ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން: ސިޔާސީ ހަޔާތް ކަތިލީ އެމަނިކުފާނު އަމިއްލަފުޅަށް!

ރައީސް ޔާމީން: ސިޔާސީ ހަޔާތް އަމިއްލަފުޅަށް ބަނަކޮށްއްވި ބޭފުޅެއް!
ޝެއާރކޮށްލާ ކަހަލަދޯ؟

އާރާއި ބާރު، އަދި ނުފޫޒުގެ ވާހަކަ ދައްކާނަމަ މި ހުރިހާ ބާރެއް އަމިއްލަ މުށު ތެރެއަށް ލައްވައިގެން ހުރި ބޭފުޅަކަށް ވެގެންދާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. ފަހަރަކު ބާރެއް ދޫވަމުން ގޮސް، މިއަދު އެ އޮންނެވީ ޖަލު ގޮޅީގެ ތެރޭގައެވެ. ވެރިކަމުގެ ބާރުގެ ތެރެއިން، އަމިއްލަ ލެއަަށް ނުބައްލަވާ ބޮޑު ބޭބޭފުޅާއި، ބޮޑު ބޭބެފުޅުގެ ދަރިން ނަގާ ޖަލަށް ގަޅުވާލީވެސް ހަމަ އެ ބާރުގެ ތެރެއިންނެވެ. އެހެން ނަމަވެސް، މިއަދު އެމަނިކުފާނު އޮންނަން ޖެހިފައިވައި މިވަނީ ހަމަ އެއްކަލަ “ތުއްތޮންބެ” ބޭއްވި ގޮޅީގައެވެ. އެއްވެސް އާރެއް، ބާރެއް ނެތެވެ.

2018 ވަނަ އަހަރުގެ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ބޮޑު ބައްޔާއެކު، އެކަން އަނެއް އަތަށް އަނބުރާލަން ކުރި މަސައްކަތް ކޯޓްގެ ތެރެއިން ވެސް ކާމިޔާބު ނުކުރެވުނެވެ.

ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރަކީ، ފަހަރުގައި ތަރައްގީގެ ފަސް އަހަރަށް ވެދާނެއެވެ. އެހެން ނަމަވެސް، އެއީ ލޯމައްޗަށް ދައްކާލި ދަޅައެއްކަމަށް ބަލަމާ ހިނގާށެވެ. ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްތައް ވީ އެތައް ގޮތަކުން އުނދަގޫ އަދި ބިރުވެރި ދުވަސްތަކަކަށެވެ. ކިރިޔާވެސް ބާރުތައް ދޫވާހެން ހީވާ ދަނޑިވަޅެއްގައި ވަލުގައި ހިފާ ވާންކޮށްލައެވެ. މުޅި ބާރުތައް މުށުތެރެއަށްލާ ގައުމު ހިންގަމުން ގެންދެވީ މުވައްސަސާތަކާއި، ޝަރުއީ ކޯޓިތަކުގެ ތެރެއަށް އަތް ބާނައިގެންކަމަށް އާންމު ރައްޔިތުން ބުނެއުޅެއެވެ. އެ ހުރިހާ ކަމެއްވެސް އެމަނިކުފާނު ކުރައްވަމުން ގެންދެވީ މަޖިލީހުގެ ތެރެއިންނެވެ. ސިޔާސީ ގޮތުން އަންނަ ކޮންމެ “ހަސްކާއެއް” ކޮށާ ކުދި ކުދިކޮށްލީ މަޖިލީހުގެ ބާރުގެ ތެރެއިންނެވެ.

މިއަދު ޕީޕީއެމް، ޕީއެންސީއަށް ދެއްކޭނެ މާ ބޮޑު “ސިޔާސީ” ވާހަކައެއް ނެތެވެ. މުޅި ގައުމު ހަމަނުޖެހުންގަނޑެއްގެ ތެރެއަށް ވައްޓާލިއިރު އެ ބޭފުޅުން ތިއްބެވީ އަތް ޖައްސަވާށެވެ. އެޅިހާ ބަތަކަށް ރިހައެވެ. ސިޔާސީ ލީޑަރުންނާއި، ސިޔާސީ ގޮތުން “ނުރައްކަލެއް” ހެން ހީވާ ކޮންމެ ޝަހުސިއްޔަތަކަށް އެ ދުވަހު އޮތީ ޖަލު ގޮޅިއެވެ. “ހަ ފޫޓު، ހަތަރު” ފޫޓުގެ ގޮޅިއެކެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި، ބަންދު ކުރި އިދިކޮޅު ކޯލިޝަންގެ ހަތަރު ލީޑަރުން

ރައީސް ޔާމީންގެ ވެރިމުގައި ގާނޫނު އަސާސީއަށް ބަދަލުތައް ގެންނަމުން ދިޔައީ ފެންތައްޓެއް ބޯލާހާ ފަސޭހައިންނެވެ. އެ ގާނޫނުތަކަކީ އެއީ ހަރުކަށި ގާނޫނުތަކެކެވެ. ރައީސް ޔާމީންގެ ވެރިކަން ވެގެންދިޔައީ ޑިމޮކްރަސީ އާއި ބީރައްޓެހި ހުދުމުހުތާރު ވެރިކަމަކަށެވެ. އަނިޔާވެރި ވެރިކަމެއްގެ ސިއްކަ ޖެހެމުންދިޔައިރު ވެސް، ފަރުވާލެއް ނެތި ރާއްޖޭގެ ސިޔާސީ މަޝްރަހު ގެންދެވީ އިތުރަށް ހަލަބޮލި ކުރައްވަމުންނެވެ.

މި ހުރިހާ ބާރެއް ބޭނުން ކުރަންޖެހުނު ސަބަބު ބަލަން ހިނގާށެވެ. 2015 ވަނަ އަހަރު އޭރުގެ އިދިކޮޅުން ބޮޑު އެއްވުމެއް އިންތިޒާމް ކުރިއެވެ. ސަރުކާރުން އެ އެއްވުމަށް މާބޮޑު އަޅައެއް ނުލައެވެ. އެހެން ނަމަވެސް، އެއްވުން ބޭއްވި ދުވަސްވެގެން ދިޔައީ ރައީސް ޔާމީންގެ ސަރުކާރު ސިއްސުވާލި ދުވަހަކަށެވެ. ރައްޔިތުންގެ ސައިޒު ދައްކާލިއެވެ. އެ އެއްވުން ރައީސް ޔާމީނަށް ވެގެންދިޔައި ބޮޑު ބިރަކަށެވެ. ފަހަރަކު، ބާރެއް މުށު ތެރެއަށް ލާން ފެއްޓެވީ އެހާ ހިސާބުންނެވެ.

ރައްޔިތުންގެ ސައިޒާއި، އަޑު ސަރުކާރާއި ހަމައަށް ގެނައުމަށް ރައްޔިތުން ބޭނުންވީ ނަމަވެސް ރައީސް ޔާމީނެއް އެމަންޒަރު ބައްލަވާކަަށް ބޭނުމެއް ނުވިއެވެ. އެއްވެ އުޅުމުގެ މިނިވަންކަމާއި، ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން މަތީ ޓޭޕުއަޅާ ދަމާލީއެވެ. މިހުރިހާ ކުޅިއެއްގެ ތެރޭ މުވައްސަސާތައް އޮތީ ނިދާފައެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަތައް ނަގާ އެ މުވައްސަސާތައް ރައްޔިތުންނަށް ދިނީ ބީރު ކަންފަތެކެވެ. ރައްޔިތުންގެ ބާރު ކަނޑުވާލާފައިވާ ކަމާއި، އިންސާފެއް މި ގައުމުގައި ނެތް ވާހަކަ ހަރު އަޑުން ގޮވަމުންދިޔައިރުވެސް އޭގެއިން މުވައްސަސާއަކަށް އަޑެއް އިވޭކަމަކަށް ނުވެއެވެ. ކަހާތަން ހިރުވާވެސް ނުލައެވެ.

މަޖިލީހުގެ ތެރެއިން ޖަހާނެ ހާ ސަކަރާތެއް ޖަހަމުން ގެންދެވިރު ގާނޫނެއް، އުސޫލެއް ހަމައެއް ލަމައެއް ނެތެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާއެއްގެ ތެރެއިން

ދެން ރައްޔިތުން މިސްރާބު ޖެހީ އެ ރައްޔިތުންގެ މަންދޫބުން މެދުވެރިކޮށް ދައުލަތާއި، ގައުމުގެ ކަންކަން ހަމަޔަށް އެޅުވުމަށެވެ. މަޖިލީހުގެ ދޮރުގައި ވަރަށް ބާރަށް ގޮސް ރައްޔިތުން ޓަކި ޖެހި އެވެ. އެހެންނަމަވެސް، އެ ދޮރުން އެތެރެވެ، ރައްޔިތުންގެ އަޑު އިއްވުމުގެ ފުރުސަތެއް ފުލުހުންނާއި، ސިފައިންނާއި، މަޖިލީހުގެ ބައެއް މެމްބަރުން ނުދިނެވެ. މިކަމުގައި އަދުލު އިންސާފުގެ ދާއިރާއާއި، މިނިވަންކަމަށްބުނާ ހުރިހާ މުއައްސަސާއެއްވެސް ބައިވެރިވި އެވެ. ސީދާ ރައްޔިތުންގެ ވިސްނުމާ ދެކޮޅަށެވެ.

މިހުރިހާ ކަމެއް އައިސް “ވަށާލީ” ރައީސް ޔާމީނާއިއެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އިސްލާހު ކުރެވުނު ގާނޫނު އަސާސީގެ މާއްދާތަކާއި، ގާނޫނުތަކުގެ މާއްދާތަކަށް ބަދަލު ގެނައުމުން އޭރު އެމްޑީޕީން އެއްވާން ޖެހުނީ ކާނިވާ ސަރަހައްދަށެވެ. ރައީސް ނަޝީދަށް ހުކުމް ކުރުމަށް ފަހުން ދެން އަވަސް އަރުވާލައިގެން ގެނައި އިސްލާހަކީ “ޖިނާއީ ކުށެެއް ސާބިތުވާ މީހުންނަށް ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް” ނުތިބެވޭ ގޮތް ހެދުމެވެ.

އެހެން ކަމުން، ރައީސް ޔާމީނަށް ތާއީދު ކުރާ ފަރާތްތަކުން ޖެހޭނީ ހަމަ، ކާނިވާ ސަރަހައްދުން ފުއްދާލާށެވެ. ކިތަންމެ ބާރުލާފައި ރައީސް ޔާމީނަކީ ޕާޓީގެ ރައީސް ކަމަށް ބުންޏަސް، އެއީ ޕާޓީގެ ރައީސެއް ނޫނެވެ. ތަނަކަށް އެއްވަންޏާ “ހައްޖަށް” ދާށެކޭ އަޅުގަނޑެއް ނުބުނާނަމަވެ.

އިދިކޮޅުން ޕާޓީ އޮފީހުގެ ކުރިމަތީ ކުރިޔަށް ގެންދާ ސިލްސިލާ އިހުތިޖާޖުގެ ހަރަކާތްތައް

މިއަދުވެސް ހުސް ބޭކާރު ކަންކަން ތިކުރަނީ، ރިޔާސީ އިންތިހާބަށްފަހު ދެ ދޮރުދޭތެރޭ ޖެއްސި ގޮތަށެވެ. އޭރުވެސް ޕާޓީގެ ކުދިންކޮޅެއްގެ އަތައް މައިކު ދޫކޮށްލީމަ ކަރުގެ ހަންދާވަރަށް ހަޅޭއްލެވީއެވެ. ލީޑަރުން ތިއްބެވީ ދުފާ ރަތްކޮށްލައިގެން ސޯފާގައެވެ. މިއަދުވެސް ހަމަ އެ އުސޫލެވެ. ލީޑަރުން ހަތަރު ފާރުން އެތެރޭގައި ވާހަކަ ދައްކާ ނިންމާފަ، ޕާޓީ ކުދިންކޮޅު މަގުމައްޗަށް ދޫކޮށްލަނީއެވެ.

ހަގީގަތަކީ، މަގުމަތީ ހަރަކާތެއް ކުރިޔަށް ގެންދިއުމުގެ ހިއްވަރެއް ޕީޕީއެމްގެއެއް ނެތް ކަމެވެ. ހަމައެކަނި، ޕޯޑިއަމްއަކުން ގަދަވެގެން މިކަން ނިންމާލެވޭކަށް ވެސް ނެތެވެ.

ނިކަން މޮޅު ކޮންމެ ވެރިކަމަކީ މަތިން ދެއްވާނެ ގަދަ ބާރެއް! ކަން ހަނދާނުގައި ބަހައްޓާށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: