ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަގީގަތަށް ބުނާނަމަ، މުޒާހަރާ ކުރުން މިއީ ވަރަށް ވޭން ގަދަކަމެއް: އަދުރޭ

މުޒާހަރާ ކުރުން މިއީ ވަރަށް ވޭން ގަދަކަމެއް: އަދުރޭ
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީ ލޯންޑްރިންގެ ކުށުގައި ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހުކުމް ގަބޫލުނުކޮށް މަނީ ލޯންޑްރިންގެ ކުށުގައި ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހުކުމް ގަބޫލުނުކޮށް ކުރިޔަށް ގެންދިޔަ މުޒާހަރާގެ ތެރެއިން އިދިކޮޅު ޕީޕީއެމް، ޕީއެންސީއަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ދައުލަތުން އުފުލި މަނީ ލޯންޑްރިން ދައުވާ ސާބިތުވެ، ކްރިމިނަލް ކޯޓުގެ ފަސް ގާޒީންގެ ބެންޗުން އިއްތިފާގުވެ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައެވެ. އޭގެ އިތުރުން މާނީ ލޯންޑާ ކުރިކަމަށް ސާބިތުވި އެއް މިލިއަން ޑޮލަރުގެ ފަސް ގުނަ ކަމަށްވާ ފަސް މިލިއަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް ހުކުމްކޮށްފައެވެ.

ރައީސް ޔާމީނަށް އިއްވާފަނީ “ސިޔާސީ ހުކުމެއް” ކަމަށް ޕީޕީއެމްއިން ގަބޫލު ކުރެއެވެ. އެހެން ކަމުން އެ ހުކުމް ބަލައިގަންނަން ޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށް ކަނޑައަޅާ ޕާޓީއިން 2023 ވަނަ އަހަރު ނެރޭނެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީންގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އަދި ރައީސް ޔާމީން މިނިވަންވަންދެން މުޅި ރާއްޖޭގައި އިހުތިޖާޖު ކުރުމަށް ކޮންގްރެސް ކޯލިޝަންއިން ވަނީ ނިންމާފައެވެ.

ރައީސް ޔާމީން މާފުށީ ޖަލަށް ގެންދިއުމުގެ ކުރިން، ހަދަން ޖެހޭ ބައެއް މެޑިކަލް ޓެސްޓުތަކަށް އެމަނިކުފާނު ބަންދު ކުރީ މާލޭ ޖަލުގައެވެ. އެހެން ނަމަވެސް، ޕީޕީއެމް، ޕީއެންސީން ވަނީ ހުކުުރު ދުވަހުގެ ރޭ 12 ޖެހުމާއި ގާތްވެފައިވަނިކޮށް މާލޭ ޖަލު ސަރަހައްދަށް އެއްވެ އަޑުއުފުލާފައެވެ.

އެ އެއްވުމާއި ގުޅޭގޮތުންނާއި، ރައީސް ޔާމީންގެ ހުކުމާއި ގުޅޭގޮތުން ކޮންގްރެސް ކޯލިޝައިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ މުޒާހަރާ ކުރުމަކީ ވަރަށް ވޭން ހުރި ކަމެއް ކަމަށެވެ. މުޒާހަރާގެ ތެރެއިން ބައެއް އާއްމުންނަށް އަނިޔާވެ އަތްބިންދައިގެން ގޮސްފައިވާކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ އެއީ ކުއްލި އެއްވުމެއް ކަމަށެވެ. އެއީ ދުރާލާ ރާވައިގެން ބޭއްވި އެއްވުމެއް ނޫން ކަމަށެވެ. އެހެން ކަމުން، ފުލުހުންގެ އަމުުރުތަކަށް ބޯލަނބާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެމްޑީޕީން ދާހާ މަގަމުން ޕީޕީއެމްއިން ނުކުރާނެ ކަމަށާއި، އެ ޕާޓީން އަލިފާން ބޯޅަ އުކާ ފުލުހުންނަށް “މަނީ، މަނީ، ޔެސް ސާރ” ވެސް ނުގޮވާނެ ކަމަށެވެ.

އަބްދުއް ރަހީމް ވިދާޅުވީ ސޯޝަލް މީޑިއާއިން ވެސް، ޕީޕީއެމް، ޕީއެންސީގެ ރައްޔިތުންނަށް ދިން އަނިޔާ ފެންނާނެ ކަމަށެވެ. މިއީ ވޭން ހުރިކަމެއް ނަމަވެސް، އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅުން މުޒާހަރާއަށް ނިކުންނަނީ އެއްގޮތަކަށް ވެސް ފުލުހުންނާއި ކުރިމަތިލާކަށް ނޫން ކަމަށެވެ. އެއީ ރައީސް ޔާމީންދެކެ ލޯބިވާ ރައްޔިތުންގެ އިހުސާސްތަކާއި، ޝުއޫރުފާޅު ކުރުމަށް ބާއްވާ އެއްވުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެމްޑީޕީން ކަންތައް ކުރާ އުސޫލުން ތަންތާ ރޯކުރަމުން އިދިކޮޅުން ނުދުވާނެކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރަށް ހަޖަމް ނުކުރެވުނީ، ރައީސް ޔާމީންގެ ތަރައްގީ ކަމަށެވެ. ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީ އާއި އެއްވަރަށް މި ސަރުކާރަށް ތަރައްގީއެއް ނުގެނެވޭނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. ލިބޭ ކޮންމެ ފުރުސަތެއްގައި ވެސް ރައީސް ޔާމީން މިނިވަން ކުރުމަށްގޮވާލާނެ ކަން ފަހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ، ޕާޓީގެ މުޒާހަރާތައް ސިލްސިލާ ގޮތެއްގައި ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި އެ ހަރަކާތުގެ މަގްސަދަކީ ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުއް ރަހީމް ވިދާޅުވީ ރައީސް ޔާމިން މައްސަލައިގައި ހުރިހާ ގޮތަކުންވެސް ސަރުކާރުގެ ނުފޫޒު އައިސްފައިވާ ކަމަށެވެ. ރައީސް ޔާމީންގެ ގާނޫނީ ވަކީލުންނަކީ މި ރާއްޖޭގެ ވެސް އެންމެ މޮޅު ގާނޫނީ ވަކީލުން ކަމަށާއި، ރައީސް ޔާމީން މިނިވަން ކުރުމަށް ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ސިޔާސީ ޕާޓީއަކަށް އަނިޔާވާ ގޮތް މި ލިޔުމުން ނޭނގޭތީ އަދި ލިޔުންތެރިޔާއަށް އެކަން ދޭހަކޮށްދެވިފައި ނުވާތީ ވަރަށް ހިތާމަހުރި!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: