ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރުގެ ވެސް ބޮޑު އެތި، ޔާމީނަށް ކުރި ފަސް އަހަރުގެ ހުކުމާއި ބަޔަކު ކުރި އެ އިންތިޒާރު!

އަހަރުގެ ވެސް ބޮޑު އެތި، ޔާމީނަށް ކުރި ފަސް އަހަރުގެ ހުކުމާއި ބަޔަކު ކުރި އެ އިންތިޒާރު!
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް، ޔާމީން އަބްދުލް ގައްޔޫމްގެ ނަމުގައި ރާއްޖޭގެ ބޭންކްތަކުގައި ހުޅުވާފައިވާ އެކައުންޓްތަކުގެ ތެރެއިން ފައިސާ ވަދެފައިވާކަމަށް ފުލުހުން ތުހުމަތު ކުރީ ހަމައެކަނި ރިޔާސީ އިންތިހާބުގެ ދުވަސްރު އެކަންޏެއް ނޫނެވެ. ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ބޮޑެތި އަދަދުތަކުން އެކައުންޓަށް ފައިސާ ޖަމާކޮށް، އެ ފައިސާއިން މުއާމަލާތްކޮށްފައިވެއެވެ. އެ މައްސަލައާއި ގުޅޭގޮތުން ފުލުހުން އޭރު ހާމަ ކުރި މައުލޫމާތުތަކުގައި ބުނެފައިވަނީ އެއީ އެމެރިކާ ޑޮލަރާއި ދިވެހި ފައިސާ ހިމެނޭ ގޮތަށް، 100 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ އަދަދެއް ކަމަށެވެ.

ގޮތް ނޭނގޭ ގިނަ އަދަދެއްގެ ފައިސާ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ މައްސަލައިގައި ރައީސް ޔާމީނާއި ސުވާލު ކުރުމަށް އެކި ފަހަރުމަތީން ފުލުސް އޮފީހަށް ވެސް ހާޒިރު ކުރިއެވެ. “ކެމްޕޭނަށް” ހޯއްދެވި ފައިސާއާއި ގުޅޭ ތަފްސީލު ހޯދުމަށް ފުލުސް އޮފީހަށް ހާޒިރު ކުރުމަށްފަހު ފުލުހުން އެންމެފަހުން ރައީސް ޔަމީންގެ ނަމުގައި ހުރި އެކައުންޓުތައް ފްރީޒްކުރިއެވެ.

އެއަށްފަހު، ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ތުހުމަތުކޮށް ޝަރީއަތް ފެށިއެވެ. އެންމެ ފުރަތަމަ އަޑުއެހުމުގައި ވެސް ނިންމީ މައްސަލަ ބަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަށެވެ.

ޔާމީންގެ މައްޗަށް ދައުވާ އުފުލީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައި ހުރި ފައިސާ ލޯންޑަކުރި މައްސަލައިގަ އެވެ. އިސްލާމިކް ބޭންކްގައި ހުރި ޔާމީންގެ ޑޮލަރު އެކައުންޓަކަށް ދެ ޗެކަކުން އެސްއޯއެފުން ފައިސާ ޖަމާކުރީ އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ޚިޔާނާތް ފަޅާއަރާފައި ވަނިކޮށެވެ.

އަހަރުގެ ކުރީކޮޅު ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށްފައިވަނީ އެކައުންޓަށް ޖަމާވި ފައިސާތަކެއްގެ މައްސަލައިގައި

ކްރިމިނަލް ކޯޓުގައި ބޭއްވި މައްސަލައިގައި 18 ފެބްރުއަރީ ދައުލަތުގެ ވަކީލާ ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ މައްސަލަ އާއި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތެރެއަށް ނުފޫޒު ފޯރުވާފައިވާ ކަމަށެވެ. ރައީސް ޔާމީން އޭރު ބަންދުކުރީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާ އާއު ޖިނާއީ އިޖުރާތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުންނެވެ.

ރައީސް ޔާމީން ރިމާންޑު ޖަލެއްގައި ބަންދު ކުރުމަށް ހުކުމް ކުރުމުން އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅިއެވެ. މައްސަލަ އިސްތިއުނާފުގައި ވަނިކޮށް ކުއްލި ގޮތަކަށް ރައީސް ޔާމީން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެނައެވެ. ރައީސް ޔާމީން އައިޖީއެމްއެޗްއަށް ގެނައީ 24 ގަޑިއިރުގެ އޮބްޒަވޭޝަންއަކަށް ނަމަވެސް، ޕީޕީއެމް އާއި ޕީއެންސީއިން ހޮސްޕިޓަލަށް އެއްވިއެވެ. ހޮސްޕިޓަލެއްގެ ތެރޭގައި އަޑުގަދަކޮށް، ބޮޑާހާކާހެދިއެވެ.

ރައީސް ޔާމީންގެ ސިއްހީ ހާލަތު ދަށްވެފައިވާކަމަށާއި، ހަދަންޖެހޭ ބައެއް ޓެސްޓުތަކެއް ރާއްޖެއިން ހެދެން ނެތްކަމަށް ބުނެ އިދިކޮޅު ކޮންގްރެސް ކޯލިޝަންއިން ދިޔައީ ކަންބޮދުވުން ފާޅު ކުރަމުންނެވެ. އެހެން ނަމަވެސް، ސިއްހީ ހާލަތު މާ ބޮޑަށް ދަށްވަމުން އަންނަކަމަށް ބުނެ ޑޮކްޓަރުންގެ ލަފާގެ މަތީން، ޝަރުތުތަކެއްކޮށް ރައީސް ޔާމީން ގޭބަންދަށް ބަދަލު ކުރުމަށް ނިންމީ މާޗު މަހުގެ 13 ގައެވެ. އެހެން ނަމަވެސް، މާޗު މަހުގެ 28 ގައި ހުކުމް ކުރީ ރައީސް ޔާމީން ބަންދުން ދޫކޮލުމަށެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑްރިން ދައުވާގެ ފުރަތަމަ އިޖުރާއީ އަޑުއެހުން ބޭއްވީ އޭޕްރިލް 25 ގައެވެ. އެމްއެމްޕީއާރްސީގެ ކޮރަޕްޝަން އެންމެ ބޮޑަށް ތުހުމަތުވާ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދެ ޗެކަކުން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގައި އޮންނަ ޔާމީންގެ ސޭވިން އެކައުންޓަށް ވަނީ ޖަމާކޮށްފައެވެ. އަދި އެ އެއް މިލިއަން ޑޮލަރު އޭގެ ފަހުން ވަނީ އިސްލާމިކް ބޭންކްގައި އޮންނަ ޔާމީންގެ ޖެނަރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޓްރާންސްފާކޮށްފަ އެވެ. އެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން، (އޭސީސީ) އާއި އެކު ރައީސް ޔާމީން އެކްސްކްރޯ އެކައުންޓެއް ހެދުމަށް އެބަސްވިއެވެ. އެގޮތަށް އެއްބަސްވީ މައްސަލާގެ ތަހުގީގު ނިމެންދެން އެ އެކައުންޓްގައި އެ ފައިސާތައް ބެހެއްޓުމަށެވެ.

ރައީސް ޔާމީން ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ ހެއްކަށް ނުފޫޒު ފޯރުވަފާނެތީ

މި އަޑުއެހުމުގައި ރައީސް ޔާމީން އާއި ދެކޮޅަށް 8 ހެއްކެއް ހުށަހެޅިއެވެ. އެއީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އާއި، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތްފީ، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު، ރައީސް ޔާމީން ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު، ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު، އަދި ބީއެމްއެލްގެ ބޯޑު މެމްބަރު މުހައްމަދު ލުވެއިޒްއެވެ. އޭގެ އިތުރުން ޒަމީރު 2 މިލިއަން ރުފިޔާއަށް ބިމެއް ބައްލަވައިގެންނެވި، މުހައްމަދު ވަސީމް އިސްމާއީލްއެވެ.

ހެކީންނާއި މެދު ރައީސް ޔާމީން ގިނަ ޝަކުވާތަކެއް ކުރެއްވިއެވެ. އަދީބާއި ޒިޔަތަކީ އެމަނިކުފާނުގެ ވެރިކަމުގައި ކުށް ސާބިތުވެ އަދަބު ދެވި އަދި މައްސަލައިގައި ތުހުމަތު ކުރެވޭ ދެބޭފުޅުން ކަމުން އެ ހެކި ބަސް ގަބޫލެއް ނުކުރެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައެވެ.

އޮގަސްޓު 4 ގައި ބޭއްވި ޝަރީއަތުގައި ވާހަކަ ދައްކަވަމުން، އޭސީސީގެ ރައީސްގެ ހައްސިއްޔަތުން އޭރު މުއައްވިޒް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބަލަންފެށީ 2015 ވަނަ އަހަރުގެ ތެރޭގައި ކަމަށާއި، ތަހުގީގުކުރަމުންދިޔައިރު އެސްއޯއެފްގެ އެކައުންޓަށް ދައުލަތުގެ ފައިސާ ޖަމާވަމުންދިޔަ ކަމަށާއި، ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާވިކަން އެނގުނީ އެ ތަހުގީގުގެ ތެރެއިން ކަމަށެވެ. އަދި ދެ ފަހަރެއްގެ މަތިން ފަސް ލައްކަ ޑޮލަރުގެ ދެ ޗެކެއް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާކަން ތަހުގީގަށް އެނގިފައިވާކަމަށެވެ.

ރައީސް ޔާމީންގެ މައްސަލައިގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ ހެކި ބަސް ނަގާފައިވަނީ އޮގަސްޓު 22 ގައެވެ. އަދީބު ހެކި ބަސް ވަނީ ގާތްގަނޑަކަށް 40 މިނެޓަށް ދިގު ދެމިގެން ގޮސްފައެވެ.

ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާ ހުލާސާ ބަޔާން އިއްވާފައިވަނީ އޮކްޓޯބަރު 9 ގައެވެ. ފަހު އަޑުއެހުމަކީ ހުލާސާ ބަޔާން ދެ ފަރާތުން ވެސް އިއްވުމަށް ބާއްވާ އަޑުއެހުމެކެވެ.

ރައީސް ޔާމީނާއި އަދީބާއި ދެމެދު ހެކި ބަސް ނެގުމުގެ މަރުހަލާގައި ހޫނުގަދަ ބަހުސްއެއް ދިޔަ

އި ކޯޓުގެ ގަވާިއދުގައިވާ ގޮތުން ދަށުކޯޓަކުން ހުކުމްކޮށްފައިވާ މީހަކު، ނުވަތަ ހައިކޯޓުން ހިންގާ ގަޒިއްޔާއެއްގައި ކުށުގެ ތުހުމަތުގައި ހުރި މީހަކު، ހައިކޯޓުން ގަބޫލު ކުރާފަދަ ކަފާލަތެއް ހުށަހަޅައިފިނަމަ، ހައިކޯޓުން އެމައްސަލައަކާ މެދު ނަޒަރު ހިންގުމުގެ ތެރޭގައި، ނުވަތަ ޝަރީއަތް ހިންގުމުގެ ތެރޭގައި އެމީހަކު ދޫކޮށްފައި ބެހެއްޓުމަކީ ހައިކޯޓުގެ އިހްތިޔާރުގައިވާ ކަމެއް ކަމަށް ބުނެފައިވެއެވެ.

ރައީސް ޔާމީން ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ވަނީ ކުއްލި ކައުންސިލް ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ދެ ޕާޓީގެ ކައުންސިލުން ވެސް ނިންމާފައިވަނީ ރައީސް ޔާމީން މިނިވަން ނުވަނީސް އިދިކޮޅުން މިހާރު ކުރަމުންދާ މަސައްކަތް ހުއްޓާނުލުމަށެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ބައިނަލްއަގްވާމީ ފަރާތްތަކާއި ބައްދަލުކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ކައުންސިލްއިން ނިންމާފައިވަނީ، ރައީސް ޔާމީނަށް އިއްވާފަނީ “ސިޔާސީ ހުކުމެއް” ކަމަށެވެ. އެހެން ކަމުން އެ ހުކުމް ބަލައިގަންނަން ޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށް ކަނޑައަޅާ ޕާޓީއިން 2023 ވަނަ އަހަރު ނެރޭނެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީންގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

ފަސް އަހަރު ދުވަހުގެ ޖަލު ހުކުމާއި އެކު ރައީސް ޔާމީނަށް ވަނީ، އެމަނިކުފާނު ރައީސްކަން ކުރައްވަމުން ގެންދަވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސްކަން ގެއްލިފައެވެ. އެހެން ނަމަވެސް، ޕީޕީއެމްއިން ވަނީ ރައީސް ޔަމީންގެ މައްޗަށްކޮށްފައިވާ ހުކުމް ގަބޫލު ނުކުރާނަމަ، ޕާޓީގެ ރައީސްކަމުގެ މަގާމު ރައީސް ޔާމީނަށް ގެއްލެން ވީ ސަބަބެއް ނެތްކަމަށް ބުނެފައެވެ.

ރައީސް ޔާމީނަށް ޕީޕީއެމްގެ ރައީސްކަން ގެއްލިގެން ގޮސްފައިވަނީ، 2015 ވަނަ އަހަރުގެ ތެރޭގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނު އެ އަހަރުގެ ޖޫން މަހުގެ ފަސްވަނަ ދުވަހު ތަސްދީގުކުރެއްވި ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުންނެވެ. އެ އިސްލާހުގައި ވާ ގޮތުން އެ ގާނޫނަށް ވަނީ “ޖަލުގައި ބަންދުކުރެވޭ މީހުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން” ކިޔާ ބާބެއް އިތުރުކޮށްފައެވެ. މިއީ 18 ވަނަ މަޖިލީހުގައި، އެމްޑީޕީގެ ރައީސް ކަމުން ރައީސް މުހައްމަދު ނަޝީދު ވަކި ކުރުމަށް އޭރު ސަރުކާރުގައި ތިއްބަވައިގެން ޕީޕީއެމް، ޕީއެންސީން ވޯޓު ދެއްވައިގެން ގެނައި އިސްލާހެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: