ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސް ހާޑްވެއާއަށް 8 އަހަރު ފުރުން: ހަތަރު ޑެސްޓިނޭޝަން އަކުން ބޭނުން ގައުމަކަށް ދިއުމުގެ ފުރުސަތު!

އަހަރީ ދުވަހާ ގުޅިގެން އޭސް ހާޑްވެއާއިން 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ
ޝެއާރކޮށްލާ ކަހަލަދޯ؟

އޭސް ހާޑްވެއާގެ އަށް ވަނަ އަހަރީ ދުވަހާ ގުޅިގެން 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަން ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިޔަށް ގެންދާނެކަމަށް އެ ފިހާރައިން ބުނެފިއެވެ.

ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކުރިޔަށް ގެންދާ އެ ޕްރޮމޯޝަނާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުން އޭސް ހާޑްވެއާގެ މާކެޓިން އެގްޒެކެޓިވް އަލީ ރަޒާން ވިދާޅުވީ ޕްރޮމޯޝަންގައި، ސްކޫލު ކުދިންނަށް ބޭނުންވާ ތަފާތު އެކި ސާމާނު، ގޭތެރެ ޒީނަތްތެރި ކުރުމަށް ބޭނުންވާ ސާމާނާއި، ހާޑްވެއާ ސާމާނު އަދި އޭސްހާޑްވެއާގެ ފާހަގަކޮށްލެވޭ އެކި ސާމާނުތަކުން ޑިސްކައުންޓު ލިބޭނެ ކަމަށެވެ. ޕްރޮމޯޝަން އޭސް ހާޑްވެއާގެ ހެންވޭރު އަދި މާފަންނުގެ ފިހާރައިގައި ވެސް ކުރިއަށްދާނެ އެވެ.

ޕްރޮމޯޝަންގައި އާއްމުގެ ފަރާތުން އެންމެ ބޮޑު ސަމާލުކަމެއް ލިބިގެންދަނީ ސްކޫލު ކުދިންގެ ސާމާނުތަކަށެވެ. އެއީ އިންޓަވަލް ބޮކްސް އާއި ފެންއަޅާ ފުޅިތަކެވެ. ތަަފާތު އެކި ޑިޒައިންތަކަށް ތައްޔާރުކޮށްފައިވާ އެ ފުޅިތަކުގެ އަގު ޕްރޮމޯޝަންގައި ވަރަށް ބޮޑަށް ވަނީ ދަށްކޮށްފައެވެ.

ސްކޫލް ކުދިންނަށް ބޭނުންވާ ފެން އަޅާ ފުޅިތައް

ރަޒާން ވަނީ، އޭސް ހާޑްވެއާއިން ވިއްކާ ޑަސްބިން ނުވަތަ “ހޯމް ޕްލަސް، ސްޓެޕް ކޭން” ގެ ހާއްސަ އޮފާތަކެއް ހުޅުވާފައިވާކަން ފާހަގަކުރައްވާފައެވެ، އެގޮތުން، 599 އަށް އެއް ބިން ގަތުމުން ކަސްޓަމަރަށް އިތުރު ދެ ބިން މުޅިން ހިލޭ ލިބިގެންދާނައެވެ. މި ޕްރޮމޯޝަން ކުރިޔަށް ގެންދަނީ “ބައި ވަން، ގެޓް ޓޫ ފްރީ” ގެ ދަށުންނެވެ.

އޭސް ހާޑްވެއާއިން ވިއްކާ ހޯމް ޕްލަސް، ސްޓެޕް ކޭން

މީގެ އިތުރުން ރަޒާން ވިދާޅުވީ، ޕްރޮމޯޝަންގެ އިތުރުން ފިހާރައިން ކަސްޓަމަރުން ކުރާ ވިޔަފަރިތަަކަށް ހާއްސަ ގުރުއަތު ނެގުމެއް ބާއްވާނެ ކަމަށެވެ. އެގޮތުން ކަސްޓަމަރުންނަށް އޭސް ހާޑްވެއާއިން ދޭ ހަތަރު ޑެސްޓިނޭޝަންއެއްގެ ތެރެއިން ބޭނުން ގައުމަކަށް ދަތުރު ކުރެވޭނެއެވެ. ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އޭސް ހާޑްވެއާ ފިހާރައިން ވިޔަފާރި ކުރާ ކަސްޓަމަރުންގެ ތެރެއިން 300ރ. އިން މަތީގެ ވިޔަފާރި ކުރާ ފަރާތްތަކަށެވެ. އެގޮތުން ގުރުއަތުން ހޮވޭ މީހަކަށް ކުއަލަ ލަމްޕޫރާއި، ބާލީ އާއި ދުބާއީ އަދި ބެންކޮކްގެ ތެރެއިން ބޭނުންވާ ތަނެއްގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ. މި ދަތުރުގައި ދެ މީހުންނަށް ތިން ދުވަހުގެ ހުރުމާއި ޓިކެޓް އޭސް ހާޑްވެއާއިން ދޭނެ އެވެ.

ރަޒާން ވަނީ، އޭސް ހާޑްވެއާއިން ކުރިޔަށް ގެންދާ ސޯޝަލް މީޑިއާ ކެމްޕެއިން ވެސް ފާހަގަކުރައްވާފައެވެ. އެގޮތުން ޕްރޮމޯޝަންގައި ބައިވެރިވުމަށް އޭސްހާޑްވެއާގެ ފޭސްބުކް ޕޭޖްގެ ލައިކް އެންޑް ކޮމެންޓު ޕޯސްޓަށް ރައްޓެހިންތައް ޓެގް ކުރެވޭނެއެވެ. ރަޒާން ވިދާޅުވީ އެ ޕްރޮމޯޝަންގައި ހޮވޭ ނަސީބުވެރި ފަރާތަކަށް 8،000 ރުފިޔާގެ ގިފްޓް ވައުޗާއެއް ލިބޭނެ ކަމަށެވެ.

އޭސް ހާޑްވެއާއިން 300 ރުފިޔާއިން މަތިން ވިޔަފާރި ކުރައްވައިގެން ހަތަރު ޑެސްޓިނޭޝަންއަކުން ބޭނުން ގައުމަކަށް ދިއުމުގެ ފުރުސަތު

2011 ގައި ރާއްޖޭގައި އުފެދުނު އޭސް ހާޑްވެއާރ އަކީ އޭސް އިންޓަނެޝަނަލް ޗިކާގޯ ޔޫއެސްއޭ އާއި އެކު ފްރެންޗައިސް އެގްރިމެންޓެއްގެ ދަށުން ސާރކް ރީޖަންގައި ހުޅުވުނު ފުރަތަމަ ފިހާރަ އެވެ. މިދިޔަ އަހަރުތަކުގައިވެސް އޭސް ހާޑްވެއާރ އިން މި ފަދަ އަގުހުރި އިނާމްތަކާއިއެކު ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: