ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ބޯޑަރުތަކުގައި ބެހެއްޓިފައި ހުރި ސިސްޓަމްތައް ވަނީ ވަރުގަދަ ކުރެވިފައި: މަލީހު

ރައީސް ސޯލިހާއި، މަލީހު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ބޯޑާ ސިސްޓަމް ވަރުގަދަކޮށް، ހުރިހާ ސާމާނެއް ރާއްޖެ ގެނެސްފައިވާނެ ކަމަށާއި ހިދުމަތް ދިނުމުގައި އެއްވެސް ހުރަހެއް ނާންނާނެ ކަމުގެ ޔަގީންކަން މިހާރު އެބައޮތްކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

“ސަންގުޓީވީ”ގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މަލީހް ވިދާޅުވީ، މިނިސްޓްރީގެ މަސައްކަތްތަކާއި އެޖެންޑާ ހަގީގަތުގައި ވަރަށް ވަރުގަދަ ކަމަށެވެ. މަލީހު ވިދާޅުވީ މިނިސްޓްރީގެ މަސައްކަތާއި އެންމެ ފުރަތަމަވެސް ހަވާލުވީ ދުވަހު، މުވައްޒަފުންގެ ކަންބޮޑުވުމަކަށް އައީ، ރާއްޖޭގެ ބޯޑަރުތަކުގައި ބެހެއްޓިފައި ހުރި ސިސްޓަމްތައް ޑައުންވާ ހާލަތެއްގައި، އެ އަނބުރާ ޖެއްސޭނެ ކަމެއް ނުވަތަ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ނެތުން ކަމަށެވެ. ފަތުރުވެރިކަމުގެ ވުޒާރާއާއި ބޯޑުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅަކަށް ވާތީ، ރާއްޖޭގެ އިގްތިސޯދު ފަތުރުވެރިކަމަށް ބަރޯސާވެފައިވާ މިންވަރަށް ބަލާއިރު އެ ކަންބޮޑުވުމަށް ވީހާވެސް އަވަހަށް ފިޔަވަޅު އަޅަންޖެހޭކަން ވިސްނިވަޑައިގަތް ކަމަށެވެ.

މަލީހު ވިދާޅުވީ، ވީހާވެސް އަވަަހަށް މިނިސްޓްރީގެ ފަރާތުން އެ މައްސަލަ ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ. އަދި ފޮރިން މިނިސްޓްރީއާއި ކަމާއި ބެހޭ އިދާރާތްތަކަށް އެ މައްސަލައިގެ ނާޒުކު މިންވަރު ހިއްސާ ކުރައްވާފައިވާނެ ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ބޮޑު އެއްބާރުލުމެއް ލިބި، އެމެެރިކާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ބޯޑަރުގައި ބެހެއްޓިފައި ހުރި، މުޅި ބޯޑާ ކޮންޓްރޯލް ނިޒާމްގެ ހުރިހާ ސޮފްޓްވެއާ އަކާއި، ހާޑްވެއާއެއް އެއްކޮށް މުޅިން އޯވާހޯލްކޮށްފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިއީ ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ. ސިސްޓަމްތައް ބަދަލު ކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް އެމެރިކާއިން އެއާފްރައިޓް ކުރިއިރު، އެ ގައުމުން ހާއްސަ ޓީމެއް އައިސް، ރާއްޖޭގެ ކަމާއި ބެހޭ އިދާރާތްތަކުގެ ޓީމުތަކާއި ގުޅިގެން މުޅި ސިސްޓަމް އެންމެފަހުގެ ފެންވަރަށް ބަދަލުކޮށްފައިވާ ކަމަށެވެ.

“އަޅުގަނޑުމެންނަށް މިއަދު ޔަގީންކަން އެބައޮތް، އަޅުގަނޑުމެންގެ ބޯޑަށް ހުއްޓުމެއް ނާންނާނެކަން. އަންނަ ޓޫރިސްޓުންނަށް ދޭ ހިދުމަތްތަކަށް ހުއްޓުމެއް ނާންނާނެކަން”

ދާއިރާއަށް ބަލާއިރު މުހިންމު ވައުދުތަކާއި އެކު ވަރަށް ގިނަ ރީފޯމް އެޖެންޑާއެއް އެބައޮތްކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މަލީހު ވަނީ، ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާ އެހެން ހަރުފަތަކަށް ގެނައުމަށް ގާނޫނުތަކެއް ބޭނުންވާ ކަމަށެވެ. އެހެން ނަމަވެސް، ގާނޫނީ ގޮތުން ރަނގަޅު ފްރޭމްވޯކެއް ލިޔެވިފައި ނެތުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި މަލީހު ވިދާޅުވިއެވެ.

ގާނޫނީ ގޮތުން ދިމާވާ ހުރަސްތައް، ނުވަތަ އެ ފްރޭމް ވޯކް ގާއިމް ކުރުމަށްޓަކާ ޓެކްނޮލޮޖީ މިނިސްޓްރީ އާއި، އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ޑްރާފްޓުކޮށްފައިވާ “އިލޮކްޓްރޯނިކް ޓްރާންސެކްޝަން” ބިލާއި ގުޅޭގޮތުން މަލީހު ވިދާޅުވީ އެ ބިލު އަންނަ އަހަރުގެ ކުރީކޮޅު ހުށަހެޅިގެން ދާނެ ކަމަށެވެ. މަލީީހު ވަނީ ޑިޖިޓަކް ގާނޫނު ނުވަތަ ސައިބާ ލޯ ވެސް ފާހަގަކުރައްވާފައެވެ. އަދި އެ ގާނޫނުގެ ބޭނުމަކީ ރާއްޖެ ބޭނުންވާ ޑިޖިޓަލް ރާއްޖެއަކަށް ގެނެސްދިނުންކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މަލީހު ވިދާޅުވީ ވިދާޅުވީ، ރާއްޖެ އަށް ލިބޭ ތަރައްގީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ، ޓެލެކޮމިއުނިކޭޝަންގެ ދާއިރާއިން ލިބިފައިވާ ކުރިއެރުންތަކުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: