ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯކް ސަބާއާއި ރައްޔިތުންގެ މަޖިލީހާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރައްވައިފި

ލޯކް ސަބާއާއި ރައްޔިތުންގެ މަޖިލީހާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރައްވައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ޤާނޫނުހަދާ މަޖިލީހުގެ ތިރީގެ ލޯކް ސަބާއާއި ރައްޔިތުންގެ މަޖިލީހާއި ދެމެދު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ ނުވަތަ އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

“އެގްރީމެންޓް ފޯ ކޯޕަރޭޝަން ބިޓްވީން ލޮކަސަބާ އޮފް ދަ ރިޕަބްލިކް އޮފް އިންޑިއާ އެންޑް ދަ ޕީޕަލްސް މަޖިލިސް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް” ގެ ނަމުގައި ގާއިމު ކުރާ އެއްބަސްވުމުގައި ސޮއިކުރުމަށް މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އިއްތިފާގުންނެވެ.

އެ އެމްއޯޔޫގައި ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ސޮއިކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. އަދި ލޯކް ސަބާގެ ފަރާތުން ސޮއިކުރެއްވީ ލޯކް ސަބާގެ ރައީސް، ޝްރީ އޯމް ބިރްލާއެވެ.

އެ އެއްބަސްވުމުގެ ދަށުން މަޖިލީހުގެ އިދާރާގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ތަމްރީނާއި ފަންނީ ފުރުސަތުތައް ފަހި ކުރުމަށް ދެ ގައުމުގެ މަޖިލީހުން ގުޅިގެން ރަސްމީ އޮނިގަނޑެއް ވެސް އެކުލަވާލުމަށް ހަމަޖެހިފައިވާކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިހާރު އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކީ ރާޖްޔާ ސަބާގެ ޗެއަމަން، ޝްރީ މ. ވެންކައިއަ ނައިޑު އަދި އިންޑިއާގެ ޤާނޫނު ހަދާ މަޖިލިސްގެ ތިރީގެ، ލޮކް ސަބާގެ ރައީސް، ޝްރީ އޯމް ބިރްލާގެ ދައުވަތަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މެންބަރުން ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ވަފުދުގެ ބޭފުޅުންވަނީ މަހަތްމާ ގާންދީގެ ހަދާނީ ބިނާއަށް ވެސް ވަނީ ޒިޔާރަތްކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲއާއި މެދުހެންވޭރު ދާއިރާގެ މެންބަރު އާލީ އާޒިމާއި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްއާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުއާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމްއާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމާއި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްއާއި ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު، ފާތިމަތު ނިޔުޝާއާއި އަދި ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް، ފާތިމަތު ފިލްޒާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: