ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ މުވައްސަސާއެއްގެ އިހުމާލުގެ މައްސަލައެއް ބެލައިދިނުމަށް އެދި ޕީޖީއިން ފުރަތަމަ ފަހަރަށް އެންއައިސީއަށް

އިހުމާލުގެ މައްސަލައެއް ބެލުމަށް ޕީޖީއިން ފުރަތަމަ ފަހަރަށް އެންއައިސީއަށް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތި އެތެރެ ކުރުމުގެ މައްސަލަތަކެއްގައި ކްރިމިނަލް ކޯޓުން ޕާސްޕޯޓް ހިފަހައްޓަން އަމުރު ކޮށްފައި ވަނިކޮށް ތުހުމަތު ކުރެވޭ މީހާ ފުރުވާލި މައްސަލައެއް ބަލަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގައި އެދިއްޖެ އެވެ.

ޕީޖީ އޮފީހުން އެ މައްސަލައާއި ގުޅޭގޮތުން ބުނެފައިވަނީ މަސްތުވާތަކެތި ޓްރެފިކް ކުރުމާއި އެތެރެ ކުރުމުގެ ދެ މައްސަަލައެއްގައި ހިމެނޭ ބަންގްލަދޭޝްގެ ދެ މީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް، އެ ދެ މީހުންނަށް ފުރުމަށް ހުއްދަ ދީ ފުރުވާލި މައްސަލައެެއް ފެންމަތިވެފައިވާ ކަމަށެެވެ. އެހެން ކަމުން އެ މައްސަލަ ތަހުގީގުކޮށް ދިނުމަށް އެދި އެންއައިސީއަށް ހުށަހަޅާފައިވާކަމަށް ޕީޖީއިން ވަނީ ބުނެފައެވެ.

ދެ ބިދޭސީން ފުރުވާލި މައްސަލައިގައި ޕީޖީން އެދިފައިވަނީ އިހުމާލުވެފައިވާ މުވައްސަސާއެއްގެ މައްޗަށް ފިޔަވަޅު އަޅައިދިނުމަށެވެ. އެކަމުގައި އިހުމާލުވެފައިވާ އިދާރާއެއްގެ ނަން ހާމަނުކޮށް ޕީޖީން ބުނެފައިވަނީ ރަނގަޅު ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ.

މިއީ ދައުލަތުގެ މުއައްސަސާއެއްގެ މައްޗަށް ޕީޖީން ތަހުގީގެއް ހިންގައިދޭން އެންއައިސީގައި އެދުނު ފުރަތަމަ ފަހަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: