ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުކުމާއި މެދު، ބައިނަލްއަގްވާމީ ގާނޫނީ ޓީމެއް އެކުލަވާލަން ޖެހިއްޖެ ނަމަ އެކަންވެސް ކުރާނަން: ޕީޕީއެމް/ޕީއެންސީ

ޝެއާރކޮށްލާ ކަހަލަދޯ؟

މަނީ ލޯންޑްރިންގެ ކުށުގައި ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމާއި ގުޅިގެން ބައިނަލް އަގުވާމީ ގާނޫނީ ޓީމެއް އެކުލަވާލަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

ކްރިމިނަލް ކޯޓުގެ ފަސް ގާޒީންގެ ބެންޗުން އިއްތިފާގުވެ ހުކުމް ކޮށްފައި ވަނީ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށެވެ. އޭގެ އިތުރުން މާނީ ލޯންޑާ ކުރިކަމަށް ސާބިތުވި އެއް މިލިއަން ޑޮލަރުގެ ފަސް ގުނަ ކަމަށްވާ ފަސް މިލިއަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް ހުކުމްކޮށްފައެވެ.

ރައީސް ޔާމީން ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ވަނީ ރައީސް ޔާމީން މިނިވަން ނުވަނީސް އިދިކޮޅުން މިހާރު ކުރަމުންދާ މަސައްކަތް ހުއްޓާނުލުމަށް ނިންމާފައެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ބައިނަލްއަގްވާމީ ފަރާތްތަކާއި ބައްދަލުކުރުމަށް ވެސް ވަނީ ނިންމާ އެ ހަރަކާތްތައް ވެސް ދަނީ ކުރިޔަށެވެ.

ޔާމީން މިނިވަންކުރުމުގެ މަސައްކަތަށް ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމާއި މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ މި ހަފްތާގެ ތެރޭގައި ރާއްޖެއިން ބޭރަށް ދަތުރު ކުރައްވާ އެކި ގައުމުތަކުގެ ސަފީރުންނާއި ބައްދަލު ކުރައްވާފައެވެ. އަދި ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމާއި ގުޅޭގޮތުން އެ ބޭފުޅުން ވަނީ، އެ ފަރާތްތަކާއި މައުލޫމާތު ހިއްސާ ކުރައްވާފައެވެ. އެގޮތުން ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ދެ ބޭފުޅުންވެސް ވަނީ މީޑިއާތަކާއި ބައްދަލު ކުރައްވާ އެ މައުލޫމާތުތައް ހިއްސާ ކުރައްވާފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސައީދު ވިދާޅުވީ ރައީސް ޔާމީނަށް ދީފައިވަނީ ނުހައްގު އަނިޔާއެއްކަން ބޭރު ދުނިޔޭގެ ފަރާތްތައް ވެސް ގަބޫލު ކުރާ ކަމަށެވެ. އަދި އެ ބޭފުޅުންނާއި ބައްްދަލު ކުރުމުން ބޭރު ދުނިޔޭގެ ގައުމުތަކުގެ ކަންބޮޑުވުން މި މައްސަލައިގައި އޮތް މިންވަރުވެސް އެނިގެން ގޮސްފައިވާކަމަށް ސައީދު ވިދާޅުވިއެވެ. ސައީދު ވިދާޅުވީ، ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމް ބަލައި ނުގަނެވޭނެ އެތައް ކަންތަކެއް ހިނގާފައިވާ ކަމަށެވެ. އެހެން ކަމުން، އެކަންތަކާއި ގުޅިގެން ވަރަށް އަވަހަށް ބޭރުގެ ގައުމުތަކުން، މި ސަރުކާރާއި އެ ކަންބޮޑުވުންތައް ހިއްސާކޮށް ބަޔާން ނެރޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

“އެ ބޭފުޅުންނަށް ވެސް އެބަ އިނގޭ މީގަ ގޯސްތަކެއް އެބަ އުޅޭކަން. ޝަރީއަތް ގެންދިޔަ ގޮތާ ހިތްހަމަ ނުޖެހޭ ވަރަށް ގިނަ ފަރާތްތައް އެބަހުރި. ރައީސް ޔާމީނަށް ހުކުމެއް ޖެހުމަށްފަހުވެސް މާލޭ ޖަލުގައި ވަރަށް ނުތަވަސް ސެލް އެއްގައި އެމަނިކުފާނު ބޭންދެވީވެސް. އެނގިވަޑައިގަންނަވާނެ ޕްރެސްކޮންފަރެސްއެއް ގައިވެސް އަޅުގަނޑުމެން ވާނީ އެ ވާހަކަ ދައްކާފައި. ފާހާނަ ފްލަޝްވެސް ނުކުރެވޭ. ބަހައްޓާފައި ހުރި އެނދު ނުވަތަ އަށީގައި ރަނގަޅަށް އަވަހާރަޕުޅުވެސް ނުލެއްޕެވޭ” ސައީދު 

ރައީސް ޔާމީންގެ ޝަރީއަތް ކުރިޔަށް ދިޔަ ގޮތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން، ޕީއެންސީގެ ނައިބް ރައީސްކަން ވެސް ކުރައްވާ ޝިޔާމް ވިދާޅުވީ އެންމެ ގޯސްކޮށް ދިޔައީ ރައީސް ޔާމީންގެ ޝަރީއަތް ކަމަށެވެ. ރައްޔިތުންގެ ކުރިމަތީ ހިނގައިދިޔަ އެ ޝަރީއަތަކީ، އިންސާފުގެ ބޭރުން ހިންގާފައިވާ ޝަރީއަތެއްކަން ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ގަބޫލު ކުރާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް އެންމެ ފުރަތަމަ ސަސްޕެންޑު ކުރުމަކީ ވެސް ޝައްކު އުފެދޭ މައްސަލައެއް ކަމަށާއި، ހައިލަމްގެ ސަސްޕެންޝަންއަށް ފަހު އޭނާ ނެރުނު ބަޔާނަކީވެސް ކަންބޮޑުވާ ވަރުގެ ވާހަކަތަކެއް ހުރި ބަޔާނެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ހައިލަމް ސަސްޕެންޑް ކުރުމަކީ ރައީސް ޔާމީނަށް ހުކުމް އިއްވުމުގެ ކަށަވަރުކަން ދޭން މި ސަރުކާރުން އެދެމުން އެކަން ހިއްސާ ނުކުރުމުން ހިނގައިދިޔަ ކަމެއްގެ ގޮތުގައި ޝިޔާމް ފާހަގަކުރެއްވިއެވެ. އަދި އެއަށްފަހު ބެންޗެއް އެކުލަވާލުމަށް ހިނގައިދިޔަ ކަންތަކަކީ ވެސް ގޯހެއްކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ހުރިހާ ކަންތަކަކީ ވެސް ބޭރު ދުނިޔޭގެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ޝިޔާމާއި ސައީދު ވަނީ ވިދާޅުވެފައެވެ. ބައިނަލްއަގްވަމީ މުޖްތަމައުއިންވެސް ރައީސް ޔާމީނަށް ކުރި ހުކުމުގައި ގޯސްތަކެއް އުޅޭކަން ގަބޫލު ކުރާ ކަމަށާއި ބޭރު ދުނިޔޭގެ އެތައް ބަޔަކު ތިބީ އެ ހުކުމާއި މެދު ހިތްހަމަނުޖެހިފައި ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ. އޭގެ ތެރޭގައި ރައީސް ޔާމީން ޖަލަށް ގެންގޮސް އަމަލު ކުރިގޮތާއި، ބަހައްޓާފައި ހުރި ގޮޅީގެ ހާލަތު އޭނާ ފާހަގަކުރެއްވިއެވެ. ޝިޔާމް ވިދާޅުވި ގޮތުގައި އެއީ ބައިނަލްއަގްވާމީ މުޖުތަމައުން ކަންބޮޑުވާ ކަންތައްތަކެކެވެ.

ޝިޔާމް ވިދާޅުވީ ރައީސް ޔާމީނަށް އިއްވި ހުކުމުން ސާފުވާ އެއްކަމަކީ މި ސަރުކާރުގެ ނުފޫޒު ޝަރުއީ ދާއިރާއަށް ހަގީގަތުގައި އޮތް މިންވަރެވެ. ޝިޔާމް ވިދާޅުވީ، ޝަރީއަތާއި، ރައީސް ޔާމީން ޖަލުގައި ބަންދު ކުރުމާއި ހުރިހާ ކަމެއްވެސް ހިންގާއިވަނީ ޖިނާއީ އިޖުރާރުގެ ގާނޫނާއި ހިލާފަށެވެ.

“މި ކަންކަން ބައިނަލްއަގްވާމީ ފަރާތްތަކުން އަންނަނީ ވަރަށް ގާތުން ބަލަމުން. މީގެ އިތުރުން، އިންޓަނޭޝަނަލް އޮގަނައިޒޭޝަންތަކުން ވެސް މިކަން ވަރަށް ގާތުން އެބަ ބަލާ. ރައީސް ޔާމީން މިއަދު ޖަލުގައި އެ ހުންނެވީ ބައިނަލްއަގްވާމީ މުއާހަދާތަކާއި ހިލާފަށް. ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފަށް. ދިވެހިރާއްޖޭގައި ހެދިފައިހުރި ގާނޫނުތަކާއި ހިލާފަށް މިއަދު ހައްޔަރުކޮށްފައި ބަހައްޓައިގެން ސަރުކާރުން މި އުޅެނީ” ޝިޔާމް ވިދާޅުވި އެވެ.

ޕާޓީގެ މެމްބަރުން، ހިތްވަރުއެލުވާލާ މާޔޫސްނުވުމަށް އިލްތިމާސްކޮށް ޝިޔާމް ވިދާޅުވީ، މިއީ ހުރިހާ މަސައްކަތެއްވެސް ހުއްޓާލުމަށްފަހު ރައީސް ޔާމީން މިނިވަން ކުުރުމަށް އެންމެން އަތުކުރި އޮޅާލާ ނިކުންނަން ވީ ވަގުތު ކަމަށެވެ. ޝިޔާމް ވިދާޅުވީ، ރައީސް ޔާމީނަކީ ރާއްޖޭގެ ތަރައްގީގެ ބާނީ ކަމަށެވެ. އަދި މިއަދު ޖަލަށް ލާން ހުކުމް ކުރީ ރައީސް ޔާމީން އެކަނި ނޫން ކަމަށާއި، އެމަނިކުފާނާއި އެކު އެތައް ހާސް ބަޔަކު ޖަލަށް ލާފައިވާކަމަށެވެ.

ޕާޓީގެ މެމްބަރުން، ހިތްވަރުއެލުވާލާ މާޔޫސްނުވުމަށް އިލްތިމާސްކޮށް ޝިޔާމް ވިދާޅުވީ، މިއީ ހުރިހާ މަސައްކަތެއްވެސް ހުއްޓާލުމަށްފަހު ރައީސް ޔާމީން މިނިވަން ކުުރުމަށް އެންމެން އަތުކުރި އޮޅާލާ ނިކުންނަން ވީ ވަގުތު ކަމަށެވެ. ޝިޔާމް ވިދާޅުވީ، ރައީސް ޔާމީނަކީ ރާއްޖޭގެ ތަރައްގީގެ ބާނީ ކަމަށެވެ. އަދި މިއަދު ޖަލަށް ލާން ހުކުމް ކުރީ ރައީސް ޔާމީން އެކަނި ނޫން ކަމަށާއި، އެމަނިކުފާނާއި އެކު އެތައް ހާސް ބަޔަކު ޖަލަށް ލާފައިވާކަމަށެވެ.

ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު ހުކުމް ގަބޫލު ނުކުރާނެ ކަމަށް ޕީޕީއެމް، ޕީއެންސީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: