ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގައި ޕާޓީ ކުރަނިކޮށް، އިތުރު 11 ފިރިހެނަކާއި އެކު ފިލްމީ ތަރި މަލް ހައްޔަރުކޮށްފި

ހުޅުމާލޭގައި ޕާޓީ ކުރަނިކޮށް، އިތުރު 11 ފިރިހެނަކާއި އެކު ފިލްމީ ތަރި މަލް ހައްޔަރުކޮށްފި - ފޮޓޯ: މަލް ފޭސްބުކް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ހޮޓަލެއްގައި ބަނގުރަލާއި އެކު އިތުރު 11 ފިރިހެނަކާއި އެކު ޕާޓީ ކުރަނިކޮށް، މަޝްހޫރު ފިލްމީ ތަރި މަލީހާ ވަޙީދު (މަލް) ހައްޔަރުކޮށްފިއެވެ.

ޕާޓީ ކުރަންތިއްބައި ފުލުހުންގެ ބެލުމުގެ ދަށަށް 11 ފިރިހެނަކާއި، އަންހެނަކު ގެންދެވިފައިވާކަން ފުލުހުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އިތުބާރު ހުރި މަސްދަރުތަކުން ވަނީ، ހައްޔަރު ކުރި މީހުންގެ ތެރެއިން އަންހެނަކީ މަލީހާކަމަށް ބުނެފައެވެ.

ބައެއް މީހުން ވަނީ، މިރޭ މަލީހާ ހުޅުމާލޭގައި އުޅުނުކަން ވެސް ކަށަވަރުކޮށްދީފައެވެ. އަދި އޭނާގެ ސްނެޕްޗެޓް ލޮކޭޝަންއިންވެސް ހުޅުމާލޭގައި އުޅުނުކަމަށް ދައްކައެވެ.

މައްސަލައާއި ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ ހުޅުމާލޭގެ ގެސްޓް ހައުސްއެއްގައި ބަނގުރާ ބޭނުންކޮށް ޕާޓީ ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސްއަށް މައުލޫމާތު ލިބުނީ މިރޭ 08:04 ހާއިރު ކަމަށެވެ. އަދި އެ މައްސަލައިގައި ހިންގި ހާއްސަ އޮޕަރޭޝަންގައި މިހާރު އެމީހުން ހައްޔަރުކޮށްފައިވާކަމަށެވެ.

މައުލޫމާތު ލިބޭގޮތުން ޕާޓީ ކުރަންތިއްބައި އެމީހުން ހައްޔަރުކޮށްފައިވަނީ “ހުޅުމާލޭ ހޮޓެލް 78” ގައެވެ. އަދި މައުލޫމާތު ލިބޭ ގޮތުން އެ ގެސްޓް ހައުސްއަކީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރޭގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމްގެ ގެސްޓްހައުސްއެކެވެ.

މަލީހާއަށް މިހާރުވެސް ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ޑައިމޯފިން ޓްރްފިކް ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައެވެ. މަލީހާއަކީ އޮގަސްޓު 27 ގައި، މާލެއިން ފުރައިގެން މާމިގިއްޔަށް ދިޔަ ލޯންޗަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ހައްޔަރު ކޮށްފައިވާ ދެ އަންހެނުންގެ ތެރެއިން އެކަކެވެ.

އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށައް ގެނެސް ބަލާފާސްކުރިއިރު އެ މީހުންގެ އަތްދަބަހުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ޖޫސްޕެޓީ ކޮތަޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި އިތުރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން އޭރު ވަނީ ބުނެފައެވެ.

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށަކީ ބޮޑު އަދަބު ކަނޑައެޅިފައިވާ ހުުކުމެކެވެ. އެ ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އުމުރަށް ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާއިން ފެށިގެން އެއްމިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. އެހެން ކަމުން، އެ ދައުވާ ސާބިތުވެއްޖެނަމަ މަލީހާގެ މައްޗަށް އުމުރުު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: