ބްރޯޑްކޮމްގެ ރައީސާ މަރިޔަމް ވަހީދާ ސަރުކާރުގެ އިވެންޓެއް ހުށަހެޅި މައްސަލަ ހޫނުވެ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާއާ ބެހޭ ކޮމެޓީން އެ މައްސަލަ ބަލަން ނިންމައިފިއެވެ.
މަރީ ހުށަހަޅާދީފައި ވަނީ، ޓޫރިޒަމް މިނިސްޓްރީން އަލަށް ފަތުރުވެރިކަމަށް ރަށްތައް އިޢުލާން ކުރުމަށް ދަރުބާރުގޭގައި ބޭއްވި ”ބުރަބި“ ޖަލްސާއެވެ. އެއީ ސިޔާސީ އިވެންޓެއް ނޫންކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޑުކީނަމަވެސް ގިނަ ފަރާތްތަކަކުން ވަނީ މިނިވަން މުޢައްސަސާއެއްގައި ހުރެ އެފަދަ އިވެންޓެއް ހުށަހެޅުމުން ފާޑުކިޔާފައެވެ.
އެގޮތުން، މަރިޔަމް ވަހީދާ އަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުޤައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ އެ މައްސަލަ ބަލާނެ ކަން އިޢުލާންކުރައްވާފައެވެ.
”މި މައްސަލަ މަޖިލިސް ހުޅުވުނީމަ ކޮމެޓީން ބަލާނެ. މިނިވަން މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފަސްޖެހުމެއް ނެތި ކުރަމުން ގެންދާނެ.“ ރޮޒައިނާ
https://twitter.com/Roxeyna/status/1207441096063606784?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1207441096063606784&ref_url=https%3A%2F%2Fvaguthu.mv%2Fnews%2F278010
މިނިވަން މުއައްސަސާތައް މިނިވަންކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެހެންނަމަވެސް ބްރޯޑްކޮމް އެއްކޮށް މިނިވަން ނޫންކަމަށް ގިނަ ބަޔަކު ބުނެއެވެ. މިދިޔަ ސަރުކާރުގައި ބްރޯޑްކޮމްގެ މެމްބަރެއްކަމަށްވާ ޒައިނާ ސަރުކާރު އިވެންޓެއްގައި ގޮނޑި ޖަހަން އިން މައްސަލައެއް ހޫނުވެ އެކަމާއި އެންމެ ބޮޑަށް ފާޑު ވިދާޅުވި އެއް ބޭފުޅަކީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމްއެވެ.

