ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުޑް ކޯޓުގެ ޔުނިޓަށް ކުއްލި ނުދެއްކި މައްސަލައިގައި ނިހާނުގެ މައްޗަށް ހުކުމެއް!

ފުޑް ކޯޓުގެ ޔުނިޓަށް ކުއްލި ނުދެއްކި މައްސަލައިގައި ނިހާނުގެ މައްޗަށް ހުކުމެއް! - ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ހާބަރު ފުޑް ކޯޓުގެ އައުޓްލެޓެއް ކުއްޔަށް ހިފުމަށް ފަހު ކުލީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ނުދެއްކި މައްސަލައިގައި، ސްޓޭޓް ޓްރޭޑިންގް އޮގަނައިޒޭޝަން (އެސްޓީއޯ) އަށް ނުވަ ލައްކަ ރުފިޔާ ދައްކަން ކުރީގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކުގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

އެސްޓީއޯއިން ނިހާނުގެ މައްޗަށް ދައުވާކޮށްފައިވަނީ ފުޑްކޯޓުގެ “ޔުނިޓް 22” ކުއްޔަށް ހިފުމަށްފަހު ކުލީގެ ފައިސާ ނުދައްކައިގެނެވެ. އެކަމާއި ގުޅިގެން އެސްޓީއޯއިން ދައުވާކުރީ އެތަނުގެ ކުއްޔާއި ޖުރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ހޯދުމަށެވެ. އެސްޓީއޯއިން ކުރި ދައުވާގައި ބުނެފައިވަނީ 2018 އޮގަސްޓް މަހުން ފެށިގެން ނިހާން އެއްވެސް ފައިސާއެއް ދައްކާފައި ނުވާ ކަމަށެވެ. އެސްޓީއޯގެ ދައުވާގައި ވާގޮތުން، ތަނުގެ ކުއްޔާއި ކުރިމަނާއަށް 1.1 މިލިއަން ރުފިޔާ އަރައެވެ.

ފުޑް ކޯޓްގެ ޔުނިޓް 22 އަށް ކޮންމެ މަހަކު 75،945 ދައްކަންޖެހެ އެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ ނިހާން އާއި އެސްޓީއޯއާ ދެމެދު 04 ޖޫން 2018 ވަނަ އަހަރު ވެފައިވާ އެއްބަސްވުމުގެ ދަށުން ފުޑްކޯޓުގެ ޔުނިޓް 22 ނިހާނަށް ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކުއްޔަށް ދީފައިވާކަން އެނގޭ ކަމަށެވެ.

ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެއްބަސްވެފައިވާ ގޮތަށް ދައްކާފައިނުވާތީ އާއި، ކުއްޔާއި މެއިންޓަނަންސް ފީގެ ގޮތުގައި ޖޫން، 6، 2019 ގެ ނިޔަލަށް 893،901.97 ރުފިޔާ އާއި ކުލީގެ ފައިސާ އެއްބަސްވުމާ އެއްގޮތަށް ދައްކާފައި ނުވުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 65،460.28 ރުފިޔާއާ އެކު ޖުމްލަ 959،362.25 ރުފިޔާ ނިހާންގެ ފަރާތުން އެސްޓީއޯއަށް ދައްކަންޖެހޭ ކަމަށް ޝަރީއަތަށް ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.

ސިވިލް ކޯޓުން ނިހާނުގެ ޣައިރު ހާޒިރުގައި އޭނާގެ މައްޗަށް ހުކުމް ކުރީ ހަމަސް ދުވަހުގެ ތެރޭގައި އެ ފައިސާ ކޯޓަށް ދައްކައި ހަލާސް ކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: