ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޖީ ބިޝާމް ވަކި ކުރުމަށް ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފި

ބިޝާމް ވަކި ކުރުމަށް އަނެއްކާވެސް ކޮމިޓީން ފާސްކޮށްފި - ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮސެކިއުޓަރު ޖެނެރަލް އައިޝަތު ބިޝާމް މަގާމުން ވަކިކުރުމުގެ ޕްރޮސެސް ކުރިއަށް ގެންދަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ފާސްކޮށްފި އެވެ.

ބިޝާމް ވަކިކުރުމަށް ކޮމިޓީން ފާސްކޮށްފައިވާކަން، ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ސިރާޖުއަކީ ބިޝާމްއަށް އެންމެ ބޮޑަށް ފާޑުވިދާޅުވެ ވާޙަކަ ދައްކަވާ އެއް މެމްބަރެވެ. ބިޝާމް ވަކި ކުރުމުގެ މަސައްކަތް މީގެ ކުރިންވެސް އެކި ސިފައިގައި ކުރިޔަށް ގެންގޮސްފައިވެއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ޕީޖީ ބިޝާމް އެ މަގާމުން ވަކިރުމަށް ހުށަހެޅީ މަތިވެރި ދާއިރާ މެމްބަރު ހުސައިން ޒަރީރެވެ. ޒަރީރު ހުށަހެޅުމަށް ތާއީދު ކުރެއްވީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންނެވެ.

ހުށަހެޅުން ފާސްވީ ކޮމިޓީއަށް ވަޑައިގެންނެވި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ ހުށަހަޅުމަށް ވޯޓު ނުދެއްވަނީ ގުރައިދޫ ދާއިރާ މެމްބަރު އިބްރާޙިމް ރިޒާ އެކަންޏެވެ.

މިއަދު ކޮމިޓީގެ މުގައްރިރުކަން ކުރެއްވީ އެ ކޮމިޓީގެ ނައިބު މުގައްރިރު ސިރާޖެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވަކިކުރުމުގެ މަސައްކަތް ފެށުމަށް ރައްޔިތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ފާސްކުރުމަށްފަހު 24 ގަޑިއިރުވެސް ނުވަނީސް އެ ނިންމުން ބާތިލުކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޕީޖީ ބިޝާމް ވަނީ، އޭރު މުޒާހަރާތަކުގަ އާއި އެހެން ވެސް ތުހުމަތުގައި ތަކުގައި ހައްޔަރު ކުރި އޭރުގެ ސިޔާސީ އިދިކޮޅު ފަރާތްތަކާއި މުޒާހަރާތަކުގައި ބައިވެރިވަމުން ދިޔަ އާންމު ރައްޔިތުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާތައް އުފުއްލަވައިފަ އެވެ. އަދި އެގޮތަށް ހައްޔަރު ކުރެވޭ ފަރާތްތަކުގެ ހައްގުތައް ކަށަވަރު ވޭތޯ ޕީޖީ ބައްލަވަމުން ގެންދަވާފަ ވެސް ނުވާ ކަމަށް މަޖިލީހުގެ މެންބަރުން ވަނީ މީގެ ކުރިން ތުހުމަތު ކުރައްވައި ޕީޖީ އޭނާގެ ގާނޫނީ ޒިންމާ އަދާނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ޕީޖީ ވަކިކުރަން އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހަކުން ތާއީދު ނުލިބޭކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް ވެސް ވަނީ އެމްޑީޕީއަށް އަމާޒުވެފައިވެ އެވެ. ބައެއް ފަރާރްތަކުން ތުހުމަތު ކުރާގޮތުން ބިޝާމް އެ މަގާމުން ވަކި ކުރުމަށް އެމްޑީޕީން ބޭނުމެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: