ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފަރު އެއާޕޯޓު ހުޅުވައިފި، ރައްޔިތުންގެ 15 އަހަރުވީ ހުވަފެން ހަގީގަތަކަށް!

މާފަރު އެއާޕޯޓު ރަސްމީކޮށް ހުޅުވައިފި - ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.

މި އެއާޕޯޓް ހުޅުވައިދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ. އެއާޕޯޓް ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ގިނަ ރައްޔިތުންތަކެއް ވަނީ ބައިވެރިވެސްވެފަ އެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ ނ. އަތޮޅުގެ ތައްޔިތުން ވޭތުވެ ދިޔަ 12 އަހަރުން ފެށިގެން ކުރަމުން އައި އުއްމީދެކެވެ. ރަށުގެ  ރައްޔިތުންނަށް މިއަދަކީ މިއީ އުފާވެރި ދުވަހެކެވެ. ދިގު އިންތިޒާރަށް ފޮނި ނިމުމެކެވެ.  ހާއްސަކޮށް މާފަރުގެ ރައްޔިތުންނެވެ.

މާފަރަކީ 1،200 އެއްހާ މީހުންގެ އާބާދީގެ ރަށެކެވެ. އެހެން ނަމަވެސް ރަަށުގައި ދިރިއުޅެނީ 600 ރައްޔިތުންނެވެ.

އެއަަޕޯޓު އެޅުމުގެ ވާހަކަ އެންމެ ފުރަތަމަ ދެކެވުނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ނަމަވެސް، މި މަސައްކަތް އަމަލީ ސިފައެއްގައި ފެށުނީ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައެވެ. ނަމަވެސް، އޭގެ ކުރިންވެސް އެއާޕޯޓުގެ އެކި ފޭސްތަކުގެ މަސައްކަތްތައް ކުރިޔަށް ގެންގޮސްފައިވެއެވެ. މިއީ 2007 ވަނަ އަހަރުން ފެށިގެން ކުރަމުން އައި މަސައްކަތެކެވެ.

މާފަރު އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން

ރައީސް ޔާމިންގެ ސަރުކާރުން މި މަސައްކަތް ފެށީ، އެމަނިކުފާނުގެ ރިޔާސީ ވައުދެއްގެ ގޮތުގައެވެ. 2018 ވަނަ އަހަރު އެއާޕޯޓުގެ މަސައްކަތް ނިންމާ  ދަތުރުތައް ފެށުމަށް ރައީސް ޔާމިން ވަނީ ވައުދުވެވަޑައިގެންފައެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި މާފަރު އެއާޕޯޓުގެ މަޝަރޫއު ކުރިޔަށް ގެންދިއުމަށްޓަކާ ދެ ކުންފުންޏަކާއި ހަވާލު ކުރިއެވެ. އެއާޕޯޓުގެ މަޝްރޫއު ނިންމާފައިވަނީ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ޓަފް ކުންފުނިންނެވެ. މާފަރު އެއާޕޯޓުގައި އަޅާފައިވަނީ 2.200 މީތަރު ދިގު، އަދި 40 މީޓަރު ފުޅާ ރަންވޭއެކެވެ. އަދި އެއާޕޯޓަށް ފަނޑުކޮށްފައިވަނީ ޔޫއޭއީންނެވެ. އަބޫދާބީގެ ފަންޑުގެ 60 މިލިއަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ބޭނުންކޮށް ތަރައްގީކޮށްފައިވާ މި އެއާޕޯޓަކީ ދުނިޔޭގެއެންމެ ބޮޑެތި މަރުކާގެ ބޯޓުތަކަށް ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ ތަނެކެވެ.

އެއާޕޯޓު ތަރައްގީކޮށްފައިވަނީ އިންޓަނޭޝަނަލް ފެންވަރަށްކަމަށް ވުމާއިއެކު ވީއައިޕީ ލޯންޖެއްގެ އިތުރުން، އިންޓަނޭޝަނަލް އެއާޕޯޓެއްގައި ހުންނަން ޖެހޭއިތުރު ވަސީލަތްތައް ވަނީ ގާއިމްކޮށްފައެވެ. އަދި ޕްރައިވެޓު ޖެޓުތައް ޕާކު ކުރުމަށް ހާއްސަ ސަރަހައްދެއް ގާއިމްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

– ފޮޓޯ: ސަންގު / މާފަރު އެއާޕޯޓު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ރަށުގެ އެތައް ރައްޔިތުންނެއް ވަނީ ބައިވެރިވެފައި

މާފަރު އެއާޕޯޓު ރަސްމީކޮށް ހުޅުވިގެން ދިއުމަކީ އަތޮޅުގެ ކުރިއެރުމާއި ތަރައްގީއަށް އިތުރުވެގެންދާ ބޮޅެކެވެ.

އެއާޕޯޓު ތަރައްގީކޮށްފައިވާ މާފަރަށް ބަލާއިރު، މިއީ ހިތްގައިމު އާދައިގެ ރަށެކެވެ. މީހުން ދިރިއުޅޭ ގެތަކަށް ވުރެ، ފަޅުގެތައް ގިނަހެންވެސް ހީވިއެވެ. އަބާދީ ކުޑައަކަސް މި ރަށުގެ ބިމުގެ ބޭނުން ރަނގަޅު ގޮތުގައި ހިފިދާނެއެވެ.

އެއާޕޯޓައި އެކު އޭގެ ބޭނުން އެންމެ ބޮޑަށް ހިފޭނެ އެއްބަޔަކީ މާފަރުގެ ރައްޔިތުންނެވެ. ރަށުގައި ގެސްޓް ހައުސްތައް ހިންގުމާއި، ސްވެނިއާ ޝޮޕްތައްހިންގިދާނެއެވެ. ކުރިން ފާހަގަ ކުރިގޮތަށް ރަށުގައި ބިން އޮތުމާއި އަދި ފަޅަށް ހުރި ގެތަކުގެ ބޭނުން ހިފިދާނެއެވެ.

މާފަރަކީ ލޯކަލް ޓޫރިޒަމްކުރިއެރުވިދާނެ ރަށެއްކަމަށް ގިނަ ރައްޔިތުން ގަބޫލުކުރޭ

ރަށުގެ ބިމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން، މާފަރު ކައުންސިލްގެ ރައީސް އަބްދުލް މާޖިދު ވިދާޅުވީ އެއާޕޯއި އެކު ރަށަށް ލިބިގެން މިދަނީ އިގްތިސާދީކުރިއެރުމެއް ކަމަށެވެ. އެއާޕޯޓުގެ ސަބަބުން ރަށުގެ ބިމުގެ އަގު މައްޗަށް އަރައިގެން ދާނެކަން ފާހަގަކުރައްވާ  މާޖިދުު ވިދާޅުވީ މިހާރު ރަށުގެ އަކަފޫޓެއް ވިއްކަނީ 50 ލާރިއަށް ކަމަށެވެ. އެހެން ނަމަވެސް، އެ އަދަދު މައްޗަށް ދިއުމަކީި ލިބިގެންދާނެ ކުރިއެރުމެއްގެ ގޮތުގައި ވާަނީ ފާހަގަ ކުރައްވާފައެވެ.

މާފަރު އެއާޕޯޓު ރަސްމީކޮށް ހުޅުވުން – ފޮޓޯ: ސަންގު

މާފަރު އެއާޕޯޓު ހުޅުއްވައިދެއްވުމަށްފަހު ވާހަކަ ދައްކަވަމުން، އަސްލަމް ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް 20 މިނެޓުންދެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.  ދަތުރުފަތުރުގެ ނިޒާމަށް ބަލާއިރު ކޮންމެ ރަށެެއްގައި އެއާޕޯޓެއް ހުންނާކަށް ނުޖެހޭ ކަމަށެވެ.

އަސްލަމް ވިދާޅުވީ، މި ސަރުކާރަކީ އެއްވެސް ގޮތަކަށް އަނެއް ސަރުކާރަކުންކޮށްފައި ހުންނަ ރަނގަޅު ކަމަކަށް ފާޑުކިޔާނެ ސަރުކާރެއް ނޫން ކަމަށެވެ. އެހެންނަމަވެސް މަސައްކަތް ކުރާނީ، އެ ތަރައްގީ ދެމެހެއްޓުން ކަމަށެވެ.

މާފަރު އެއާޕޯޓަށް ނެރޯ ބޮޑީ އެއާ ކްރާފްޓް ޖެއްސޭނެ ކަން ފާހަގަ ކުރައްވާ އަސްލަމް ވިދާޅުވީ، ވައިޓް ކްރާފްޓް ޖެއްސުމަށް ރަންވޭއަށް އިތުރު ކުރަން ޖެހެނީ 1 ކިލޯ މީޓަރު ކަމަށެވެ.

އަސްލަމް ވިދާޅުވީ އަމާޒަކީ، ކުރިޔަށް އޮތް ތަނުގައި ޑޮމެސްޓިކް ޕަބްލިކް ޓްރާންސްޕޯޓު ރާއްޖެއަށް ގެނައުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: