ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީން ޖަލުގައި، އިދިކޮޅުން ބުނަނީ އެއީ 2023 ގެ ރިޔާސީ ކެނޑިޑޭޓުކަމަށް!

ރައީސް ޔާމީނަށް 2023 ގެ ރިޔާސީ ޓިކެޓު ދިނުމަށް އިދިކޮޅުން ނިންމައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީ ލޯންޑްރިންގެ ކުށުގައި ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހުކުމް ގަބޫލުނުކޮށް އެއީ 2023 ވަނަ އަހަރުގެ އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ ކެނޑިޑޭޓުގެ ގޮތުގައި ކޮންގްރެސް ކޯލިޝަންގެ ކައުންސިލުން ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުގެ ފަސް ގާޒީންގެ ބެންޗުން އިއްތިފާގުވެ ހުކުމް ކޮށްފައި ވަނީ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށެވެ. އޭގެ އިތުރުން މާނީ ލޯންޑާ ކުރިކަމަށް ސާބިތުވި އެއް މިލިއަން ޑޮލަރުގެ ފަސް ގުނަ ކަމަށްވާ ފަސް މިލިއަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް ހުކުމްކޮށްފައެވެ.

ރައީސް ޔާމީން ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ވަނީ ކުއްލި ކައުންސިލް ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ދެ ޕާޓީގެ ކައުންސިލުން ވެސް ނިންމާފައިވަނީ ރައީސް ޔާމީން މިނިވަން ނުވަނީސް އިދިކޮޅުން މިހާރު ކުރަމުންދާ މަސައްކަތް ހުއްޓާނުލުމަށެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ބައިނަލްއަގްވާމީ ފަރާތްތަކާއި ބައްދަލުކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ކައުންސިލްއިން ނިންމާފައިވަނީ، ރައީސް ޔާމީނަށް އިއްވާފަނީ “ސިޔާސީ ހުކުމެއް” ކަމަށެވެ. އެހެން ކަމުން އެ ހުކުމް ބަލައިގަންނަން ޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށް ކަނޑައަޅާ ޕާޓީއިން 2023 ވަނަ އަހަރު ނެރޭނެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީންގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ މުޅި ރާއްޖޭގައި އިހުތިޖާޖުތައް ކުރިޔަށް ގެންދިއުމަށާއި ރައީސް ޔާމީނަކީ 2023 ވަނަ އަހަރުގެ ރިޔާސީ ކެނޑިޑޭޓުގެ ގޮތުގައި ކަނޑައެޅުމަށް ކައުންސިލް ބައްދަލުވުމުގައި ހުށަހަޅުއްވާފައިވަނީ މުހައްމަދު އިސްމާއިލްއެވެ. އިސްމާއީލްގެ ހުށަހެޅުމަށް ތާއީދު ކުރައްވާފައިވަނީ ޕީޕީއެމްގެ ނައިބް ރައީސް، އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއެވެ.

ފަސް އަހަރު ދުވަހުގެ ޖަލު ހުކުމާއި އެކު ރައީސް ޔާމީނަށް ވަނީ، އެމަނިކުފާނު ރައީސްކަން ކުރައްވަމުން ގެންދަވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސްކަން ގެއްލިފައެވެ. އެހެން ނަމަވެސް، ޕީޕީއެމްއިން ވަނީ ރައީސް ޔަމީންގެ މައްޗަށްކޮށްފައިވާ ހުކުމް ގަބޫލު ނުކުރާނަމަ، ޕާޓީގެ ރައީސްކަމުގެ މަގާމު ރައީސް ޔާމީނަށް ގެއްލެން ވީ ސަބަބެއް ނެތްކަމަށް ބުނެފައެވެ.

ރައީސް ޔާމީނަށް ޕީޕީއެމްގެ ރައީސްކަން ގެއްލިގެން ގޮސްފައިވަނީ، 2015 ވަނަ އަހަރުގެ ތެރޭގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނު އެ އަހަރުގެ ޖޫން މަހުގެ ފަސްވަނަ ދުވަހު ތަސްދީގުކުރެއްވި ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުންނެވެ. އެ އިސްލާހުގައި ވާ ގޮތުން އެ ގާނޫނަށް ވަނީ “ޖަލުގައި ބަންދުކުރެވޭ މީހުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން” ކިޔާ ބާބެއް އިތުރުކޮށްފައެވެ. މިއީ 18 ވަނަ މަޖިލީހުގައި، އެމްޑީޕީގެ ރައީސް ކަމުން ރައީސް މުހައްމަދު ނަޝީދު ވަކި ކުރުމަށް އޭރު ސަރުކާރުގައި ތިއްބަވައިގެން ޕީޕީއެމް، ޕީއެންސީން ވޯޓު ދެއްވައިގެން ގެނައި އިސްލާހެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: