ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރައިވަރުންގެ ބްރޭކްގަޑި އެންޝުއާ ކުރަން، 4 ގަޑިއަށް ފަހު ބަހަށް އަރާނީ އެހެން މީހެއް: އެމްޓީސީސީ

ޑްރަވަރުންގެ ބްރޭކްގަޑި އެންޝުއާ ކުރަން، 4 ގަޑިއަށް ފަހު ބަހަށް އަރާނީ އެހެން މީހެއް: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ބަސް ޑްރައިވަރުންގެ 8 ގަޑިއިރުގެ ޑިއުޓީގެ ތެރެއިން ބަސް ދުވާނީ 4 ގަޑިއިރާއި ތިރީސް މިނިޓަށް ކަމަށާއި، އެކަން ރަނގަޅަށް ބަލަހައްޓާ ލޮގް ކުރާކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޓީސީސީގެ ބަހަކުން ޖެހި، މިހާތަނަށް 3 ހިތާމަވެރި ހާދިހާއެއް ވަނީ ހިނގާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީ ސްޓޭޓް އޯންޑް އެންޓަޕްރައިސިސް ކޮމިޓީގައި މެމްބަރުން ވަނީ އެ ހާދިސާތަކަށް ފަހު އެމްޓީސީސީން އަޅާފައިވާ ފިޔަވަޅުތައް އޮޅުން ފިލުވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ކުންފުނީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ، މިފަދަ ހާދިސާތަަކަކީ ހިނގައިގެން ވާނެ ހާދިސާތަކެއް ނޫންކަން އޭނާ ވެސް ގަބޫލު ކުރައްވާ ކަމަށެވެ.

އެމްޓީސީސީގެ ބަހެއް ދަށުގެ، ފަތުރުވެރިއަކު ނިޔާވި ހާދިސާއާއި ގުޅޭގޮތުން ޝާހު ވިދާޅުވީ އެ މައްސަ މިހާރު ވަނީ ކޯޓު މަރުހަލާގައި ކަމަށެވެ. އެއީ ކޯޓުގައި ވާ މައްސަލައަކަށް ވާހަކަދައްކައިގެން، އެ މައްސަލައަށް އަސަރުކޮށްފާނެތީ އެއަށް ޝާހު އިތުރަށް ވާޙަކަ ދައްކަވާފައި ނުވެއެވެ. ދެވަނަ މަރުހަލާއަށް ތަހުގީގުތައް ކުރިޔަށްދާއިރު، ޝާހު ވަނީ މައްސަލައިގެ ތަހުގީގު ވަރަށް އަވަހަށް ނިމޭނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މަޖިލީހުން ފޮނުވާފައިވާ ސިޓީގައި ހޯދުމަށް އެދިފައިވާ މައުލޫމާތުތަކުގެ ތެރޭގައި ބަސް ޑްރައިވަރުންގެ މަސައްކަތުގެ ވަގުތުތައް ބެހިފައިވާ ގޮތް ހޯދުމަށް ވަނީ އެދިފައެވެ. އަދި އޭގެ އިތުރުން ބަހުގެ ސްޕީޑާއި ހާދިސާތަކާއި ގުޚިގެން އަޅާފައިވާ ފިޔަވަޅުތައް އަދި ހާދިސާތައް އިތުރަށް ތަޖުރާރުވިޔަ ނުދިނުމަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކުގެ މައުލޫމާތު އޮޅުންފިލުވުން ހިމެނެއެވެ.

ޑްރައިވަރުންގެ މަސައްކަތު ވަގުތާއި ގުޅޭގޮތުން ޝާހު ވިދާޅުވީ ބަސް ޔުނިޓުގެ ޑިއުޓީ ބެހިގެން ވަނީ ތިން ޝިފްޓްއަކަށް ކަމަށެވެ. ޝާހު ވިދާޅުވީ ފުރަތަމަ ޝިފްޓްގައި ޑްރައިވަރުން މަސައްކަތް ކުރަންޖެހެނީ ރޭގަނޑު ދަންވަރު 00:15 އިން ފެށިގެން، ހެނދުނުގެ 08:15 އަށް ކަމަށެވެ. އަދި ދެވަނަ ޝިފްޓަކީ ފަތިހު 05:30 އިން ފެށިގެން މެންދުރުގެ 01:30 އަށް ކަމަށެވެ.

އޭގެ އިތުރުން ތިން ވަނަ ޝިފްޓަކީ އެއީ މެންދުރުގެ 02:45 އިން ފެށިގެން ރޭގަނޑު 10:45 އަށް މަސައްކަތް ކުރަންޖެހޭ ޝިފްޓެއް ކަމަށެވެ. ޝާހު ވިދާޅުވީ ހެނދުނުގެ ޝިފްޓުގެ ރަސްމީ ގަޑިއަކީ 05:30 އިން ފެށިގެން މެންދުރުގެ 01:30 ކަމަށެވެ. އަދި އޯވާޓައިމް ނުވަތަ އޯޓީގެ ގޮތުގައި 01:30 އިން ފެށިގެން 03:00 ކަމަށެވެ. ހަވީރުގެ ރަސްމީ ޑިއުޓީއަކީ މެންދުރުގެ 02:45 އިން ފެށިގެން ރޭގަނޑުގެ 10:45 ކަމަށްވެސް ޝާހު ވަނީ ވިދާޅުވެފައެވެ. އަދި އެ ޝިފްޓުގައި އޯޓީގެ ގޮތުގައި މަސައްކަތް ކުރާނީ، ރޭގަނޑުގެ 12:15 އާއި ހަމައަށްކަން ޝާހު ވަނީ ފާހަގަކުރައްވާފައެވެ.

“ކޮންމެ ޑްރައިވަރެއްވެސް، އަދި ކޮންޑްރަކްޓަރެއްވެސް ޑިއުޓީ ކުރާނީ ދުވާލަކު 8 ގަޑިއިރުގެ އެއް ޝިފްޓްއަށް. އެ ދުވަހުގެ އިތުރު ޝިފްޓެއްގައި މަސައްކަތް ކުރާނަމަ އެއީ އިތުރު ގަޑި. އަދި 8 ގަޑިއިރުގެ ޑިއުޓީއެއްގައި ކޮންމެ ޑްރައިވަރަކު ވެސް ބަސް ދުއްވާނީ 4 ގަޑިއިރާއި 30 މިނެޓު. ކޮންމެ ޑްރައިވަރަކަށް ވެސް ހަފްތާއަކު 24 ގަޑިއިރު ޗުއްޓީގެ ގޮތުގައި ލިބޭނެ. ޑްރައިވަރުންގެ ޑިއުޓީ ހަމަޖައްސާއިރު ދުވަސްތަކާއި، ބަސް އޮޕަރޭޓު ކުރާ ރޫޓު ބަދަލު ކުރުމުގެ އުސޫލު ގެންގުޅޭ” ޝާހު ވިދާޅުވިއެވެ.

ކޮންމެ ޑްރައިވަރަކަށް ވެސް 4:30 މިނިޓުގެ ބަސް ދުއްވުމަށްފަހު 1 ގަޑިއިރުގެ ބޭރޭކެއް ދެވޭކަން ޝާހު ފާހަގަކުރެއްވިއެވެ. އެގޮތުން، ޑްރައިވަރުންނަށް ހާއްސަ ކުރެވިފައިވާ ވެއިޓިން އޭރިއާއެއްވެސް ހުންނަ ކަމަށް ޝާހު ވިދާޅުވިއެވެ.

ބަހުގެ ސްޕީޑާއި ގުޅޭގޮތުން ޝާހު ވިދާޅުވީ، ހުޅުމާލޭގެ ތެރޭގައި ބަސް ދުއްވާނީ 25 ކިލޯ މީޓްރާއި 30 ކިލޯ މީޓަރުގެ ދެމެދުގައި ކަމަށެވެ. އޭގެ އިތުރުން އެއާޕޯޓުގެ ތެރޭގައި ވެސް ދުއްވޭނީ ހަމަ އެ ސްޕީޑުގައިކަމަށެވެ.

ޝާހު ވިދާޅުވީ ބްރިޖް، ހައިވޭގައި އެންމެ ބާރަށް ދުއްވާނީ 50 ކިލޯ މީޓަރު ބާރު މިނުގައި ކަމަށެވެ. އަދި ހުޅުމާލެ، އަދި އެއާޕޯޓުގައި އޮޕަރޭޓު ކުރަމުންދާ 10 ބަަހުގެ ތެރެއިން 6 ބަހުގެ ސްޕީޑު 55 ކިލޯމީޓްރަށް ލިމިޓު ކުރެވިފައިވާކަމަށެވެ. ބާކީ ހުރި ބަސްތަކުގައި ސްޕީޑު ލިމިޓު ކުރުމަށް ހާއްސަ ޓީމެއް މި މަހުގެ ތެރޭގައި އަންނާނެކަން ޝާޙު ވަނީ ފާހަގަކުރައްވާފައެވެ.

ޝާހު ވިދާޅުވި، ކަންތަކާއި ގުޅޭގޮތުން ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވަނީ ޑްރައިވަރުންގެ ތިން ޝިފްޓެއް އޮންނައިރު، ޖުމްލަ 8 ގަޑިއިރުގެ ޑިއުޓީގެ ތެރެއިން، 4:30 މިނެޓު ދަތުރުކުރުމަށް ފަހު އެ ޑްރައިިވަރު ބްރޭކެއް ނަގާކަން ޔަގީން ކުރަންތޯ ސުވާލު ކުރައްވާފައެވެ. އަދި ބަސްތަކުގެ ލިމިޓު ކޮންޓްރޯލްކޮށްފައިވާއިރު އެ ބަސްތައް މޮނީޓާ ކުރެވޭނެ މެކޭނިޒަމްއެއް ގާއިމްކޮށްފައިވޭތޯ އިލްޔާސް ސުވާލު ކުރިއެވެ.

ޖަވާބުގައި ޝާހު ވިދާޅުވީ، ހަތަރު ގަޑިއިރު ބަސް ދުއްވުމަށްފަހު، ދެން އެ ޑިއުޓީއާއި ހަވާލުވާނީ އެހެން މީހެއް ކަމަށެވެ. އަދި ބްރޭކް ގަޑީގައި ޑްރައިވަރުން އަރާމު ކުރުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދުގައި ޖޯލިވެސް ބަހައްޓާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭގެ އިތުރުން ގެއަށް ދިއުމަށް ޑްރައިވަރަކު އެދިއްޖެނަމަ އެ މީހާއަށް އެ ހުއްދަ ދޭކަމަށް އޭނާ ވިދާޅުވިއެވެ.

“ހަތަރު ގަޑިއިރާއި ތިރީސް މިނެޓު ފަހުން ޑްރައިވަރުން ބަދަލުވާނެ. އަޅުގަނޑުމެން އެކަން އެންޝުއާ ކުރަން. ޑްރައިވަރުން ބަދަލުވާނެ، އަދި އެއަށްފަހު ބަހަށް އަރާނީ އެހެން ޑްރައިވަރެއް ޑިއުޓީއަށް އެހާހިސާބުން އަނެއްކާވެސް. މިހާރު ފުރަތަމަ ދުއްވަން އިން ޑްރައިވަރު ފައިބާފައި، އެހެން ޑްރައިވަރެއް އޭގެ ފަހުން އަރާނީ. އެހެންވީމަ ފުރަތަމަ އެރި ޑްރައިވަރު ދެން އިން ބާކީ ވަގުތުގައި އެތާ މާޑުކުރާނީ އެތާ ހުރި އެހެނިހެން މަސައްކަތްތައް ކުރުމުގައި. ކޮންމެ ޑިއުޓީއެއްވެސް ކުރަނީ ލޮގް ކުުރުމަށްފަހު”

ސްޕީޑު ލިމިޓު ކޮންޓްރޯލްކޮށްފައިވާއިރު، އެންމެ ބާރަށް ދުށްވޭނެ ސްޕީޑަކީ 55 ކިލޯމީޓަރު ބާރުމުނުގައިކަން ޝާހު ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް ޝާހު ވިދާޅުވީ ވަކި ވަކި ރޫޓުތަކުން ދާއިރު ދާ ސްޕީޑު މޮނީޓާ ކުރެވޭނެ ގޮތެއް ނޯންނަ ކަމާށެވެ.

އެމްޓީސީސީގެ ބަހުން ހިނގި ފުރަތަމަ ހާދިސާއާއި ގުޅޭގޮތުން އަޅާފައިވާ ފިޔަވަޅުތައް ހިއްސާ ކުރައްވާ ޝާހު ވިދާޅުވީ ކޮންމެ ޑިއުޓީއެއްވެސް ފެށުމުގެ ކުރިން ކޮންމެ ޑްރައިވަރެއްގެ ވެސް “ފްޓް ޓު ޑްރައިވް” ދުއްވަން ތައްޔާރު ޑިކްލަރޭޝަން ފޯމުގައި ޑިއުޓީ އިންޗާޖުގެ ހާޒިރުގައި ސޮއި ކުރާނެ ކަމަށެވެ. ކޮންމެ ޑިއުޓީއެއްވެސް ފެށުމުގެ ކުރިން، ކޮންމެ ދްރައިވަރަކަށް ވެސް ދޭ މައުލޫމާތު ސެޝަން ވަރުގަދަކޮށްފައިވާއިރު ޓްރާންސްޕޯޓު އޮތޯރިޓީއިން ކަނޑައަޅާފައިވާ “ފިޒިކަލް އެގްޒިމިނޭޝަން” ސެޓްފިކެޓު ހުރިހާ ޑްރައިވަރުންވެސް ފުރިހަމަކޮށްފައިވާ ކަމަށެވެ.

ޝާހު ވިދާޅުވީ އުޅަނދުފަހަރު ފުރުމުގެ ކުރިން ފުރަންޖެހޭ ޗެކްލިސްޓު ފުރިހަމަ ކުރުމާއި ރޫޓިން މެއިންޓަނެންސް މަސައްކަތް އިތުރަށް ހަރުދަނާކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ކޮންމެ ޑިއުޓީއެއްވެސް ނިމުމުން ދަތުރުގެ ރިޕޯޓު ތައްޔާރު ކުރުމުގެ މަސައްކަތް ފެށުނު ކަމަށެވެ. 6 ބަހުގައި އެމެޖެންސީ ސްޓޮޕް މަސައްކަތް ކުރާ ނިޒާމް ގާއިމް ކޮށްފައިވާކަމަށް ވެސް ޝާހު ވަނީ ވިދާޅުވެފައެވެ.

ޝާހު ވަނީ، ހާދިސާތަކަށް ފަހު އެޅި ފިޔަވަޅުތައް ވެސް ފާހަގަކުރައްވާފައެވެ. އަދި އިތުރަށް ކުރަންޖެހޭ މަސައްކަތްތައް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. އޭގެ ތެރޭގައި ބަސް އާއްމުކޮށް ދުއްވާ މަގުތަކުގައި، ނުވަތަ ހެވީ ވެހިކަން ދުއްވާ މަގުތަކުގައި އާއްމުން އަމަލު ކުރަންޖެހޭ އުސޫލެއް ކަނޑައެޅުމާއި، ރޯޑް ސޭފްޓީއާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރު ކުރުން، ޑްރައިވިން ލައިސަންސް ދޫކުރުން އިތުރަށް ހަރުދަނާ ކުރުމާއި މަގުތައް ތަރައްގީ ކުރާއިރު ޕަބްލިކް ޓްރާންސްޕޯޓަށް އިސްކަން ދިނުން އަދި އެއްގަމު އުޅަނދު މަދުކޮށް ޕަބްލިކް ޓްރާންސްޕޯޓަށް އިސްކަން ދިނުން ހިމެނެއެވެ.

އެކްސިޑެންޓުތައް ދިރާސާކޮށް އެކުލަވާލާފައިވާ ރިޕޯޓު މަޖިލީހުގެ ކޮމިޓީ އާއި ހިއްސާ ކުރައްވަމުން ޝާހު ވިދާޅުވީ އެކްސިޑެންޓް ނުވަތަ އިންސިޑެންޓު ހިނގައިފިނަމަ އެ މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކުރެވި، އެކްސިޑެންޓު ރިޕޯޓާއި ފުލުހުންގެ ރިޕޯޓަށް ބިނާކޮށް މުވައްޒަފުންނާއި ދޭތެރޭ ކުންފުނީގެ އަަހުލާގީ މިންގަނޑާއި އިސްލާހީ ފިޔަވަޅު އެޅުމުގެ ޕޮލިސީގެ ދަށުން ފިޔަވަޅު އަޅަމުންދާ ކަމަށެވެ. އަދި އެ ހާދިސާއަކުން ރަނގަޅު ކުރުމަށް ފެންނަ ކަންކަން މުވައްޒަފުންނާއި ހިއްސާކޮށް އޮޕަރޭޝަން ހަރުދަނާ ކުުރުމުގެ މަސައްކަތް ކުރާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: