ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާސްޕޯޓު ހިފެހެއްޓި ދެ ބިދޭސީއަކު ފުރުވާލި މައްސަލަ: ހަނަފީ ވިދާޅުވީ އެކަން ހިނގީ މިދިޔަ ސަަރުކާރުގައި ކަމަށް!

ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް އާއި އިމިގްރޭޝަން ކޮންޓްރޯލާ ހަނަފީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި މައްސަލައެއްގައި ކްރިމިނަލް ކޯޓުގެ އަމުރެއް މެދުވެރިކޮށް ޕާސްޕޯޓު ހިފެހެއްޓި ދެ ބަންގަލަދޭޝްގެ މީހެއް ފުރުވާލި މައްސަލަ ހިނގާފައިވަނީ ކުރީ ސަރުކާރުގައި ކަމަށް ދޭހަވާ މޭރުމަކުން އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) ވާހަކަ ދައްކަވައިފިއެެވެ.

މަސްތުވާތަކެތި އެތެރެ ކުރުމުގެ މައްސަލަތަކެއްގައި ކްރިމިނަލް ކޯޓުން ޕާސްޕޯޓް ހިފަހައްޓަން އަމުރު ކޮށްފައި ވަނިކޮށް ތުހުމަތު ކުރެވޭ މީހާ ފުރުވާލި މައްސަލައެއް ބަލަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގައި ވަނި އެދިފައެވެ. ޕީޖީން ހުށަހެޅި އެ މައްސަލައިގައި އެދިފައިވަނީ ދެ ބިދޭސީންނަށް ފުރުމުގެ ހުއްދަ ދިނުމާއި އިހުމާލުވީ މުވައްސަސާއެއްގެ މައްޗަށް ފިޔަވަޅު އަޅައިދިނުމަށެވެ.

މިއީ ދައުލަތުގެ މުއައްސަސާއެއްގެ މައްޗަށް ޕީޖީން ތަހުގީގެއް ހިންގައިދޭން އެންއައިސީގައި އެދުނު ފުރަތަމަ ފަހަރަށްވާއިރު، ޕީޖީން ދެ ބިދޭސީންގެ މައްސަލައިގައި އިހުމާލުވި މުވައްސަސާގެ ނަން ހާމަކޮށްފައެއް ނުވެއެވެ. ޕީޖީން އާއްމުކޮށްފައިވާ ބަޔާން ޓްވީޓު ކުރައްވާ ޕީޖީ ހުސެއިން ޝަމީމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މައްސަލަ ސީރިއަސް ސިފައެއްގައި ތަހުގީގު ކުރެވި ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

މައްސަލައިގައި އާއްމުންވެސް ވަނީ، އެކަމުގައި ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. އަދި މިހާތަަނަށް އެއްވެސް އިދާރާއަކަށް ތުހުމަތެއްވެސް ކޮށްފައިނުވާއިރު އިމިގްރޭޝަން ކޮންޓްރޯލާ ހަނަފީ ކުރައްވާފައިވާ ޓްވީޓުގައި ވަނީ މިއީ އޭނާއަށް “އެނގެން” ހިނގި ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

https://twitter.com/hanafymv/status/1211310396302188545?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1211310396302188545&ref_url=https%3A%2F%2Favas.mv%2F75627

ޕީޖީގެ ބަޔާނަށް ރައްދު ދެއްވައި ހަނަފީ ވިދާޅުވީ ދެ ބިދޭސީން ދޫކޮށްލި މައްސަލަ އަކީ 2018 ވަނަ އަހަރުގެ ނޮވެމްބަރުގައި ހިނގާފައިވާ ކަމެެއް ކަމަށެވެ. މި ސަރުކާރުން ވެރިކަމާއި ހަވާލުވެފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު 17 ގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: