ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމްއަށް ގަދަވެގަތީ އެހެން ބައެއް، އެ މީހުން އަދިވެސް އެހެން މީހުން ބޭރު ކުރާތަން ފެންނާނެ: އަޒްލީން

ޕީޕީއެމްއަށް ގަދަވެގަތީ އެހެން ބައެއް، އެ މީހުން އަދިވެސް އެހެން މީހުން ބޭރު ކުރާތަން ފެންނާނެ: އަޒްލީން
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީޕީއެމްގެ ލީޑާޝިޕްގައި އެތިއްބެވީ ޕާޓީގެ އަސްލު މެމްބަރުންތަކެއް ނޫން ކަމަށާއި، ޕާޓީގެ މައްޗަށް ގަދަވާން މަސައްކަތްކޮށް މީހުން ބޭރުކުރާތަން އަދި ފެންނާނެ ކަމަށް ރައީސް ޔާމީން ސަރުކާރުގެ ހޯމް މިނިސްޓަރު  އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ހަބަަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި މިހާރު ހުންނެވި އަޒްލީން ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން މަސައްކަތްކޮށްފައިވަނީ ވަރަށް އިހުލާސްތެރިކަމާއި އެކު ކަމަށެވެ.

އެހެން ނަމަވެސް، އެންމެ އެދެވޭ ގޮތެއްގައި މަސައްކަތް ނުކުރެވުނީ ކަމަށް ވެދާނެ ކަމަށެވެ. ރާއްޖޭގައި އެ ގާއިމްވެފައި އޮންނަ ވެރިކަމަކުން ރައްޔިތުންނަށް ހިތްހަމަޖެހުން ގެނުވަދޭފަދަ މަސައްކަތެއް ނުކުރެވިއްޖެނަމަ އެ ވެރިކަމެއް ބަދަލު ކުރުމަކީ ރައްޔިތުންގެ އަތުގައިވާ ކަމެއްގެ ގޮތުގައި އަޒްލީން ވަނީ ފާހަގަކުރައްވާފައެވެ.

އަޒްލީން ވަނީ 2019 ވަނަ އަހަރުގެ އޭޕްރިމް މަހު ބޭއްވި މަޖިލީސް އިންތިހާބުގެ ހުޅުމާލެ ދާއިރާއަށް ވާދަ ކުރައްވާފައެވެ. އެގޮތުން ސިޔާސީ ހަޔާތް އެންމެ ފުރަތަމަ ފެއްޓެވީ ޕީޕީއެމްއިންކަން ފާހަގަކުރައްވާ އަޒްލީން ވިދާޅުވީ، ޕީޕީއެމް އުފެއްދުމަށް ބޭނުންވާ ސޮއި ހަމަ ކުރުމާއި ހަމައިން އެރޭ ޖަލްސާ ބޭއްވުމާއި ހަމައަށް މިއަދާއި ހަމައަށްވެސް ޕާޓީއާއި އެކު ކުރަމުން އައީ އިހުލާސްތެރި މަސައްކަތެއް ކަމަށެވެ.

ޕާޓީ ކުރިއަރައިގެން އައީ އެތައް ބައެއްގެ ތެދުވެރި މަސައްކަތުގެ ސަބަބުންކަން ފާހަގަކުރައްވާ އަޒްލީން ވިދާޅުވީ ވެރިކަމަށް އައުމަށް އޭރު ޕީޕީއެމްއިން ވިއްކީ ރައްޔިތުން އެދޭފަދަ ސިޔާސަތުތަކެއް ކަމަށެވެ. ޕާޓީގެ ކުރީގެ ރައީސް، އަދި މިހާރު މޯލްޑިވްސް ރީފޯމް މޫވްމެންޓް އެމްއާރުއެމްގެ އިންތިގާލީ ރައީސް، ރައީސް މައުމޫން އަބްދުލް ގައްޔޫމް ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުމަށް ކުރެއްވި މަސައްކަތް އަޒްލީން ފާހަގަކުރެއްވިއެެވެ.

މިއަދު އެ މަންޒަރު ބަދަލުވެފައިވާ ކަމަށާއި، އޭރު ޕީޕީއެމް އުފެއްދުމަށްޓަކާ އެތައް މަަސައްކަތްކޮށްދެއްވި ބޭފުޅުންގެ ތެރެއިން މަދު ބަޔަކު ނޫނީ މިހާރު ޕާޓީގައި ނެތް ކަމަށް އަޒްލީން ވިދާޅުވިއެވެ. ޕާޓީގެ އެތައް ކާމިޔާބެއް ފެންނާން އޮތް ނަމަވެސް ވެރިކަމަށް ޕާޓީއައުމަށްފަހު މަންޒަރުތައް ބަދަލުވާން ފެށިކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭރު ވެރިކަމަށް އައުމަށް އުފެދުނު ކޯލިޝަން ރޫޅުމާއި އެކު، ޕީޕީއެމްގެ އެތެރޭގައި ކޯޅުންތައް ހިނގަމުން ދިޔަކަމަށް އަޒްލީން ވަނީ ވިދާޅުވެފައެވެ.

އަޒްލީން ވިދާޅުވީ، ޕާޓީން އެންމެފަހުން ރައީސް މައުމޫންވެސް ދުރަށް ޖެއްސީ ކަމަށެވެ. އެއާއި އެކު ޕީޕީއެމް ހިންގަމުން ދިޔަ ބޭފުޅުންނަށް ސިޔާސީ މަސައްކަތް ކުރެވިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ ނާކާމިޔާބުވެ ވަޑައިގަތުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަޒްލީން ވިދާޅުވީ މަޖިލީސް އިންތިހާބަށް ޕާޓީން އެއްބާރުލުން ލިބޭނެ ކަމަށް އޭނާ އުންމީދު ކުރެއްވި ކަމަށެވެ.

އެހެން ނަމަވެސް، އެ ޓިކެޓު ނުލިބުމުން އެންމެ ފުރަތަމަ ވިސްނީ ޕްރައިމެރީއެއް މެދުވެރިކޮށް ތުލުސްދޫ ދާއިރާއަށް ވާދަކުރުމަށް ކަމަށެވެ. އެހެން ނަމަވެސް، އޭރު ޕީޕީއެމްގެ ނައިބް ރައީސް، އަދި މިހާރު ޕީއެންސީގެ ރައީސް އަބްދުއްރަހީމް ގުޅުއްވާ އެ ދާއިރާއަށް ކުރިމަތި ނުލުމަށް ވިދާޅުވި ކަމަށެވެ. އަދި އެ ދާއިރާއަށް ތާއީދު ދެވެން ނެތްކަމަށް ވިދާޅުވުމަށްފަހު އިތުރު ދާއިރާއެއްވެސް ވިދާޅުވެ ދެއްވާފައި ނުވާކަމަށް އަޒްލީން ވިދާޅުވިއެވެ. އެއާއި އެކުވެސް ތުލުސްދޫ ދާއިރާއާއި އެކު ކުރިޔަށް ދިއުމަށް ނިންމި ނަމަވެސް ޕާޓީން އެއްވެސް ތާއީދެއް ނުދެވޭނެ ކަމަށް އެނގި ކަމަށެވެ.

އަޒްލީން ވިދާޅުވީ، ޕީޕީއެމްގެ ރެޖިސްޓްރީގެ ތިބެ އެތައް ބަޔަކު މަޖިލީސް އިންތިހާބަށް ނިކުތް ކަމަށެވެ. އެހެން ނަމަވެސް ފިޔަވަޅު އެޅީ އޭނާއަށް އެކަނި ކަމަށާއި މިއީ ޕާޓީއަށް އެތައް ގުރުބާނީއަށް ވީ މީހަކާއި ދޭތެރޭ ކަންކަން ކުރަންވީ ގޮތެއް ނޫން ކަމަށެވެ.

އަޒްލީން ވިދާޅުވީ، އޭނާ ދުވަހަކުވެސް ސިޔާސީ މަޝްރަހުގައި އުޅެމުންވެސް ދުވަހަކުވެސް އަހުލާގިއްޔާތުގެ ބޭރުން ދުވަހަކުވެސް އެއްވެސް މީހަކާއި މުހާތަބުކޮށް އަދި ޖަލްސާއެއްގައި ވާހަކައެއް ވެސް ދައްކާފައި ނުވާނެ ކަމަށެވެ.

އަޒްލީން ވިދާޅުވީ ގޮތުން، ބައެއް މީހުން މަސައްކަތް ކުރީ ޕާޓީގެ ތެރެއިން ބަޔަކު ބޭރު ކުރުމަށެވެ. އަދި ވެސް އެކަން އެގޮތަށް ހިނގާނެ ކަމަށާއި ޕާޓީގެ ތެރޭގައި އަދުވެސް ގަދަވާން ބޭނުންވާ ބޭފުޅުން އެބަތިއްބެވިކަަމަށް އަޒްލީން ވިދާޅުވިއެވެ.

“ޕީޕީއެމްގެ ލީޑާޝިޕްގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން އުޅުނު އެތައް ބަޔަކު މިއަދު ވަނީ ވަކިވެގެން ގޮސްފައި. އެއީ މިދަންނަވާ ގޮތަށް، ވަކި ބައެއްގެ ބޭނުމުގައި ޕީޕީއެމްގެ ތެރޭގައި އިސްކޮށް ތިބި މީހުން، ޕީޕީއެމްގައި ތިބި މީހުން ބޭރުކުމުގެ ހާއްސަ ސަގާފަތެއް ދިޔަ. އަބަދުވެސް އެ މަންޒަރު ފެންނާނެ.” އަޒްލީން

އަޒްލީން ވަނީ، ޕީޕީއެމްއަކީ އޭނާ ވަރަށް ލޯބިވީ ޕާޓީއެއްކަން ފާހަގަކުރައްވާފައެވެ. އަދި އޭނާގެ ކަންބޮޑުވުން ރައީސް ޔާމީނާއި ވެސް ހިއްސާކުރެއްވި ކަމަށް އަޒްލީން ވިދާޅުވިއެވެ. އަދި ރައީސް ޔާމީނާއި ބައްދަލު ކުރުމަށް އެދުމުން ފަހުން ގުޅުއްވާނެ ކަމަށް ވެސް ވިދާޅުވި ކަމަށް އަޒްލީން ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ބައްޔަށްފަހު ކުރި މުޒާހަރާތަކަށް ދިއުމަށް މަޖުބޫރު ކުރި ނަމަވެސް އޭނާގެ މަގާމުގެ ގޮތުން ގޮސްފައި ނުވާނެ ކަމަށާއި، އެހެން ނަމަވެސް ޕާޓީ ތެެރެއިން އެކި ގޮތްތަކުން ފިއްތުންތަކެއް އައިކަމަށް އޭނާ ވިދާޅުވިއެވެ. މިއަދު ޕާޓީގެ މައްޗަށް ގަދަވެ ލީޑާޝިޕްގައި އެތިއްބެވީ އެއްގޮަތަކަށް ވެސް ޕީޕީއެމްގެ ބައެއް ނޫން ކަމަށާއި އެހެން ޕާޓީތަކުން އައިސްފައިވާ ބޭފުޅުންތައް ކަމަށް އަޒްލީން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: