ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ލޮނު ސިޓީ” މަސްތުވާތަކެތީގެ ހިދުމަތް ދިން ބޮޑު މޯލްއެއް!

ލޮނުމިދިލިގެ، މަސްތުވާތަކެތީގެ ހާއްޔެއް -- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ކެފޭ ހިންގާ އުސޫލުން މަސްތުވާތަކެތި ބޭނުން ކުރުމުގެ ވިޔަފާރި ކުރާ ގެތަކަށް އަމާޒު ކޮށްގެން، ގެތައް ބަލައި ފާސްކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގަނޑުއެވެ.

މައްސަލައިގެ ތަހުގީގަށް 3 ގެއެއް ފުލުހުން ބަލާ ފާސްކުރިއެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ރޭ ފާސްކޮށްފައިވަނީ މަސްތުވާތަކެތީގެ “އައްޑާ” އެއްކަމަށް ބުނުމަކުން ދޮގަކަށް ނުވާނައެވެ. އެ ގެ ބަލާ ފާސްކުރުމުގެ ތެރެއިން ގެއިން ހައްޔަރުކޮށްފައިވަނީ 18 އަހަރުން ފަށުގެ ހަތަރު ފިރިހެން ކުއްޖަކާއި، ދެ ފިރިހެނެއްގެ އިތުރުން އެއް އަންހެނެކެވެ. ފުލުހުން ދިން މައުލޫމާތުތަކަށް ބަލާއިރު، މި މަހު ފާސްކުރި ތިން ގެއަކީ ލޮނުމިދިލިގޭގެ އިތުރުން މ. ފެޝަންމީޑާއި މ. ނަދީ އިރުމަތީބަޔާއި ހ. ވެލިރަންގެ އަދި ގ. މެމޮރީވިލާ އެވެ.

ފުލުހުން އެންމެ ފުރަތަމަ ބަލާފާސްކުރި ފެޝަންމީޑްއިން 11 މީހަކު މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކުރިއެވެ. އެއީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ. އަދި އެއަށްފަހު 12 ވަނަ ދުވަހު ނަދީއިން މަސްތުވާތަކެއްޗާއި އެކު 4 މީހަކު ހައްޔަރު ކުރިއެވެ. މީގެ އިތުރުން މިދިޔަ ހަފްތާގެ ބުދަ ދުވަހު މެމޮރީވިލާ ބަލާ ފާސްކުރުމަށްފަހު މަސްތުވާތަކެއްޗާއި އެކު އެގެއިން 4 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ ގެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 20 ރަބަރު ޕެކެޓު ވެސް ފެނުނެވެ. މިތިން ގެއަކީ ވެސް މީގެ ކުރިން އެކި މައްސަލަތަކުގައި ބަލާ ފާސްކޮށްފައިވާ ގެތަކެވެ. މި ގެތަކުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަނީ ކޮން ބައެއްކަމެއް އަދި ނޭނގެއެވެ. ސަބަބަކީ، ލޮނުމިދިލިގެއިން ވެސް ހައްޔަރުކޮށްފައިވަނީ އެވަގުތު އެތަނުން ހިދުމަތް ހޯދަން ތިބި ބައެއް މީހުންކަމަށް ވުމުންނެވެ.

ލޮނުމިދިލިގެ، މަސްތުވާތަކެތީގެ ހާއްޔެއް – ފޮޓޯ: ސަން

ލޮނުމިދިލިގެ ފާސްކުރުމަށް ހިންގި އޮޕަރޭޝަންގައި 38،715ރ. އާއި 142 ޑޮލަރު ފެނުނެވެ. އަދި ބައެއް އެހެން ގައުމުތަކުގެ ފައިސާ ވެސް ފެނުނެވެ. މީގެ ތެރެއިން ދިވެހި ފައިސާ ފެނިފައިވަނީ، އެގޭގައި ތިބި ކުދީންގެ ތެރެއިން އެއް ކުއްޖެއްގެ ވޮލެޓުގެ ތެރެއިންނެވެ.

މައްސަލައާއި ގުޅޭގޮތުން ނޫސްވެެރިންނަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ މިއީ އެގެތަކުގެ ވެރިންވެސް މާލީ މަންފާ ހޯދުމަށް ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.

ކެފޭ ހިންގާ އުސޫލުން މަސްތުވާތަކެތީގެ “ޚިދުމަތް” ދޭ ގެތައް ބަލައި ފާސްކުރުމަށް ފުލުހުން ފަށާފައިވާ ޚާއްސަ އޮޕަރޭޝަންގައި ލޮނުމިދިލިގެ އިން ހައްޔަރުކުރީ އުމުރުން 15 އަހަރާއި 16 އަހަރާ ދެމެދުގެ ހަތަރު ފިރިހެން ކުއްޖަކާއި 18 އަހަރުން މަތީގެ ދެ ފިރިހެނަކާއި އަންހެނެކެވެ. އެ ގެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 20 ރަބަރު ޕެކެޓު ވެސް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، ލޮނުމިދިލިގެ ފާސްކުރުމަށް ހިންގި އޮޕަރޭޝަންގައި 38،715ރ. އާއި 142 ޑޮލަރު ފެނުނު ކަމަށެވެ. މީގެ އިތުރުން ބައެއް އެހެން ގައުމުތަކުގެ ފައިސާ ވެސް މަދު އަދަދަކަށް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ލޮނުމިދިލިގެ ބަލާ ފާސްކުރުމުގެ އޮޕަރޭޝަންގެ ތެރެއިން އެގެ ނޫސްވެރިންނަށް ވަނީ ދައްކާލާފައެވެ. އެ ގެ ފާހަގަކުރެވުނީ ގިނަ ދުވަސްވެފައިވާ ގެއެއްގެ ގޮތުގައެވެ. އެހެން ނަމަވެސް، ބޭރު ދޮރުހުރީ ފަހުގެ ސެކިއުރިޓީ ސިސްޓަމްއެކެވެ. ގެއަށް ވަދެވޭނީ ފިންގާ ސްކޭންކޮށްގެން ނުވަތަ އެ މީހުން ބުނާ ހާއްސަ ކޯޑެއް ޖަހައިގެންނެވެ.

ލޮނުމިދިލިގެ، މަސްތުވާތަކެތީގެ ހާއްޔެއް — ފޮޓޯ: މިހާރު

ގޭގެ ބޭރުން އެއީ ދުވަސްވެފައި ހުރި ގެއެއް ނަމަވެސް، ގޭގެ އެއް ކޮޓަރި ކޮޓަރި ހުރީ ރީތިކޮށް ސާފުކޮށްފައެވެ. އޭގެ ތެރެއިން އެއް ކޮޓަރީގައި ދެ ބަންކު ބެޑާއި، އެކު އަލަމާރީއެއް ހުއްޓެވެ. އަދި ފަހުގެ ޓީވީއެއް ވެސް ހުއްޓެވެ. އަދި ހަމަޖެހިލައިގެން ޓީވީ ބަލަން ހުރީ ސޯފާއެއް ބަހައްޓާފައެވެ. ސޯފާގެ ކުރިމަތީ ބައްޓާފައި ހުރި ކުޑަ މޭޒެއްގެ މަތީން އަޅިކެނޑިއެއް ބަހައްޓަފައި ހުއްޓެވެ. އެ ސޯފާއަކީ ވެސް ބަލާބެލުމަށް ދުވަސްވީ ސޯފާއެއްހެން ހީއެއް ނުވެއެވެ. މި ކޮޓަރިއަކީ ދިރިއުޅެން ހަދާފައި ހުރި ކޮޓަރިއެއްހެން ހީވެއެވެ. ކުޑަ ހަތަރު ކުދިން، ހައްޔަރުކޮށްފައިވަނީ އެ ކޮޓަރީގެ ތެރެއިންނެވެ. އެހެން ނަމަވެސް، އެ ކޮޓަރީގައި މަސްތުވާތަކެތި ބޭނުންކޮށްފައިވާ ކަމުގެ ނިޝާންތައް ފެންނާން ހުއްޓެވެ. އޭގެ ތެރޭގައި މަސްތުވާތަކެތި އަޅާފައި ހުންނަ ކުދި ރަބަރު ޕެކެޓާއި، ސިނގިރޭޓު ގިނަ އަދަދަކަށް ހުއްޓެވެ.

މިގޭގެ އަނެއް ފްލޯގައި ހުރި ކޮޓަރިއަކީ، މަސްތުވާތަކެތި ބޭނުން ކުރުމަށް ހާއްސަކޮށްފައިވާ ތަނެވެ. ތަން ހުރީ، މަސްތުވާތަކެތި ބޭނުން ކުރަން ތިބެވޭނެހެން މޭޒާއި ގޮނޑި ޖަހާފައެވެ. މޭޒުމަތީ، މަސްތުވާތަކެތި ބޭނުންކޮށްފައި ހުރި ފޮއިލްތައް ހުއްޓެވެ.

މިގެއިން އެންމެ ބޮޑު ހައިރާން ކުރުވަނި ކަމަކަށްވީ، ވަރުގަދަކޮށްފައިވަނީ ހަމައެކަނި ސެކިއުރިޓީ ނޫންވީމައެވެ. ކޮޓަރީގެ ފާރުގައި އިރުޝާދުތަކެއް ލިޔެފައި ހުއްޓެވެ. ތަނުގައި މީހާ އުޅެންޖެހޭނެ ގޮތާއި އަމަލު ކުރަންޖެހޭނެ އުސޫލުތަކެވެ. އޭގެ ތެރޭގައި އެތަނަށް ވަންނަ އެއްވެސް މީހަކު، އަނެކާ ކައިރީގައި ފައިސާއަށް ކިޔައިގެން ނުވާނެއެވެ. ކޮންމެ މީހަކުވެސް ނިމުނުހާ އަވަހަށް ނިކުންނަން ޖެހޭނެއެވެ. އެހެން ނޫނީ، އެމީހުންގެ ތެރެއިން މީހެއް ނުވަތަ ބައެއް މައްޗަށް އަރާ ތަނުން ފޮނުވާލާނެ ކަމަށް ބުނެފައިވެއެވެ. ތަނުގެ ސާފުތާހިރުކަމަށް އިސްކަން ދިނުމަށް ވެސް ބުނެފައިވާއިރު، ކޮންމެ މީހަކުވެސް އެ މީހަކު ބޭނުން ކުރާ މަސްތުވާއެއްޗެއް އަޅާފައި ހުންނަ އެއްޗެސް ތަނަށް ދޫކޮށް ނުދިއުމަށް ބުނެފައިވެއެވެ.

ބައެއް މީހުން ކޮޓަރިއަށް ވަދެ، ގިނަ އިރުކުރާ ކަމުގެ ޝަކުވާތައް ލިބިފައިވާކަމަށް ބުނެ، ބައެއް މީހުންގެ ނަންތައް ފާހަގަވާ ވަރަށް ޝަކުވާ ލިބިފައިވާކަމަށް ފާރުގައިވެއެވެ. އަދި އެއީ މިހާރު ވަރަށް ބޮޑު ވެއްޖެ މައްސަލައެއްކަމަށް ވެސް ބުނެފައިވެއެވެ. ތަނުގައި ސަކަރާތްޖަހާ އަޑުގަދަ ކުރުމަކީ މަނާކަމެކެވެ. އެއްވެސް މީހަކަށް ރަށްޓެއްސެއް އަންނަން ދެން މަޑުކުރުމުގެ ހުއްދައެއް ނޯވެއެވެ.

ފާރުގައި ހުރި މި މެސެޖުތަކުގެ އިތުރުން، އެކި ދިމަދިމާލުގައި “ލޮނު ސިޓީ” ލިޔެފައިވެއެވެ. ބެލެވޭ ގޮތުގައި ލޮނުމިދިލިގެއިން މަސްތުވާތެކެތީގެ ހިދުމަތް ދެމުން އަންނަނީ އެ ނަމުގައެވެ. އަދި މަޝްހޫރުވެފައިވާ ނަމަކީވެސް އެއީއެވެ.

މާލޭގައި ކެފޭ ހިންގާ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ވިޔަފާރި ހިންގާ ގެތައް ފުލުހުން މި އަހަރުގެ ކުރީކޮޅު ވެސް ބަލާ ފާސްކުރިއެެވެ. ފުލުހުން ވަނީ މިފަދަ އެތައް ގެއެއްގެ މައުލޫމާތު ލިބިފައިވާކަން ފާހަގަކޮށްފައެވެ. އަދި މިފަދަ މަސްތުވާތަކެތީގެ ހާލުތައް ނައްތާލުމަށް ގިނަ އޮޕަރޭޝަންތައް ކުރިޔަށް އޮތްތަނުގައި ވެސް ގެންދާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: