ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރުކަށި ވިސްނުން ފަތުރާކަމަށް ބުނެ، ތިން އިލްމުވެރިއަކަށް ސަސްޕެންޝަން!

ހަރުކަށި ވިސްނުން ފަތުރާކަމަށް ބުނެ، ތިން އިލްމުވެރިއަކަށް ސަސްޕެންޝަން!
ޝެއާރކޮށްލާ ކަހަލަދޯ؟

ހަރުކަށި ވިސްނުން ފަތުރާކަމަށް ތުހުމަތުކޮށް ތިން ދީނީ އިލްމުވެރިއަކު ސަސްޕެންޑުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން އެ ތިން އިލްމުވެރިން ސަސްޕެންޑުކޮށްފައިވަނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުއާއި އަދި އެ ގާނޫނޫގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ދަށުންނެވެ.

އެގޮތުން މިނިސްޓްރީއިން ވަނީ ނ. ޅޮހި، މަނަދޫގޭ އަބްދުއްރަހީމް މުހައްމަދު، ސ. މީދޫ ދެކުނުގެ ޖައުފަރު ފާއިޒުގެ އިތުރުން ގދ. ތިނަދޫ ރެޑްސީ މުހައްމަދު ހަސަންގެ ދީނީ ތަގުރީރު ކުރުމާއި، ވައުޒު ބުނުމަށް އެ މިނިސްޓްރީން ދީފައިވާ ހުއްދަ ހިފަހައްޓާފައިވާއެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ކުއްލި ގޮތަކަށް ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އަބްދުރަހީމް މުހައްމަދު އަދި ޖައުފަރު ފާއިޒަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓާފައިވަނީ އާންމުންގެ މެދުގައި ދީނީގޮތުން ބައިބައިވުން އުފެއްދުމާއި ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތަކަށް މަގުފަހިވާ ގޮތަށް ދީނުގެ ނަމުގައި ވާހަކަދެއްކުމާއި އަދި ރާއްޖެއިން ބޭރުގައި ހިނގަމުންދާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް ހިތްވަރު ލިބޭނެހެން ވާހަކަދައްކަމުން އަންނާތީ

އަދި މުހައްމަދު ހަސަނަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓާފައިވަނީ އިސްލާމްދީނުގެ ދަންނަބޭކަލުންގެ މެދުގައި ހިލާފް އުފެދިފައިވާ މައްސަަލަތަކާއި ބެހޭގޮތުން މުޖްތަމައުގައި ބައިބައިވުމާއި ފިތުނަ ފަސާދައަށް މަގފަހިވާނެހެން ވާހަކަދެއްކުމާއި، ދީނީ އިލްމުވެރިންނާމެދު ހަގީގަތާއި ހިލާފް ވާހަކަތައް ފެތުރުމާއި، ދަންނަބޭޖަލުންގެ އިޖްމާއުން އެނގެން ނެތް ކަންކަމުގައި ތިމާ އަމިއްލައަށް ދެކޭގޮތަކީ އިސްލާމްދީނުގައި ހަމައެކަނި އޮތްގޮތް ކަމުގައި ހަދައި، އެ ގޮތަށް ބާރުއަޅައި ވާހަކަ ދެއްކުމާއި އަދި މި މޭރުމުން ސޯޝަލް މީޑިއާގައި މައުލޫމާތު ފަތުރަމުންދާތީ އެކަން އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް އައުމުންކަމަށެވެ.

ސަސްޕެންޑު ކުރި ދީނީ އިލްމުވެރިންނަކީ، އެބޭފުޅުންގެ ދަރުސްތައް ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ޝާއިރު ކުރާ ބޭފުޅުންނެވެ.

ހަރުކަށި ފިކުރު ފަތުރާ ކަމަށް ތުހުމަތުކޮށް ތިން އިލްމުވެރިއަކު ސަސްޕެންޑް ކޮށްފައިމިވަނީ ހަރުކަށި ފިކުރާއި ދެކޮޅަށް ވަރުގަދަ މަސައްކަތްތަކެއް ކުރަމުންދާކަން ސަރުކާރުން ހާމަކޮށްފައި ވަނިކޮށެވެ.

އެގޮތުން ދާދި ފަހުން ފެންމަތިވެގެން އައި އެއް މައްސަލައަކީ ރާއްޖޭގައި ހައްދުފަހަނަޅާފައިވާ ފިކުރު ވަރަށް ބޮޑަށް ފެތުރިފައ ވާކަމަށާއި އެމީހުންގެ ވިސްނުން ހުރީ މީހުންނަށް ގެއްލުން ދިނުމަށް ކަމަށް ސަލާމަތީބާރުތަކުން ހާމަކުރުމާއި ގުޅިގެންނެވެ.

އަދި މީގެ ދެ އަހަރު ކުރިން ވައިގެ މަގުންން އުޅުނު ހަމަލާއެއް ކަމާއިބެހޭ އިދާރާތްތަކުން ނާކާމިޔާބު ކޮށްފައި ވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ހާމަކުރި މައުލޫމާތުތަކުން ހާމަވެފައިވާ ގޮތުން ރާއްޖޭގައި ދީނީ ހަރުކަށި ވިސްނުން ގެންގުޅޭ 1400 މީހުން އެބަތިއްބެވެ. އަދި އެ މީހުންނަކީ މީހަކު މަރާލުމަށް ވެސް ފަސް ނުޖެހޭނެ ފަދަ ވިސްނުން ގެންގުޅޭ ބަައެއްގެ ގޮތުގައި ފުލުހުން ވަނީ ބުނެފައެވެ.

ހަރުކަށި ފިކުރު ފެތުރުމުގައި ބައެއް އިލްމުވެރިން ބައިވެރިވާ ކަމަށް ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި ހަރުކަށި ފިކުރު ފަތުރާ އިލްމުވެރިން ގެންދަނީ ދިވެހިން ރެކްރޫޓްކޮށް ބޭރުގެ ހަނގުރާމަތަކަށް ފޮނުވަމުން ކަމަށާ އެފަދަ މީހުން ރާއްޖޭގައި ހަމަނުޖެހުން ހިންގަން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަނީ ތުހުމަތު ކޮށްފައެވެ.

ރާްއްޖޭގައި ހަރުކަށި ފިކުރު ފަތުރާ އެއް ބަޔަކީ ބައެއް އިލްމުވެރިންގެ ގޮތުގައި ސޯޝަލް މީޑިއާގައި ބައެއް މީހުން ދަނީ ތުހުމަތު ކުރަމުންނެވެ. އަދި އޭގެ އިތުރުން އެ މީހުންނަކީ އެފަދަ ފިކުރުތަކަށް މީހުން ވެއްދުމަށް މަސައްކަތް ކުރާ ބައެއްކަމަށް ވެސް ސޯޝަލް މީޑިއާގައި ވަނީ ތުހުމަތުކޮށްފައެވެ. 

އެހެން ނަމަވެސް އެ ތުހުމަތުތަކަށް މަޝްހޫރު ދީނީ އިލްމުވެރިން ވަނީ، އެއީ ރާއްޖެއިން އިސްލާމްދީން ފޮހެލުމަށް ބަޔަކު ދައްކާ ވާހަކައެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި ރާއްޖެއަށް އެހެން ދީންތައް ގެނައުމަށްޓަކާ، ދީން އުނގަންނައި ދިނުމަކީ ހަރުކަށި ވިސްނުންކަމަށް ދެއްކުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަމަށް ދީނީ އިލްމުވެރިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: