ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަފީރު އޮޅުނީ އެއާޕޯޓުގެ ސްޓާފުންނަށް، އެކަން ކިޔައިދިނުމަށް ފަހު މާބޮޑި އެރުވީ މެހުމާންދާރީއަށް: އައްޑޫ ސިޓީ ކައުންސިލް

ސަފީރު އޮޅުނީ އެއާޕޯޓުގެ ސްޓާފުންނަށް، އެކަން ކިޔައިދިނުމަށް ފަހު މާބޮޑި އެރުވީ މެހުމާންދާރީއަށް: އައްޑޫ ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިޔާއަށް މާބޮޑި ދީފައިވަނީ ސަފީރުކަމަށް ހީކޮށް ނޫން ކަމަށާއި، އެއީ އެއާޕޯޓުގެ ސްޓާފުންނަށް އޮޅިގެން ކުރެވުނު ކަމެއްކަމުން މެހުމާންދާރީ އަދާކުރީކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

ފަތުރުވެރިއަކަށް، ދެ އަންހެން ކަބަލަކު މާބޮޑިއެއް އަރުވާ މަންޒަރު ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އަދި އެ ފޮޓޯ އާއި އެކު ލިޔެފައިވަނީ އެ މީހުން އެ މީހާށް މާބޮޑި އަރުވާފައިވަނީ އެއީ އިނގިރޭސި ވިލާތުގެ ސަފީރުކަމަށް ހީކޮށްކަމަށެވެ. އަދި އިނގިރޭސި ވިލާތުގެ ސަފީރަކީ އަންހެން ކަނބަލެއް ކަމަށާއި އެ މީހުން މަރުހަބާކީ އައްޑޫގެ އީކުއޭޓަރ ވިލެޖަށް ދިޔަ ޓޫރިސްޓަކަށް ކަމަށްވެސް އެ ޕޯސްޓްގައި ބުނެފައިވެއެވެ.

މަންޒަރު ދުށްމީހެއް ކަމަށް ބުނެ އެ ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުކުރި މީހާ ވަނީ، ދެ ކަނބަލުންނަށް ވެސް ޝުކުރު އަދާކުރުމަށްފަހު ފަތުރުވެރިޔާ ރިސޯޓަށް ގޮސްފައިވާކަމަށް ބުނެފައެވެ.

އެހެން ނަމަވެސް، އެއީ މުޅިން ކަންތައް ހިނގި ގޮތެއް ނޫނެވެ. އައްޑޫ ސިޓީ ކައުންސިލްއިން “ސަންގު” އާއި ވާހަކަ ދައްކަމުން ބުނެފައިވަނީ ގެސްޓަކީ ސަފީރުކަމަށް ހީކުރެވުނީ އެއާޕޯޓުގެ ސްޓާފުންނަށް ކަމަށެވެ. އަދި އެއީ އެކުދިންނަށް އޮޅިގެން ކުރެވުނު ކަމެއްކަން އޭނާ ފާހަގަކުރިއެވެ. ސަފީރުކަމަށް ހީކޮށް ގެސްޓު ފުރަތަމަ ގެނައީ ވީއައިޕީއަށް ކަމަށާއި އެހެން ނަމަވެސް އެ މީހާ ގެނައުމުން ފަތުރުވެރިޔާއަށް ވެގެން އުޅޭގޮތް ކިޔާ ދިންކަމަށް އޭނާ ބުންޏެވެ.

“އެއާޕޯޓުގެ ސްޓާފުންނަށް ސަފީރުކަމަށް ހީކޮށް ގެސްޓް އެއާޕޯޓުގެ ކާރުގައި ގެނެސް ވީއައިޕީއަށް ލީ. ދެން އެވަގުތު އެތާ ތިބި މީހުން އެ މީހާ ރިސީވްކޮށްފައި ކިޔާދިނީ މިސްޓޭކްއަކުން ގެނެވުނީކަން” އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.

އައްޑޫ ސިޓީ ކައުންސިލްއިން ބުނެފައިވަނީ، އެއީ އޮޅިގެން ކުރެވުނު ކަމެއްކަމުން ފަތުރުވެރިޔާއަށް މެހުމާންދާރީ އަދާކޮށް އެމީހާ އެއާޕޯޓުގެ ކާރުގައި ޑޮމެސްޓިކްއަށް ފޮނުވި ކަމަށެވެ.

މި ޕޯސްޓަށް އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރެއް ވަނީ ކޮމެންޓެއް ކުރައްވާ ކޮންމެ އަންހެނަކީ “ގަޅި” މީހެއް ނޫންކަން ފާހަގަކުރައްވާފައެވެ. އަދި އެގޮތަށް އަންހެނުން ޖަޖް ނުކުރުމަށް އޭނާ ވަނީ އެދިފައެވެ.

މައުލޫމާތު ލިބޭގޮތުގައި މޭޔަރު އަބްދުﷲ ސޯދިގު ސޯބެއާއި ސަފީރު އެއަރޕޯޓުން ބައްދަލުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: