ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

70 ކިލޯ މަސްތުވާތަކެތީގެ މައްސަލަ: އީރާނުގެ މީހުންނާއި އެކު ދައުވާކުރަނީ އިސްކޮށް އުޅުނުކަމަށް ބުނާ ދިވެހި މީހާއަށް!

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އޮކްޓޯބަރު މަހު އަތުލައިގަތް އީރާނުގެ ބޯޓުގެ މައްސަލައިގައި ހިމެނޭ މީހުން - ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

އީރާނުގެ ބޯޓެއް ކަމަށްވާ އިސްމާއިލީ ބޯޓުން މަސްތުވާތަކެއްޗާއެކު މިދިޔަ އޮކްޓޯބަރު މަހު ހައްޔަރުކުރި މީހުންގެ ތެރެއިން އެންމެ އިސްކޮށް ހުރިކަމަށް ތުހުމަތުކުރާ ދިވެހި މީހާ ފިޔަވައި އެހެން ދިވެހިން ދޫކޮށްލައިފި އެވެ.

ފުލުހުން ބުނެފައިވާ ގޮތުން މި ބޯޓު ހިފެހެއްޓާފައިވަނީ ހއ. ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 172 މޭލު ބޭރުން، ރާއްޖޭގެ ހާއްސަ އިގްދިސޯދީ ކަނޑުގެ ސަރަހައްދުންނެވެ. އެ ބޯޓު ރާއްޖެއާ ކައިރި ސަރަހައްދެއްގައި މަސްތުވާތަކެތި ހިފައިގެން އުޅޭކަމުގެ މައުލޫމާތު ކޯސްޓްގާޑާ ހިއްސާ ކޮށްފައިވަނީ އިންޑިއަން ކޯސްޓްގާޑުން، އޮކްޓޫބަރު މަހުގެ 1 ގައެވެ. އީރާނުގެ ބޯޓާއި އެ ބޯޓު ކައިރިއަށް ދިޔަ ރާއްޖޭގެ މަސް ދޯނި އަތުލައިގަތީ އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހުގެ ރޭ، ސްރީ ލަންކާ އާއި ރާއްޖޭގެ ކޯސްޓް ގާޑާއި ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ.

އީރާނުގެ ބޯޓުން މަސްތުވާތަކެތި ފެނުނު މައްސަލައިގައި ހިމެނޭކަމަށް ތުހުމަތުވާ މީހުންގެ މައްޗަށް ދައުވާ އުފުލުމަށް އެދި ފޮނުވާފައިވަނީ މި މަހުގެ 6 ގައެވެ. މި މައްސަލަައާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އީރާނުގެ ބޯޓުން މަސްތުވާތަކެތި ފެނުނު މައްސަލައިގައި ތުހުމަތު ކުރެވޭ މައިގަނޑު މީހުން ފިޔަވައި ދެން ތިބި ހުރިހާ ދިވެހިން ދޫކޮށްލާފައިވާ ކަމަށެވެ.

މި އީރާނުގެ ބޯޓު ހިފަހައްޓާފައިވަނީ ބޯޓު އޮޔާ ދަނިކޮށެވެ. ގަވައިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އެ ބޯޓު ހަރަކާތްތެރިވާތީ ސިފައިންނާއި ފުލުހުން ބޯޓު ފާސްކުރިއިރު މަސްތުވާތަކެތި ފެނިފައިވެ އެވެ. ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށް މަސައްކަތް ކުރަނިކޮށް އަތުލައިގަތް އީރާނުގެ “އަލްޝަބާން” ބޯޓުން 70 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ.

އެކަމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ސ.ހިތަދޫ، ކޯޒީ ކޯނާ، އަލީ އަންވަރު މުހައްމަދު 35، އާއި ކ. ދިއްފުށި މާތިލަ، އަހްމަދު ޝަކީބް 42، އަދި ލ. ގަން ތުނޑި މިލާނޯ، މުހައްމަދު ރިޝްފާން 23، އެވެ. ފުލުހުން ބުނެފައިވާގޮތުން ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން، ކުށުގެ ރެކޯޑު އޮތީ އަންވަރުގެ އެކަންޏެވެ. އެއީ ވައްކަން ކުރުމުގެ ކުށުގެ ރެކޯޑެވެ.

އީރާނު ބޯޓުގެ ކައިރިއަށް ދިޔަ ރާއްޖޭގެ “ހެދޭކުރި” ދޯނީގެ ކެޕްޓަނާއި ފަޅުވެރިން ވެސް މައްސަަލައިގެ ތެރޭގައި ހިމެނެއެވެ. އެއީ ކ. ދިއްފުށި، އިރުމަތީގޭ އާދަމް މިސްބާހް 39، އާއި ލ. ގަން ތުނޑި، އީޓް ޖެހިގޭ މުހައްމަދު އިނާޝް 22، އާއި ބަންގްލަދޭޝްގެ ދެ މީހެއް ކަމަށްވާ އަލީ އަހްމަދު 24 އަދި ތުހުން 36، އެވެ. މި މީހުންގެ ތެރެއިން ކުށުގެ ރެކޯޑް އޮތީ މުހައްމަދު އިނާޝްގެ އެވެ. އެއީ ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮޮށްގެން މާރާމާރީ ހިންގުމާއި މަސްތުވާތަކެއްޗާ ގުޅޭ ކުށުގެ ރެކޯޑެވެ.

އީރާނު ބޯޓުގައި ތިބި އެންމެންނަކީ ވެސް އެގައުމަށް ނިސްބަތްވާ މީހުންނެވެ. އެއީ ފަކީރު 50، އާއި އިސްމާއީލް އިބްރާހީމް 50، އާއި ސާޖިދު 50، އާއި ނަވިދު 30، އާއި އީސާ ސުލައިމާން 26 އަދި އަލީ ރާޖާ 19 އެވެ.

ބޯޓު ހިފެހެއްޓުމަށްފަހު އެ ހަތް މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ހަމަވުމުނމުއްދަތު އިތުރު ކުރުމަށް ކުރިމިނަލް ކޯޓަށް ގެންގޮސްފައިވަނީ، މިއަދުއެވެ. އެހެން ނަމަވެސް ކުރިމިނަލް ކޯޓުން ނިންމީ އެމީހުން ބަންދުން ދޫކޮށްލުމަށެވެ. އެގޮތަށް އެ ކޯޓުން ނިންމީ ކަފާލާތުގެ ދަށުނ ޝަރުތުތަކާއެކު އެވެ. އެމީހުން ކަފާލާތުގެ ދަށުން ދޫކޮށްލީ ގއ. ވިލިނގިލީ ލައިޓްހައުސް ޝަހީބު އިބްރާހިމް ޖާމިނުވުމުންނެވެ.

ފުލުހުން ބުނެފައިވާގޮތުން ބޭރުގެ އުޅަނދުން މަސްތުވާތަކެތި ނެގުމަށްޓަކައި ރާއްޖޭގެ އުޅަނދެއް ވެސް ހަރަކާތްތެރިވާކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން، ހިންގި އޮޕަރޭޝަންގައި ބޭރުގެ ބޯޓާއ އެކު ރާއްޖޭގެ އުޅަނދެއްކަމުގައިވާ “ހެދޭކުރި -7” ނަމަކަށް ކިޔާ މަސްވެރިކަންކުރާ ދޯންޏެއްވެސް ހިފެހެއްޓިއެވެ. ބޯޓުން ފެނުނު މަސްތުވާތަކެތީގެ އަގު ގާތްގަނޑަކަށް 59.2 މިލިއަން ރުފިޔާއަށް އަރާނެކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

މިދިޔަ މެއި މަހު ރާއްޖޭގެ ސަރަހައްދުގެ ތެރެއިން ގިނަ އަދަދެއްގެ ޑްރަގާއެކު އިރާނުގެ ބޯޓެއް އަތުލައިގެންފައިވާއިރު، 2014 ވަނަ އަހަރުވެސް ކަނޑުމަގުން ރާއްޖެ ސަރަހައްދަށް އެރުވި 24 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ހިމެނުނީ އިރާނުގެ ބޯޓެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: