފްރާޝީމްގެ މަރުގެ ރިޕޯޓު ހާމަ ކުރި އިރު އެ ރިޕޯޓު ކަމާ ބެހޭ މުއައްސަސާއަށް ފޮނުވުމުން އޭގެ ބައިތަކެއް ސޯޝަލް މީޑިއާގައި ވަނީ ލީކުވެފަ އެވެ. އެހެންކަމުން އެ ރިޕޯޓު ލީކުވި މައްސަލަ މަރުގެ ކޮމިޝަން އިން ވަނީ ތަހުގީގު ވެސް ކުރަން ފަށައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: