ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީން ކޮންމެ އަހަރަކު ކުރިއަށްގެންދާ “ކަށަވަރު” ޕްރޮމޯޝަން ފަށައިފި

އެމްޓީސީސީން ކޮންމެ އަހަރަކު ކުރިއަށްގެންދާ "ކަށަވަރު" ޕްރޮމޯޝަން ފަށައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޓީސީސީން ކޮންމެ އަހަރަކު ކުރިއަށްގެންދާ “ކަށަވަރު” ޕްރޮމޯޝަން ފަށައިފި އެވެ.

އެމްޓީސީސީ ކަށަވަރު ޝޯރޫމުގައި ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮމޯޝަން ފައްޓަވައިދެއްވާފައިވަނީ އެ ކުންފުނީގެ މާކެޓިން އެންޑް ބިޒްނަސް ޑެވެލޮޕްމަންޓް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު ޝިފާއު އަލީ އެވެ. މި ޕްރޮމޯޝަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޕްރޮމޯޝަންގައި އެމްޓީސީސީ ކަށަވަރު ޝޯރޫމްއިން ވިއްކާ ހުރިހާ ސާމާނަކުން ބޮޑެތި ޑިސްކައުންޓުތައް ލިބޭނެއެވެ. އޭގެ ތެރޭގައި ސުޒުކީ އިންޖީނާއި ޔަންމާ، އަދި ސުޒުކީ ސްޕެއާ ޕާޓްސްތަކާއި، އިންޑަސްޓްރިއަލް ގޭހުގެ އިތުރުން ޕީޕީ މެރިން ކޯޓިން އާއި އޮޑި ދީނި ފަހަރަށް ބޭނުންވާ ސާމާނު އޭގެ ތެރޭގައި ހިމެނެއެވެ.

ޕްރޮމޯޝަނުގެ އިތުރު ހަރަކާތްތަކެއް މި މުއްދަތުގެ ތެރޭގައި މާލެ ނޯތު ހާބާގައި ކުރިއަށްދާނެ އެވެ.

ކަށަވަރު ޕްރޮމޯއަކީ އެމްޓީސީސީއިން ކޮންމެ އަހަރުކު ވެސް ކުރިޔަށް ގެންދާ ޕްރޮމޯޝަންއެކެވެ. އެމްޓީސީސީން ބުނެފައިވަނީ ކުންފުނީގެ ޓީމުތަކުން ކުރާ ރީސާޗުތަކުން މާކެޓަށް އަންނަ ބަދަލުތައް ދެނެގަނެވޭކަމަށެވެ. އަދި އޮޑިއެއް ބަނުމަށްފަހު އެ އޮޑިއަށް ބޭނުންވާ އިންޖީނާއި ސާމާނުތައް ހޯދުމަށް އޮޑިވެރިއާ ގިނަ މަސައްކަތްތަކެއް ކުރަންޖެހޭއިރު ގިނަ އޮޑިވެރިނާއި ބައްދަލުކޮށް ދެކެވުނު ވާހަކަތަކުން އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ އިންޖީނާއި އެކު ދެން އެ ހޯދަންޖެހޭ ސާމާނުތައް ހޯދުމުގައި ދިމާވާ ދަތިތަށް ގިނަވެފައިވާ ކަމެވެ.

އެމްޓީސީސީން ބުނެފައިވަނީ މި ޕްރޮމޯޝަނަކީ އެ ކުންފުނީގެ ކޭޝް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށެވެ. އެހެންކަމުން ތަފާތު ކްރެޑިޓް ސްކީމްތައް ބޭނުންކޮށްގެން ވިޔަފާރި ކުރާ މީހުންނަށް މި ޕްރޮމޯޝަނުގައި ބައިވެރި ނުވެވޭނެ އެވެ.

ސިލްސިލާ ގޮތަށް ކޮންމެ އަހަރު ވެސް ކުރިއަށް ގެންދާ ޕްރޮމޯޝަނަށް މިދިޔަ އަހަރު ވެސް ވަނީ އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައެވެ. ރާއްޖޭގެ ދޯންޏެއްގައި އެންމެ ފުރަތަމަ އެޅި އިންޖީނުގެ ފަހުރާއެކު، މިއަދާ ހަމައަށްވެސް މަސްވެރިންނާ އޮޑިވެރިންގެ މެދުގައި އެންމެ މަގުބޫލު އިންޖީނުގެ ގޮތުގައި ފާހަގަކުރެވިފައި ވަނީ އެމްޓީސީސީގެ ޔަންމާ އިންޖީނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: