ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ހިމާޔަތް” ދޭން އުޅުނުކަމަށް ބުނާ ކްރިކެޓު ކޯޗަށް 9 ދައުވާއެއް!

ޖިންސީ ގޯނާގެ ތުހުމަތުކުރި ކްރިކެޓް ކޯޗަށް ނުވަ ދައުވާއެއް އުފުލައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވިފައިވާ ގައުމީ ކުރިކެޓް ޓީމުގެ ކޯޗު އާސިފް ހާންގެ މައްޗަށް 9 ދައުވާއެއް އުފުލާފައިވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހު، ގައުމީ ކްރިކެޓު ޓީމަށް ކޯޗުކޮށްދެމުން އައި އާސިފް ހައްޔަރުކޮށްފައިވަނީ އުމުުރުން 18 އަހަރުން ދަށުގެ ކުޑަކުދިންތަކަކާއި 18 އަހަރުން މަތީގެ ބަޔަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައިގައެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ، ތަފާތު އެކި ފަހަރުމަތިން އޭނާގެ މައްސަލަ، ކްރިކެޓު ބޯޑަށް ވެސް ހުށަހަޅާފައިވަނިކޮށެވެ.

އެހެން ނަމަވެސް، މައްސަލަ ބަލާފައި ނުވުމާއި އެކު އާސިފްގެ މައްސަލަ އެންމެފަހުން ފުލުހުންނާއި ހަމައަށް ގެންދިޔައީއެވެ. އެހެން ނަމަވެސް، ހައްޔަރު ކުރިއިރު އާސިފް ހުރީ އޭނާގެ ގައުމަށް އެނބުރި ދިއުމަށް ފުރަން އެއާޕޯޓަށް ގޮހެވެ.

ކްރިކެޓު ޓީމުގައި ހިމެނޭ ކުދިންގެ ބެލެނިވެރިންނާއި، ސީނިއާ ޓީމުގެ ކުޅުންތެރިން ތުހުމަތު ކުރާގޮތުން މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަން އެނގުމުން ކްރިކެޓު ބޯޑުން އޭނާ ފުރައިގެން ދިއުމަށް ފުރުސަތު ދިނީއެވެ. އަދި އޭނާ ފުރަން އެއާޕޯޓަށް ދިޔައީވެސް މަގާމުން އިސްތިއުފާ ދިނުމަށްފަހުއެވެ.

ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި، އުމުރުން 46 އަހަރުގެ އާސިފްއަކީ ޕާކިސްތާނަށް ނިސްބަތް ވާ މީހެކެވެ.

ގިނަ ބަޔަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ބެހެއްޓުމަށްފަހު އާސިފް މިނިވަންވެސް ކުރިއެވެ. އެއީ، އޭނާ ހައްޔަރުކޮށްފައިވަނީ ޖިނާއީ އިޖުރާތުގެ ގާނޫނާއި ހިލާފަށް ކަމަށް ބުނެއެވެ. އަދި ހައްޔަރުކުރިތާ 24 ގަޑިއިރު ތެރޭ މުއްދަތު ޖެހުމަށް ހާޒިރުކޮށްފައި ނުވާތީއެވެ.

އޭގެ ފަހުން ކޯޗު ބަންދުކުރުމުގެ އަމުރެއް ހައި ކޯޓުން ނެރުނީ، ކްރިމިނަލް ކޯޓުން އަމުރެއް ނުދިން މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އިސްތިއުނާފް ކުރުމުންނެވެ.

ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތުން މީހަކު ހައްޔަރުކުރާތާ 24 ގަޑިއިރުގެ ތެރޭގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރަން ޖެހޭނެ އެވެ. މި މައްސަލާގައި ފުލުހުން އެހާ ބޮޑު ގޯހެއް ހެދީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ. އެކަމުގައި ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔުން ވެސް އަމާޒުވި އެވެ.

ކޯޗުގެ މައްސަލައިގައި ނުރުހުން ފާޅުކޮށް ކްރިކެޓް ޓީމުން ބަޔާނެއް ނެރުނެވެ. އެ ބަޔާޏުގައި ބުނެފައިވަނީ ޒުވާން ކްރިކެޓު ކުޅުންތެރިންނަށް އާސިފް އެކި ފަހަރުމަތީން ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އަދި އޭނާ 18 އަހަރުން ދަށުގެ ކްރިކެޓު ޓީމުގެ ކުޅުންތެރިންނަށް ވެސް ޖިންސީ ގޯނާ ކުރިކަމަށެވެ.

ގައުމީ ކްރިކެޓުގެ އަންހެން އަދި ފިރިހެން ޓީމު ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޖިންސީ ގޯނާގެ މައްސަލަ ތަހުގީގު ކުރުމުގެ ބަދަލުގައި ކްރިކެޓު ބޯޑުން ބެލީ ވީހާވެސް އަވަހަށް އޭނާ ފުރުވާލެވޭތޯއެވެ.

އާސިފްގެ މައްސަލައިގައި އިތުރު ތުހުމަތުތަކެއް ވެސް ކުރެވެއެވެ. އެއީ، އޭނާގެ މައްސަލައިގައި ބަޔަކު ހެއްކަށް ނުފޫޒު ފޯރުވަން އުޅުމެވެ. ބައެއް މީހުން ބުނާގޮތުން، އާސިފް ހައްޔަރު ކުރުމަށްފަހު އެންމެ ފުރަތަމަ ދޫކުރުމާއި އެކު އޭނާ ހިމާޔަތައަށް އެދި ދިޔައީ ޕާކިސްތާނު އެމްބަސީއަށެވެ. ނަމަވެސް އެ ތުހުމަތުތައް އެމްބަސީއިން ދޮގުކުރި އެވެ. އާސިފް ހައްޔަރުކޮށްފައި ދޫކޮށްލި އިރު އޭނާގެ ޕާސްޕޯޓް އޮތީ ހިފަހައްޓައިކަމަށް ފުލުހުން ކަށަވަރުކޮށްދެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: