ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯކަލް ކައުންސިލުގައި ކުޅުދުއްފުށިން ހޮވާނީ ސިޓީ ކައުންސިލްއެއް: މެންބަރު ޔާސިރު

ކުޅުދުއްފުށި އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބުދުލް ލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީގެ ރައްޔިތުން ވޯޓުލާނީ ސިޓީ ކައުންސިލް އެއް އިންތިހާބު ކުރުމަށް ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވެއްޖެ އެވެ.

އަންނަ އޭޕްރިލް މަހުގެ 4 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ކުޅުދުއްފުށިން ހޮވަނީ ރަށު ކައުންސިލްްއެއް ކަމަށް ރަށުގެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ކުޅުދުއްފުށީގެ އާބާދީގައި ސިޓީއެއްގެ ދަރަޖަ ދިނުމަށް ގާނޫނުގައި ބުނާ އަދަދަށް، ދިހަހާސް މީހުން ހަމަވެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު އެވެ. އެއަށްފަހު ކުޅުދުއްފުށި ސިޓީއަކަށް ބަދަލު ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން ސަރުކާރުގެ ބައެއް ްއިސްފަރާތްތަކުން ވަނީ ކައުންސިލް އިންތިހާބުގައި ކުޅުދުއްފުޓަށް ހޮވާނީ ސިޓީ ކައުންސިލްއެއް ކަމަށް ބުނެފައެވެ.

އިލެކްޝަން ކޮމިޝަންއިން ވަނީ، ކުޅުދުއްފުށިއަށް ހޮވާނީ ހަތް ކައުންސިލަރުން ކަމަށް ބުނެފައެވެ. އަދި ކޮމިޝަނުން ވަނީ ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކޮށްފައިވާކަން އެނގިފައި ނުވާ ކަމަށެވެ.

އެކަމާއި ގުޅިގެން ރަށުގެ ބައެއް މީހުން ސޯޝަލް މީޑިއާގައި ނުުރުހުން ފާޅުކުރަމުން އަންނައިރު ޔާސިރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ
ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީގެ ރައްޔިތުން ވޯޓުލާނީ ސިޓީ ކައުންސިލް އެއް އިންތިހާބު ކުރުމަށް ކަމަށެވެ. އަދި އެމްޑީޕީީއަކީ ވައުދު ފުއްދާ ޕާޓީއެއް ކަމަށް ވިދާޅުވެ، ރައީސް ސޯލިހާއި، ރައީސް ނަޝީދަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

ރާއްޖޭގެ ހުރިހާ ކައުންސިލުތަކުގެ ކައުންސިލަރުންނާއެކު ކޮރޮސްރޯޑް މޯލްޑިވްސްގައި ކުރިއަށް ގެންދިޔަ “ވިއަވަތި ރާއްޖެ” މަޝްވަރާ ބައްދަލުވުމުގެ ތެރެއިންވެސް ކުޅުދުއްްފުށީ ކައުންސިލްގެ މެންބަރުން ވަނީ އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދިނުމާއި ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ. އަދި ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވުމުން ދެން އެ އަތޮޅުގެ އަތޮޅުވެރިކަން ކުރާނެ ރަށެއް ކަނޑައަޅާނީ ކިހިނެތްތޯވެސް އެ އަތޮޅުގެ ކައުންސިލަރުން ވަނީ ސުވާލު ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: