ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝާހިދު ކުރައްވާ ދަތުރުތަކުގެ ތަފްސީލު ހޯއްދެވުމަށް ޖާބިރު ހުށަހަޅުއްވައިފި

ޝާހިދުގެ ދަތުރުތަކާއި ގުޅޭ ތަފްސީލު ހޯއްދެވުމަށް ޖާބިރު ހުށަހަޅުއްވައިފި - ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން، އަބްދުއްﷲ ޝާހިދު މިހާތަނަށް ކުރެއްވި ދަތުރުތަކާއި ގުޅޭ ތަފްސީލު ހޯދުމަށް ޝާހިދުއާއި ސުވާލު ކުރުމަށް ޑީއާރުޕީގެ ލީޑަރު، އަދި ކާށިދޫ ދާއިރާގެ މެމްބަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ޖާބިރު ވަނީ ދާދިފަހުން، ޝާހިދު އާއި މިނިސްޓްރީގެ ސްޓޭޓަކު “އެހާ ގިނަ” ދަތުރުކުރައްވާ ސަބަބު އޮޅުން ފިލުވަން ބޭނުންވާކަމަށް މަޖިލީހުގައި ވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ޖާބިރު ވިދާޅުވީ، ދަތުރުތަކުގެ ތަފްސީލުގެ ތެރޭގައި ދަތުރުކުރައްވާ ގޮތާއި، އެއީ ފަސްޓް ކްލާސްގެ ދަތުރުތައް ނުވަތަ ނޫންތޯވެސް ބެލުމަށް ބޭނުންވާކަމަށެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި، މިނިސްޓަރުންގެ ފެންވަރުގެ ބޭފުޅުން ދަތުރުކުރެއްވުމުގައި އަމަލު ކުރާ އުސޫލަކީ ކޮބައިތޯ ބަލައި، އެއީ އާއްމުކަމެއްތޯވެސް އެނގެން ބޭނުންވާ ކަމަށެވެ.

ޖާބިރު އެދިލެއްވި ކަންތަކުގެ ތެރޭގައި، ރާއްޖެ އދ.ގެ އެއްވެސް މަގާމަށް ކުރިމަތިލާފައި ވޭތޯ ނުވަތަ ނޫންތޯ ބެލުން ހިމެނެއެވެ. އަދި އެކަމުގެ ވިސްނުމަކީ ކޮބައިތޯ އާއި އދ.ގެ އެއްވެސް މަގާމަކަށް ކުރުމަތިލާފައިވާނަމަ އެކަމަށް ދައުލަތުގެ ބަޖެޓުން ހޭދަކުރަންޖެހޭ މިންވަރު އޮޅުންފިލުވުން ހިމެނެއެވެ. މީގެ އިތުރުން ޖާބިރު ވަނީ، ޝާހިދު ފޮރިން މިނިސްޓަރު ކަމާއި ހަވާލުވުމަށްފަހު މިހާތަނަށް ދަތުރުކުރެއްވި ގައުމުތަކުގެ ތަފްސީލު ދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ.

އަބްދުﷲ ޝާހިދު ފޮރިން މިނިސްޓަރު ކަމަށް ވަޑައިގެންނެވި ފަހުން ގިނަ ގައުމުތަކަކަށް ދަތުރުކުރައްވަމުން ގެންދަވާތީ، އިދިކޮޅުންވެސް ވަނީ ޝާހިދުއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި މިނިސްޓަރު ކަމުގެ ގިނަ ދުވަސްތައްވެސް ޝާހިދު ހޭދަކުރައްވާފައިވަނީ ރާއްޖެއިން ބޭރުގައިކަމަށް ބުނެ ފާޑުކިޔުން އަމާޒު ކުރެއެވެ.

ފާޑުކިޔުންތަކަށް ރައްދު ދެއްވައި ޝާހިދު ވަނީ ދަތުރުތަކުގެ ސަބަބުން ރާއްޖެ އާއި އެހެން ގައުމުތަކާމެދު އޮތް ގުޅުން އެ ދަތުރުތަކުން ވަަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: