ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޝްހޫރު ވެބްސައިޓް، “ޓްރިޕް އެޑްވައިޒާ” އާއި އެކު، އެމްއެމްޕީއާރުސީން ޚާއްސަ ކެމްޕެއިނެއް!

ކުރިއަރާފައިވާ ވެބްސައިޓް، "ޓްރިޕް އެޑްވައިޒާ" އާއި އެކު ހާއްސަ ކެމްޕެއިނެއް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން އެމްއެމްޕީއާރްސީއިން ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަރާފައިވާ ވެބްސައިޓް، “ޓްރިޕް އެޑްވައިޒާ” އާއި އެކު ހާއްސަ ކެމްޕެއިނެއް ފަށައިފިއެވެ.

އިނގިރޭސިވިލާތް، ސައުދީ އަރަބިއްޔާ، ރަޝިއާ، އިންޑިއާ، އިޓަލީ އަދި ޗައިނާގެ މާކެޓަށް ހާއްސަކޮށްގެން ކުރިޔަށް ގެންދާ އެ ކެމްޕެއިނާއި ގުޅޭގޮތުން އެމްއެމްޕީއާރުސީން ބުނެފައިވަނީ މިކެންޕެއިންގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުމަށްޓަކައި ޓްރިޕް އެޑްވައިޒާ ވެބްސައިޓްގައި އިޝްތިހާރު ކުރާނެ ކަމަށެވެ. މި ޕްރޮމޯޝަންގެ ދަށުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ދުވަސްވަރު ކުރިޔަށް ގެންދެވޭނެ ތަފާތު ކަންތައްތައް ފަތުރުވެރިންނާއި ހަމައަށް ގެނެސްދެވޭނެ އެވެ، އަދި ރާއްޖެއަކީ ފަތުރުވެރިކަމުގެ އެންމެ މުހިންމު މަންޒިލު ގޮތުގައި ޕްރޮމޯޓު ކުރެވޭނެއެވެ.

ޓެރިޕް އެޑްވައިޒާ ފާހަގަކުރެވިފައިވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ޓްރެވެލް ވެބްސައިޓުގެ ގޮތުގައެެވެ. އެގޮތުން މި ވެބްސައިޓުގައި ފަތުރުވެރިކަމުގެ ހިދުމަތްދޭ ގެސްޓު ހައުސްތަކާއި، އަދި ފަތުރުވެރިންނަށް ހިދުމަތްދޭ އެހެން ކުންފުނިތައް އަދި ރިސޯޓުތަކާއި ބެހޭ ރިވިއުތައް ހިމެނޭނެއެވެ. ޓްރިޕް އެޑްވައިޒާއިން ދުނިޔޭގެ އެކި ގައުމުތަކުގެ ހޮޓެލްތަކާއި، ރެސްޓޯރަންޓް އަދި އެހެން އެކި ހިދުމަތްތަކާއި ބެހޭ މައުލޫމާތު ލިބޭނެއެވެ. އަދި އެ މީހަކު ދާން ބޭނުންވާ މަންޒިލެއްގެ އެންމެ ފަހުގެ މައުލޫމާތުތަކާއި، ޕެކޭޖުތައް އަދި ތަނަށް ޒިޔާރަތްކޮށްފައިވާ އެހެން މީހުންގެ ހިޔާލުވެސް ބެލޭނެއެވެ.

މި ހުރިހާ ކަންތަކަށް ރިޔާއަތްކޮށް އެމްއެމްޕީއާރުސީން ބުނެފައިވަނީ ކެމްޕެއިންގެ ޒަރިއްޔާއިން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އެ ކުންފުނިން މިއަހަރު 17 ޖޮއިންޓް ކެންޕެއިނެއް ކުރިއަށް ގެންގޮސްފައިވާއިރު، 23 މާކެޓަކަށް އަމާޒުކޮށްގެން ފެއާތަކާއި ރޯޑް ޝޯ އަދި ގްލޯބަލް ކެމްޕެއިންގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރު ކުރުމަށްޓަކައި، ޒަމާނާ އެއްގޮތަށް ޑިޖިޓަލް ޕްލެޓްފޯމް ތަކުގައިވެސް އިޝްތިހާރުކޮށް މިހާރު ވެސް ދަނީ އެމަސައްކަތް ކުރަމުންނެވެ.

ރާއްޖެ އަށް މި އަހަރު 1.5 މިލިއަން ޓޫރިސްޓުން ގެންނަން ކަނޑައެޅި ލަނޑުދަނޑި މިދިޔަ މަހުގެ ނޮވެމްބަރު މަހުގެ ކުރީކޮޅު ވަނީ ހާސިލުކޮށްފައެވެ. އެމްއެމްޕީއާރުސީން ވަނީ މި އަހަރު ނިމޭ އިރު ރާއްޖެއަށް 1.6 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން އަންނާނެ ކަމަށް ބުނެފައެވެ. ރާއްޖެއަށް 1.5 މިލިއަން ވަނަ ޓޫރިސްޓު އައުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ މި އަހަރަށް ކަނޑައެޅި އަދަދު ހާސިލުވެ، އިތުރުވެފައިވާ ކަން ފާހަގަކުރައްވައި ދެ މިލިއަނުގެ ޓާގެޓް ހާސިލްކުރަން މަސައްކަތްކުރާނީ ދެ އަހަރު ދުވަހުން ކަމަށް ވިދާޅުވެފައެވެ. އެގޮތުން ދައުރު ނިމުމުގެ ކުރިން ރާއްޖެ އަށް އަހަރަކު 2.5 މިލިއަނަށް ޓޫރިސްޓުން އަންނަ މިންވަރަށް ޓޫރިސްޓުން އިތުރު ކުރުމަކީ އަމާޒެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: