ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ކައިލާން ޓްރެންޑްސްއިން” އަގުގެ އެއްބައި ދައްކައި ސާމާނު ބޭނުންތަ؟ ލިބޭނީ އެއް ދުވަސް!

ކައިލާން ޓްރެންޑްސް ފިހާރައަށް އެއްއަހަރު ދުވަސް ފުރުން ފާހަގަކުރުމަށް، ފިހާރައިގެ ހުރިހާ ސާމާނަކުންވެސް 50 އިންސައްތަ ޑިސްކައުންޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ކައިލާން ޓްރެންޑްސް ފިހާރައަށް އެއްއަހަރު ދުވަސް ފުރުން ފާހަގަކުރުމަށް، ފިހާރައިގެ ހުރިހާ ސާމާނަކުންވެސް 50 އިންސައްތަ ޑިސްކައުންޓު މާދަމާ ލިބޭނެއެވެ.

ކައިލާން ޓްރެންޑްސްއަކީ 2009 ވަނަ އަހަރުން ފެށިގެން ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ “ކައިލާން” ފިހާރައިގެ ސަބް ބްރާންޗެކެވެ. އެ ކުންފުނިން އިންޓަނޭޝަނަލް ކޮސްމެޓިކްސް ބްރޭންޑުތައް ހޯލްސޭލް އަދި ރީޓެއިލް ކުރެއެވެ. “ސަންގު” އަށް މައުލޫމާތު ދެއްވަމުން، ކައިލާން ޓްރެންޑްސްއިން ބުނެފައިވަނީ “ކައިލާން ޓްރެންޑްސް” އަށް އެއް އަހަރު ފާޙަގަކުރުމަށް ބާއްވާ ހާއްސަ ހަރަކާތުގެ ދަށުން ކަސްޓަމަރުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

މާދަމާ “ކައިލާން ޓްރެންޑްސް” އިން ގަންނަ ކޮންމެ ޕްރޮޑަކްޓަކަށް ދައްކަންޖެހޭނީ އެ އެއްޗެއްގެ އަސްލު އަގުގެ ދެބައިކުޅަ އެއްބައި ކަމަށެވެ. އެހެން ކަމުން، 200 ރުފިޔާއަށް ވިއްކާ ސެންޓު ފުޅިއެއް 100 ރުފިޔާއަށް ލިބޭނެ ކަމަށް ކައިލާންއިން ވަނީ ބުނެފައެވެ. އެއީ ފިހާރައިން ގަންނަ ކިތަންމެ ކުޑަ އެއްޗެއް ނަމަވެސް، ދައްކަންޖެހޭނީ އަގުގެ ދެބައިކުޅަ އެއްބައެވެ.

އެގޮތުން މާދަމާ ހަވީރު 4 ކުން 6 ކަށް އަދި 8:30 ފެށިގެން 10:30 އަށް އެ ފިހާރައިން ގަންނަ ކޮންމެ އެއްޗަކުން 50 ޕަސެންޓް ޑިސްކައުންޓް “ކޮންމެ އެއްޗަކުން ވެސް” ލިބޭނެއެވެ. އަދި ކައިލާން ޓްރެންޑްސް ފިހާރަށް މާދަމާ ޒިޔާރަތްކުރާ ކޮންމެ ކަސްޓަމަރަކަށް ޚާއްސަ ޑިސްކައުންޓް ކާޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ކާޑަކީ ކަނޑައެޅިފައިވާ ވަކި އައިޓަމް ތަކަކުން 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކާޑެކެވެ، އަދި އެކާޑު ބޭނުންކޮށްގެން ޑިސެންބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކަނޑައެޅިފައިވާ ސާމާނުތަކުން 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެއެވެ.

ކައިލާންއިން ލިބެން ހުންނަ ފާހަގަކޮށްލެވޭ ބްރޭންޑުތަކުގެ ތެރޭގައި އިސަބަލް ޑުޕޯންޓް، މޯފޯސް އަދި އަޓަކް ފާހަގަކޮށްލެވެއެވެ. އޭގެ އިތުރުން ޔޫއޭއީގެ މަޝްހޫރު ލަތާފާ ބްރޭންޑާއި، އިންޓަނޭޝަނަލް ބައެއް ބްރޭންޑުތައް ކަމަށްވާ ބެެކް، ބެބެކް، ލޭޑީ ސީކްރެޓް، އާމޯރ، އީސީ ފަދަ ބްރޭންޑުތައް ފާހަގަކޮށްލެވެއެެވެ. މީގެ އިތުރުން ކައިލީ ކޮސްމެޓިކްސް އާއި މެކް ކޮސްމެޓިކްސް، ކަލާ ޕޮޕް، ހުދާ ބިއުޓީ ފަދަ މަޝްހޫރު ބްރޭންޑުތައް ކައިލާންއިން ލިބެން ހުންނާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: