ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެޑިކަލް ޗެކަޕާއި އެކު، ޔާމީން މާފުށީ ޖަލަށް!

ރައީސް ޔާމީން މާފުށީ ޖަލަށް ބަދަލު ކުރަނީ - ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކ.މާފުށީ ޖަލަށް ބަދަލު ކުރަން ނިންމައިފި އެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި މަންފާ ހޯއްދެވިކަން ސާބިތުވެ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ ބުރާސްފަތި ދުވަހު ޔާމީންގެ މައްޗަށް ވަނީ ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައެވެ.

ރައީސް ޔާމީންގެ މެޑިކަލް ޗެކަޕެއް އައިޖީއެމްއެޗް ހޮޕިސްޓަލުން ވަނީ ހަދާފައެވެ. އާއްމުގޮތެއްގައި ޖަލު ހުކުމް ކުރާ މީހުންގެ ސިއްހީ ހާލަތު ދެނެގަތުމަށްޓަކާ މެޑިކަލް ޗެކަަޕެއް ހަދާނެއެވެ. ރައީސް ޔާމީން އައިޖީއެމްއެޗްއަށް ގެންގޮސްފައިވަނީ، އިއްޔެގެ ހެނދުނުއެވެ. ހުކުމް ތަންފީޒުކުރާ ޖަލު ކަނޑައަޅާފައިވަނީ، އާއްމު އުސޫލުން ހަދާ މެޑިކަލް ޓެސްޓްތަކުގެ ނަތީޖާއަށް ފަހުއެވެ.

ރައީސް ޔާމީނަށް އިއްވި ހުކުމަށްފަހު ބަހައްޓާފައިވަނީ މާލޭ ޖަލުގައެވެ. ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުނާޒް ވިދާޅުވީ ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ސިއްހީ އެސެސްމެންޓާއި އަދި އެހެނިހެން އިޖްރާއަތްތައް ފުރިހަމަކޮށް ނިމިފައިވާތީ ރައީސް ޔާމީން މިއަދުގެ ވަގުތެއްގައި މާފުށީ ޖަލަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ހުށަހެޅިފައިވާ މައްސަލައަކާއި ރައީސް އާއި ބައްދަލު ކުރަން އެޗްއާރްސީއެމްގެ ތިން ބޭފުޅަކަށް މާލެ ޖަލަށް ދާން ހުއްދަ ދީފައިވާ ކަމަށެވެ.

ރައީސް ޔާމީން ބަހައްޓާފައިވާ ގޮޅީގެ ހާލަތު ދަށްކަމަށް ބުނެ އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ވަކީލުން ބުނެފައިވަނީ ރައީސް ޔާމީން ބަހައްޓާފައިވާ ގޮޅިއަކީ ހަތަރު ފޫޓު، ހަ ފޫޓުގެ ގޮޅިއެކެވެ. އަދި އެއީ މާލޭ ޖަލުގެ އެންމެ ކުޑަ ގޮޅިކަމަށް ވެސް ބުނެފައިވެއެވެ. އޭގެ އިތުރުން ގޮޅީގައި ހުންނަ ފާހަނާ ތަށި ފްލެޝް ނުކުރެވޭކަމަށް ވެސް ބުންޏެވެ. ވަކީލުން ބުނެފައިވާގޮތުން ރައީސް ޔާމީން ބަހައްޓާފައިވާ ގޮޅީގައި އެމަނިކުފާނުގެ އިސްކޮޅުވެސް ހަމަނުވެއެވެ.

ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް، ޕީއެންސީން ވަނީ ރޭ 12 ޖަހާ ބޮޑުވީފަހުން މާލޭ ޖަލު ކައިރިއަށް އެއްވެ އަޑުއުފުލާފައެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމަކީ، ސިޔާސީ ހުކުމެއް ކަމަށް ނިންމައި 2023 ވަނަ އަަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓަކަށް ރައީސް ޔާމީން ހޮވަން އެ ދެ ޕާޓީން ގުޅިގެން ބޭއްވި ކައުންސިލުން ވަނީ ނިންމާފައެވެ. ދެ ޕާޓީ ގުޅިގެން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ރައީސް ޔާމީނަށް ކުރި ހުކުމާއި ދެކޮޅަށް މުޅި ރާއްޖޭގައި އިހުތިޖާޖްކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: