ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރު ނިމިގެންދާއިރު، އިންޑިއާ މާކެޓުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް!

އަހަރު ނިމިގެންދާއިރު، އިންޑިއާ މާކެޓުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް - ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރި އިންޑިއާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.

މިއަހަރުގެ ޖަނަވަރީމަހުން އޮކްޓޯބަރުމަހުގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް 130،617 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި 2018 ވަނަ އަހަރު މިއަދަދު އުޅުނީ 64،224 ގައެވެ. މިއީ 103.4 އިންސައްތަ އިތުރުވުމެކެވެ. މިއަހަރުގެ 9 މަސްދުވަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 9.4 އިންސައްތަ ހިއްސާކުރަނީވެސް އިންޑިއާ ފަތުރުވެރިންނެވެ.

އިންޑިއާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ މިންވަރު ދާދިފަހަކާ ޖެހެންދެން ވަރަށް މަދުކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެހެންނަމަވެސް މިކަން ބަދަލުވެ މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައިވެސް އިންޑިއާ އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ. ރާއްޖެއިން މިއަހަރަށް ކަނޑައެޅި 1.5 މިލިއަން ފަތުރުވެރިންގެޓާގެޓު ހާސިލްވީ މިމަހުގެ 24 ވަނަ ދުވަހު އެވެ. މިއަހަރުގެ މިހާތަނަށް ޗައިނާގެ ދެލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 1.8 ޕަސެންޓުގެ އިތުރު އަދަދެކެވެ. ސަރުކާރުން މިހާރު ޓާގެޓްކޮށްފައި ވަނީ އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދެ މިލިއަން ޓޫރިސްޓުން ގެނައުމަށެވެ.

އިންޑިއާއިން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާއިރު، އިންޑިއާއަކީ ރާއްޖޭގެ ޤައުމީ ތަރައްޤީއާއި ކުރިއެރުމުގައި މުހިންމު ޤައުމަކަށެވެ. އަދި މިއަދު އިންޑިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައިވެސް މުހިންމު ޤައުމަކަށް ވަނީ ވެފައެވެ.

މިދިޔަ ފަސް އަހަރަށް ބަލާއިރު އިންޑިއާ ޓޫރިސްޓުން އިތުރުވި ނިސްބަތް އުޅެނީ 20 އިންސައްތައިގައެވެ. އިންޑިއާއިން ރާއްޖެއަންނަ އެއަރލައިންތައް އިތުރުވުމަކީވެސް އިންޑިޔާގެ ފަތުރުވެރިން އިތުރުވުމުގެ ސަބަބެއްކަމަށް ފަތުރުވެރިކަމުގެ ދާއިރާ އިސްފަރާތްތަކުން ދެކެއެވެ. އިންޑިއާއިން މިހާރު ރާއްޖެ ދަތުރުކުރާ އެއާލައިންތަކުގެ ތެރޭގައި އިންޑިގޯ، ގޯއެއާ، ސްޕައިސްޖެޓް ފަދަ އެއާލައިންތައް ހިމެނެއެވެ.

އިންޑިއާގެ ފަތުރުވެރިންގެ ނިސްބަތް އިތުރުވަމުންދިއުމާއެކު މިސަރަޙައްދުގެ ޤައުމުތަކުގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މެދުފަންތީގެ ފަތުރުވެރިކަމާއި، ގެސްޓުހައުސްތަކުގެ މަޤްބޫލުކަން އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: