ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގްރީން ޓެކްހުގެ ގޮތު މިދިޔަ ނޮވެމްބަރު މަހު 73 މިލިއަނަށްވުރެ ގިނަ ރުފިޔާ

ފޮޓޯ: ސޯޝަލް މީޑިއާ - ގްރީން ޓެކްހުގެ ގޮތު މިދިޔަ ނޮވެމްބަރު މަހު 73 މިލިއަނަށްވުރެ ގިނަ ރުފިޔާ
ޝެއާރކޮށްލާ ކަހަލަދޯ؟

ގްރީން ޓެކްހުގެ ގޮތު މިދިޔަ ނޮވެމްބަރު މަހު 73 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ގްރީން ފަންޑުގެ ހިސާބުތައް ދައްކާ ގޮތުން އެ ފަންޑަށް މިދިޔަ ނޮވެމްބަރު މަހު 73,151,612.16 (ހަތްދިހަ ތިން މިލިއަން ރުފިޔާ އެއްލަކަ ފަންސާސް އެއްހާސް ހަސަތޭކަ ބާރަ) ރުފިޔާ ލިބުނެވެ. އެއީ ރިސޯޓާއި ހޮޓާތައް އަދި ގެސްޓްހައުސްތަކާއި ސަފާރީ އުޅަނދުތަކުން ލިބުނު ފައިސާ އެވެ.

ގްރީން ޓެކްހަށް އެންމެ ގިނައިން ފައިސާ ލިބިފައި ވަނީ މާލެ އަތޮޅުގެ ރިސޯޓްތަކުންނެވެ. މާލެ އަތޮޅުގައި ހިންގާ ރިސޯޓުތަކުން 24,365,515.20 (ސައުވީސް މިލިއަން ތިންލައްކަ ފަސްދޮޅަސް ފަސް ހާސް ފައްސަތޭކަ ފަނަރަ) ރުފިޔާ ލިބުނެވެ. މާލެ އަތޮޅުގެ ގެސްޓްހައުސްތަކުން 1،614،105.11 (އެއް މިލިއަން ހަ ލައްކަ ސާދަހާސް ސަތޭކަ ފަސް) ރުފިޔާ އަދި ހޮޓާތަކުން 579،156.42 (ފަސް ލައްކަ ހަތްދިހަ ނުވަހާސް ސަތޭކަ ފަންސާސް ހަ) ރުފިޔާ ލިބުނެވެ.

ގްރީން ޓެކުހަކީ އޮކްޓޯބަރު 2016 އިން ފެށިގެން ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ކޮންމެ ޓޫރިސްޓެއްގެ އަތުން ނަގާ ޓެކުހެކެވެ. މި ޓެކްސް ނަގަނީ ގެސްޓްހައުސް ނޫން ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނުން ހަ ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުން ނަގަނ ތިން ޑޮލަރެވެ. ގްރީން ޓެކްސް ނަގަން ފެށީ، ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ކަމަށް ބުނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: