ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނާއި މެދު އިންސާފުވެރިވާން ޖެހޭ، އެއީ 2023 ގެ ރިޔާސީ ކެނޑިޑޭޓު: ޑރ. ޝަހީމް

ރައީސް ޔާމީނާއި މެދު އިންސާފުވެރިވާން ޖެހޭ، އެއީ ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓު: ޑރ. ޝަހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީ ލޯންޑްރިންގެ ކުށުގައި ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެއީ 2023 ވަނަ އަހަރުގެ އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ ކެނޑިޑޭޓު ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޑރ. ޝަހީމް އަކީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިން މޭޓެވެ. ޝަހީމް ވަނީ ރިޔާސީ އިންތިހާބާއި ދިމާކޮށް ރާއްޖޭގެ އެކި ރަށްތަކަށް ދަތުރުކުރައްވާ ރައީސް ޔާމީނަށްއޮތް ދާއީދު އިތުރުކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ކުރެވުނު ތުހުމަތުތައް ދިފާއު ކުރެއްވުމަށް ޝަހީމް ގިނަ ވާހަކަތަކެއްވެސް ދައްކަވާފައިވެއެވެ.

ކްރިމިނަލް ކޯޓުގެ ފަސް ގާޒީންގެ ބެންޗުން އިއްތިފާގުވެ ހުކުމް ކޮށްފައި ވަނީ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށެވެ. އޭގެ އިތުރުން މާނީ ލޯންޑާ ކުރިކަމަށް ސާބިތުވި އެއް މިލިއަން ޑޮލަރުގެ ފަސް ގުނަ ކަމަށްވާ ފަސް މިލިއަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް ހުކުމްކޮށްފައެވެ.ރައީސް ޔާމީން ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ވަނީ ކުއްލި ކައުންސިލް ބައްދަލުވުމެއް ބާއްވާފައެވެ.

އެ ބައްދަލުވުމުގައި ދެ ޕާޓީގެ ކައުންސިލުން ވެސް ނިންމާފައިވަނީ ރައީސް ޔާމީން މިނިވަން ނުވަނީސް އިދިކޮޅުން މިހާރު ކުރަމުންދާ މަސައްކަތް ހުއްޓާނުލުމަށެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ބައިނަލްއަގްވާމީ ފަރާތްތަކާއި ބައްދަލުކުރުމަށް ވެސް ވަނީ ނިންމާފައެވެ.

https://www.facebook.com/photo.php?fbid=2630537847031520&set=a.109889255763071&type=3&theater

އިދިކޮޅުގެ މަސައްކަތްތައް ފަނޑުވެފައިވާކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް ފަހަކަށް އައިސް ވަނީ އަމާޒުވެފައެވެ. އެހެން ނަމަވެސް، އެކަމަށް ރަށްދު ދީ އިދިކޮޅުން ބުނެފައިވަނީ އެ ވާހަކަތައް ދައްކަމުން ދަނީ، އިދިކޮޅު ފުނޑާލާ ބައިބައިކޮށް 2023 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ހޯދުމަށް މަސައްކަތް ކުރަމުންދާ މީހުން ކަމަށެވެ.

ރައީސް ޔާމީނަށް ހުކުމް ކުރުމުގެ އެއް ރޭ ކުރިން ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ޕާޓީގެ މައްޗަށް “މިނިކާ ބާޒުން” ގެ އަތް ގަދަވިޔަ ނުދިނުމަށް އެދިވަޑައިގެންފައެވެ. އެހެން ނަމަވެސް، އެ ވާހަކަ އިޝާރާތް ކުރެއްވީ ކާކަށް ކަމެއް، ނުވަތަ ކޮން ބަޔަކަށް ކަމެއް ސާފެއް ނުވެއެވެ.

މި ދެދުވަހަކު މީޑިއާތަކުގައި ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން ޑރ ޝަހީމް ޓްވީޓު ކުރެއްވިރު އޭނާއަކީ ވެސް އިދިކޮޅުގެ ލީޑާޝިޕް ބޭނުންވާ ފަރާތެއް ކަމަށް ބުނެ ވާހަކަ ދެކެވެ. އެހެން ނަމަވެސް ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވީ އޭނާ ގަބޫލު ކުރާގޮތުން ޕީޕީއެމްގެ ލީޑަރަކީވެސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ވެސް ރައީސް ޔާމީނެެވެ.

ރައީސް ޔާމީނަށް އިންސާފު ލިބެން ޖެހޭ ކަމަށާއި، ރައީސް ޔާމީން ކަފާލާތުގެ ދަށުން މިނިވަންވާން ޖެހޭ ކަމަށް ވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން ޖަލުގައި ހުންނަވާތާ މަސްދުވަސްވެފައިވާއިރު، އިދިކޮޅު ސިޔާސީ ފިކުރަށް މިއަދު ވަނީ ކޮޅު ބެދިފައި ކަމަށާ މިހާރު އޮތް ހާލަތު ބަދަލު ކުރެވޭނީ އާވިސްނުމެއް ނެރެގެން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ޕީޕީއެމްގެ ކުރީގެ ނާއިބު ރައީސް އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ.

ޕީޕީއެމްގެ ލީޑާޝިޕްގައި ކުރިން މަސައްކަތް ކޮށްފައިވާ އަދި މިހާރުވެސް އެޕާޓީ ކޮޅަށް ޖެހުމުގެ މަސައްކަތަށް ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ އުމަރު ވިދާޅުވީ އިދިކޮޅު ސިޔާސީ ފިކުރަށް މިއަދު ވަނީ ކޮޅު ބެދިފައި އޮތް މަގަކަށް ވަދެވިފައި ކަމަށެވެ. އަދި އިދިކޮޅަށް މިއަދު ކުރިއަށް ދެވޭކަށްވެސް އަދި ފަހަތަށް ޖެހެވޭކަށް ވެސް ނެތް ކަމަށް އުމަރު ވިދާޅުވިއެވެ. އެއީ އެމްޑީޕީ އުފާ ކުރާނެ ހާލަތެއް ކަމަށް ވިދާޅުވެ އުމަރު ވަނީ ހާލަތު ބަދަލު ކުރެވޭނީ އެހެން ވިސްނުމެއް ނެރެގެން ކަމަށް ވިދާޅުވެފައެވެ.

އުމަރު ދެއްކެވި ވާހަކައަށް އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ލީޑަރުން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: