ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ހަތަރު ބޭފުޅެއް!

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ހަތަރު ބޭފުޅެއް!
ޝެއާރކޮށްލާ ކަހަލަދޯ؟

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ހަތަރު ބޭފުޅަކު އައްޔަން ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން އިއުލާންކުރީ ސިވިލް ކޯޓަށް ހަތަރު ފަނޑިޔާރުން ހޯދުމަށާއި ކްރިމިނަލް ކޯޓަށް އެއް ފަނޑިޔާރަކު ހޯދުމަށެވެ. އެ މަގާމުގެ ޝަރުތަކީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނީ ދާއިރާ އިން ފުރަތަމަ ޑިގްރީއެއް އޮތުމާ އެކު ފަނޑިޔާރު ކަމުގައި ނުވަތަ ވަކީލު ކަމުގައި މަދުވެގެން ދެ އަހަރުގެ ތަޖުރިބާ ހުރުމެވެ.

ޖޭއެސްސީއިން ބުނެފައިވަނީ، ކްރިމިނަލް ކޯޓާއި، ސިވިލް ކޯޓަށް ފަނޑިޔާރުން ހޯދުމަށް އިއުލާނު ކުރުމުން 39 ފަރާތަކުން ކުރިމަތިލެއްވި ކަމަށެވެ. މަގާމަށް ކުރިމަތި ލެއްވި ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރުމަށްފަހު ބައެއް ފަރާތްތަކާއި އިންޓަވިއުކޮށްފައިވާކަމަށެވެ. އެގޮތުން ކްރިމިނަލް ކޯޓަށް ޅ. ކުރެންދޫ، މާތިލަ އަލްއުސްތާޛު އާދަމް މުހައްމަދު އައްޔަންކުރުމަށް އަދި ސިވިލް ކޯޓަށް ދ. ކުޑަހުވަދޫ، ވައިލެޓްގެ އަލްއުސްތާޛާ ރިޒްމީނާ، ތ. ތިލަފުށި ބަސަރާ އަލްއުސްތާޛު އަޙްމަދު އަބްދުލްމަތީން، ސ. ހިތަދޫ، ހަސަންކާރީ އަލްއުސްތާޛު އައްޔާޟު ޝާތިރު އަދި މއ. ޕެންޒީވިލާ އަލްއުސްތާޛާ އާއިޝަތު އަޒްފާ އަބްދުލްޣަފޫރު އައްޔަން ކުރުމަށް ނިންމާފައިވާކަމަށް ޖޭއެސްސީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 48،000ރ. ލިބޭއިރު ސިވިލް ކޯޓުގެ ފަނޑިޔާރުންނަށް މަހަކު 46،500ރ. ލިބިވަޑައިގަންނަވާނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ވެސް ލިބޭނެ އެވެ.

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލިއިރު، ސިވިލް ކޯޓުގެ ދެ ފަނޑިޔާރަކު ދާދިފަހުން ވަނީ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވައިފަ އެވެ. އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުން އަހުމަދު ހައިލަމް ވަނީ ވަކިކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: