ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާނެޓް ބޮޑު ޗުއްޓީ ޕްރޮމޯޝަން: ގުރުއަތުން ހޮވޭ ފަރާތަކަށް ކޮންމެ ހަފްތާއަކު އައިފޯން 11 އެއް!

މީޑިއާނެޓް ބޮޑު ޗުއްޓީ ޕްރޮމޯޝަން: ގުރުއަތުން ހޮވޭ ފަރާތަކަށް ކޮންމެ ހަފްތާއަކު އައިފޯން 11 އެއް!
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ އަހަރަކުވެސް މީޑިއާނެޓުން، އެ ކުންފުނީގެ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ “ބޮޑު ޗުއްޓީ” ޕްރޮމޯޝަންގައި ގުރުއަތުން ހޮވުނު ފަސް ފަރާތާއި ވެސް އައިފޯން 11 ހަވާލުކޮށްފައިވާކަމަށް މީޑިއާނެޓްއިން ބުނެފިއެވެ.

މީޑިއާނެޓްއިން ކުރިޔަށް ގެންދާ “ބޮޑު ޗުއްޓީ ޕްރޮމޯޝަން” ފަށާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހުއެވެ. އަދި މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ދާނެއެވެ. ޕްރޮމޯޝަނާއި ގުޅޭގޮތުން މައުލޫމާތުދެމުން ކުންފުނީގެ މާކެޓިން އެންޑް ޕީއާރު އެގްޒެކެޓިވް ޝުވެއިކާ ޝަރީފް، ބުނެފައިވަނީ ކޮންމެ ހަފުތާއަކު ވެސް ގުރުއަތުން ހޮވޭ ފަރާތަކަށް އައިފޯން 11 ލިބިގެންދާނެ ކަމަށާއި ޕްރޮމޯޝަންގައި ބައިވެރިވުމަށް “ވޯންޓް އިޓް އޯލް” ޕެކޭޖަށް ސަބްސްކްރައިބް ކުރަންޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، މީޑިއާނެޓްގެ ފްރަންޓް އޮފީސް އާއި ކުއިކް ޕޭ އަދި ބިސްނަސް ޕާޓްނަރުން މެދުވެރިކޮށް މި ޕެކޭޖަށް ސަބްސްކްރައިބް ކުރެވޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ. އަދި މީޑިއާނެޓްގެ “ވޯންޓް އިޓް އޯލް” ޕެކޭޖުގެ ދަށުން ހުރިހާ ޗެނެލްގެ ޚިދުމަތް ލިބިގެންދާއިރު މިހާރު ޕެކޭޖް އަޕްގްރޭޑް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާކަން ޝުވެއިކާ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ގުރުއަތުން ހޮވޭ ފަރާތް އައިސްޓީވީ މެދުވެރިކޮށް އިޢުލާން ކުރެވޭނެއެވެ. ޝުވެއިކާ ވިދާޅުވީ މި ޕްރޮމޯޝަންގައި މީޑިއާނެޓްގެ ހުރިހާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ ކަމަށެވެ.

މީޑިއާނެޓްގެ ފްރަންޓް އޮފީސް އާއި ކުއިކް ޕޭ އަދި ބިސްނަސް ޕާޓްނަރުން މެދުވެރިކޮށް މި ޕެކޭޖަށް ސަބްސްކްރައިބް ކުރެވޭނެ ކަމަށްވެސް ބުންޏެވެ. އަދި މިހާރުގެ ކަސްޓަމަރުންވެސް “ވޯންޓް އިޓް އޯލް” ޕެކޭޖަށް އަޕްގްރޭޑް ކުރުމުން މި ޕްރޮމޯޝަން ގައި ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެ އެވެ.

މީޑިއާނެޓުން ކޮންމެ އަހަރަކު ވެސް ބޮޑު ޗުއްޓީ ޕްރޮމޯޝަން ބާއްވައެވެ. އެގޮތުން މިދިޔަ އަހަރު ވެސް މި ޕްރޮމޯޝަން ބާއްވާފައިވާއިރު ގުރުއަތުން ހޮވުނު ފަރާތްތަކަށް ކޮންމެ ހަފުތާއަކު M580 ގެ ޑީކޯޑަރެއް ވަނީ ހަދިޔާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: