ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފަރަކީ ވެލާ އެރުމަށް މަޝްހޫރު ރަށެއް، އެއާޕޯޓު ބޮޑު ކުރުމަށް ބިން ހިއްކުމުގެ ހުއްދައެއް ނުދެވޭނެ: އީޕީއޭ

މާފަރު އެއާޕޯޓު ބޮޑު ނުކުރަން އީޕީއޭއިން ލަފާދީފި
ޝެއާރކޮށްލާ ކަހަލަދޯ؟

މާފަރު އެއާޕޯޓް ބޮޑުކުރަން ބޭނުންވާ ބިން ހިއްކުމުގެ ހުއްދަ ނުދިނުމަށް ނިންމާފައިވާކަމަށް އެންވައިރޮމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

މާފަރުގެ އެންވަޔަރްމެންޓް އިމްޕެކްޓް އެސެސްމެންޓް ހެދުމަށް ފަހު އީޕީއޭއިން ބުނީ މާފަރުން ބިން ހިއްކަަން ހުއްދަ ނުދޭން ނިންމީ ނުވަ ސަބަބަކާ ހެދި ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ ސަބަބުތައް ހާމަކޮށް އީޕީއޭއިން ބުނެފައިވަނީ ބިން ހިއްކައިފިނަމަ މާފަރުގެ ފަޅުން ބިޑު ސަރަހައްދެއް ގެއްލި ވަށައިގެންވާ ފަރަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ. އަދި މުސްތަގުބަލުގައި ރަށް ބޮޑު ކުރަންޖެހިއްޖެ ހާލަތެއްގައި، އެކަމަށް އޮތް ސަރަހައްދުވެސް ގެއްލިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އީޕީއޭއިން ބުނެފައިވަނީ މާފަރުން ބިން ހިއްކައިފިނަމަ ތިމާވެއްޓަށް އޭގެ ސަބަބުން އަސަރުތަކެއް ކުރާނެ ކަމަށެވެ. އެ ރަށަކީ ވެލާ އަރުމާއި، ވެލާ ބިސް އެޅުމަށް މަޝްހޫރު ރަށެއްކަމުން ބިން ހިއްކުމުގެ ހުއްދަ ދެވެން ނެތް ކަމަށް އެ އޭޖެއންސީއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. ވެލާ އެރުމާއި ގުޅޭގޮތުން އީޕީއޭއިން ފާހަގަކުރިއިރު އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިޔަށް ދަނިކޮށް އެއާޕޯޓުގެ ރަންވޭއަށް ވެލައެއް އަރާ ބިސް އަޅާފައިވެއެވެ. މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ސޯޝަލް މީޑިއާގައި އާއްމުވެގެން ދިޔަ އެ ފޮޓޯގެ ސަބަބުން ތިމާވެށީ ދާއިރާގެ މާހިރުންނާއި، ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރަމުންދާ އެތައް ބައެއްގެ ފާޑުކިޔުންތަކެއް ވެސް އަމާޒުވެގެން ދިޔައެވެ.

މާފަރަކީ އާބާދީ މަދު ނަމަވެސް، ބިން ބޮޑު ރަށެކެވެ. ރަށުގައި އެއާޕޯޓު ތަރައްގީ ކުރުމަށްޓަކާ، ތިމާވެއްޓަށް ގެއްލުންތަކެއް ދީފައިވާކަމަށް ބުނެ ވެސް ސޯޝަލް މީޑީއާ ވަރަށް ބޮޑަށް ހޫނުވެގެން ދިޔައެވެ. ރަންވޭ މަތިން ވެލާ ނަގައިގެން ގެންގޮސް މޫދަށް ދޫކޮށްލި ނަމަވެސް އޭގެ ފަސް ދުވަސް ފަހުން އެ ވެލާ މަރުވެފައި އޮއްވާ ފެނުނެވެ.

މާފަރު އެއާޕޯޓު ރަސްމީކޮށް ހުޅުވާފައިވަނީ މި މަހުގެ އެއްވަނަ ދުވަހުއެވެ. އޭގެ ފަހުން މަހަކާއި ގާތް ވެފައިވާއިރު މިއަދުގެ ވަގުތެއްގައި އަނެއްކާވެސް އެއާޕޯޓުގެ ރަންވޭއަށް ވެލައެއް އަރާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ.

އީޕީއޭ އިން ބުނީ މާފަރުން ބިން ހިއްކަން ހުށަހަޅާފައި ވަނީ އެކަން ކޮށްފި ނަމަ ލިބޭނެ ގެއްލުމާ އަޅާބަލާއިރު އެކަށީގެންވާ ސަބަބުތަކެއް ނޫން ކަމަށެވެ. ބިން ހިއްކަން ބޭނުންވާ ސަބަބެއް ކަމަށް ބުނެފައި ވަނީ ބޮއިން 777 މަރުކާގެ މަތިންދާ ބޯޓް ޖެއްސޭ ވަރަށް އެއާޕޯޓް ބޮޑުކުރުމެވެ. އެކަމަކު އެވަރުގެ ބޯޓުތައް އެއާޕޯޓަށް ޖައްސާނީ ކިހާ ވަރަކަށްކަން ނޭނގޭ ކަމަށް އީޕީއޭ އިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: