ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުޑީޝަރީއަކަށް ހިލުން ގެނުވި އަހަރަކަށް 2019

ބޮޑު ޖުޑީޝަރީއަކަށް ހިލުން ގެނުވި އަހަރަކަށް 2019
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ފަނޑިޔާރުގެ އިސްލާހު ކުރަންޖެހޭ ވާހަކައަކީ އަބަދުމެ ދެކެވޭ ވާހަކައެކެވެ. ފަނޑިޔާރު ގޭގައި ހުރި ކަންތައް އިސްލާހު ކުރުމާއި، އެ ކަންބޮޑުވުންތަކަށް ނިމުމެއް ނެތް ވާހަކަ އޭރު ބުންޏެވެ. 2008 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން އުފެދުމަށްފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމާޒު ހިއްޕެވީ ފަނޑިޔާރުގެ އިސްލާހު ކުރުމަށެވެ.

އެ މަސައްކަތުގެ ތެރެއިން އެއްކަމަކީ އޭރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުޙައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރުންކަމުގައި ބަލަމާ ހިނގާށެވެ. އެހެން ނަމަވެސް އެއީ އެންމެ ރަނގަޅަށް ކުރެވުނު ކަމަކަށް ނުވިއެވެ. އެ މައްސަލައެއްގައި އަޅައިގަނެ އެންމެ ފަހުން އެމަނިކުފާނުގެ ވެރިކަން ވެސް ބަދަލު ވެ ދިޔައީއެވެ.

އޭގެ ދިހަ އަހަރުފަހެވެ. އަނެއްކާވެސް އެމްޑީޕީގެ ވެރިކަމެކެވެ. އަހަރެއް ފާއިތުވެ ދިޔައީއެވެ. މިއަދުވެސް ވެރިކަމަށް ވަޑައިގަތީ ހަމަ އެ އަޒުމާއި އެކުއެވެ. ފަނޑިޔާރުން ނުފޫޒުން އެއްކިބާކޮށް ކުރެވޭ ތުހުމަތުތަަކަށް ނިމުމެއް ގެނައުމަށެވެ. ބައެއް ބޭފުޅުންގެ ނަޒަރުގައި މިއީ ޝަރުއީ ދާއިރާ އެންމެ ބޮޑަށް މުށުތެރެއަށް ލާ ފިއްތާލި އަހަރަށް ވެސް ވެގެން ގޮސްދާނެއެވެ. އިސްލާހުގެ ނަމުގައެވެ. ނޫނީ ބައެއް ބޭފުޅުން ގަބޫލު ކުރާގޮތުން މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތި މިސްރާބު ޖަހާފައި މިވަނީ އިސްލާހުގެ މަގަށެވެ.

އާ ގާނޫނުއަސާސީ 2008 ގައި ތަސްދީގުކުރުމާ އެކު އުފެދުނީ އިންތިގާލީ ސުޕްރީމް ކޯޓެކެވެ. އޭރު، ކޯޓުގެ މުއްދަތެއްގެ ގޮތުގައި ގާނޫނު އަސާސީގައި ކަނޑައެޅީ 2 އަހަރު ދުވަހެވެ.

އާ ގާނޫނުއަސާސީ 2008 ގައި ތަސްދީގުކުރުމާ އެކު އުފެދުނީ އިންތިގާލީ ސުޕްރީމް ކޯޓެއް

2019 ވަނަ އަހަރު އާ ސުޕްރީމް ކޯޓު އުފެއްދި ފަހުން ފުރަތަމަ ފަހަރަށް މުޅި ބެންޗު މި ވަނީ އާ ވެފައެވެ. ކޯޓުގެ ފަނޑިޔާރަކަށް އެތައް ބައެއްގެ ނުރުހުމާއި، ފާޑުކިޔުންތަކަށްފަހުވެސް ފުރަތަމަ ފަހަރަށް ދެ އަންހެން ފަނޑިޔާރަކު ވަޑައިގެންފިއެވެ. އެއީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު، އާއި ފަނޑިޔާރު އައިޝާ ސުޖޫން މުހައްމަދެވެ.

ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވީ އާ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން، ފަނޑިޔާރު މަހާޒު އަލީ ޒާހިރު، އަދި ފަނޑިޔާރު ހުސްނުއް ސުއޫދުއެވެ. އައްޔަންކުރި ފަސް ފަނޑިޔާރުންގެ ތެރެއިން ސިޔާސީ މައިދާނުގައި މަސައްކަތް ކުރެއްވި ބޭފުޅަކަށް ވާނީ ސުއޫދު އެކަންޏެވެ. އެހެން ނަމެސް، ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމާއި އެކު އޭނާ، ސޯޝަލް މީޑިއާ ދޫކޮށްލެވިއެވެ.

ޝަރުއީ ދާއިރާގެ ތެރެއިން އެންމެ ބޮޑު ފާޑުކިޔުން އަމާޒުވީ އެއް ފަރާތަކަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް ވެގެމްދާނެއެވެ. މަގާމުން ވަކި ކުރުމުގެ މަސައްކަތްތައް ކުރިޔަށް ދަނިކޮށް އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ނޮވެމްބަރު 28 ގައެވެ. ބިޝާމް އިސްތިއުފާ ދެއްވީ އޭނާ ވަކި ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ފަށާފައިވަނިކޮށެވެ.

ސުޕްރީމް ކޯޓަށް ގެނައި ބަދަލާއި އެކު ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުން

ސަރުކާރު ބަދަލުވުމަށްފަހު ވެސް، އަހަރެއް ވަންދެން ބިޝާމް އެ މަގާމުގައި ހުންނެވުމާއި އެކު ގިނަ ބައެއްގެ ފާޑުކިޔުންވެސް އަމާޒުވިއެވެ. ބައެއް ފަހަރު އޯކޭ ވެފަ، އަނެއްބައި ފަހަރު އޯކޭ ނުވާން ވީ ސަބަބެއް ވެސް ނެތެވެ.

2008 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން އުފެދުމަށްފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމާޒު ހިއްޕެވީ ފަނޑިޔާރުގެ އިސްލާހު ކުރުމަށެވެ. އެ މަސައްކަތުގެ ތެރެއިން އެއްކަމަކީ އޭރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުޙައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރުންކަމުގައި ބަލަމާ ހިނގާށެވެ. އެހެން ނަމަވެސް، އެއީ އެންމެ ރަނގަޅަށް ކުރެވުނު ކަމަކަށް ނުވިއެވެ. އެ މައްސަލައެއްގައި އަޅައިގަނެ އެންމެ ފަހުން އެމަނިކުފާނުގެ ވެރިކަން ވެސް ބަދަލު ވެ ދިޔައީއެވެ.

ކުރު ގޮތަކަށް ބަލާލަމާ ހިނގާށެވެ. ޝަރުއީ ދާއިރާއަށް ހަގީގަތުގައި ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފިއެވެ. އެތައް ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތައް ބަލާ، ބޮޑު އަޢުލަބިއްޔަތަކުން އެބޭފުޅަކު އެ މަސައްކަތް ކުރާ ކޯޓަކުން ވެސް ބޭރުކޮށްލައިފިއެވެ. މިއީ މީގެ ކުރިން ނުފެންނަ މަންޒަރެކެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާ ސުޕްރީމް ކޯޓު ގަދަހިފުމަކަށް ގޮސް މޮޅު ހޯދީ ޖޭއެސްސީއިންނެވެ.

ޖޭއެސްސީއަކީ ސިޔާސީ ތަނެއްގެ ގޮތުގައި ސިފަކޮށް ބައެއް މީހުން ވާހަކަ ދެއްކި

2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސުޕްރީމް ކޯޓުން ނެރުނީ، އޭރު ހައްޔަރުގައި ތިބި ހުރިހާ ސިޔާސީ މީހުން ދޫކޮށްލުމުގެ އަމުރަކަށެވެ.

ހަގީގަތުގައި ވެސް ހިބަރު ވަދެ ކެވެ. އޭރު އޮތް ރައީސް ޔާމީންގެ ސަރުކާރު ނޭވާ ހޮޅިއަށް އެޅި، ދެންމެ ދެންމެއަކު ވެއްޓިދާނެ ހެންވެސް ހީވިއެވެ. އެހެން ނަމަވެސް، ރައީސް ޔާމީން ހުރީ ދޫދެއްވާކަށް ނޫނެވެ. މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރިއެވެ. ސިޔާސީ މީހުންގެ ތެރެއިން ފަހަރަކު މީހެއް ނަގާ، ޖަލަށް ގަޅުވާލީއެވެ.

މި ހުރިހާ އަނިޔާ އެއްގެ ބަދަލު ފެނުނީ 2019 ވަނަ އަހަރުއެވެ. ސުޕްރީމް ކޯޓުން އޭރު ނެރުނު ވަރުގަދަ ހިބަރު ވަދު ބާތިލުކޮށް އުއްތަމަ ފަނޑިޔާރަަކަށް ވަޑައިގެންނެވީ ޑރ. އަހުމަދު އަބްދުﷲ ދީދީއެވެ. އަބްދުﷲ ދީދީ ވަކި ކުރުމުގެ އެންމެ ފުރަތަމަވެސް ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ހިލާފުވާ ގޮތަށް ކޮށްފައިވާ ގިނަ ކަންތައްތަކެއް ދިރާސާކޮށް ރިޕޯޓެއް ހަދާ ޕޯޓްގައި ޖުމްލަ 17 ކަމެއް ހިމެނި އެވެ.

އެ ރިޕޯޓް އެހެން އޮތްވާ، ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ލަފާ ހޯދުމަށް ސަރުކާރުން ގެނައި ސައުތު އެފްރިކާގެ ރިޓަޔާޑް ޖަސްޓިސް ޔޮހާން ކްރީގްލާ ވެސް އޭނާގެ ރިޕޯޓް ލިޔެފަ އެވެ. އޭނާ ބުނާގޮތުން، ސްޕްރީމް ކޯޓުގައި ތިބި ފަނޑިޔާރުން ބައިތިއްބައިގެން ޝަރުއީ ދާއިރާ އިސްލާހު ނުވާނެ ކަމެވެ. ގާނޫނުތައް ފުރިހަމައެވެ.

ލޫޕްހޯލްތަކެއް ހުއްޓަސް، މިހާރު މިއޮތް ޖިނާއީ އިޖުރާއަތުގެ ގާނޫނު އޭނާގެ ނަޒަރުގައި ފުރިހަމައެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އެކި ސުލޫކީ މައްސަލަތައް ބަލައި ތަހުގީގު ކުރަން އޭނާ ލަފާ އެރުވިއެވެ. އޭނާގެ އެ ލަފާގެ މަތިން ޖޭއެސްސީއިން އެކަން ކުރަން އަތުކުރި އޮޅާލި އެވެ.

ޖޭއެސްސީން މި މަސައްކަތް ފެށީ، ޖޭއެސްސީގެ ރައީސެއްގެ ގޮތުގައި އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި އަބްދުﷲ އަރީފް ހިމަނައިގެންނެވެ. އަބްދުﷲ ދީދީ ހިމެނޭހެން އޭރު ކޯޓުގައި ތިއްބެވި ހަތަރު ފަނޑިޔާރުންނަށް ވެސް ނޯޓިސް ފޮނުވިއެވެ. އަރީފް ވެސް އޭގެ ތެރޭގައި ހިމެނުނެވެ. ޖޭއެސްސީން އެނގިގޮތުން އެ ފަނޑިޔާރުންގެ ޖުމްލަ 15 މައްސަލައެއް ޖޭއެސްސީއިން ދަނީ ބަލަމުންނެވެ.

އެހެން ނަމަވެސް، ޖޭއެސްސީގެ އެންގުމާއި ދެކޮޅަށް ގަދަ ހައްދަވާ އަބްދުﷲ ދީދީ ނިކުންނެވިއެވެ. އަބްދުﷲ ދީދީ ވަނީ ޖޭއެސްސީގެ ނިންމުމަކީ ބަދަލެއްކަމަށް ވިދާޅުވެ، ޖޭއެސްސީއަށް އޭނާގެ މައްޗަށް ފޯރުވޭނެ ބާރެއް ވެސް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ. ސުޕްރީމް ކޯޓުގެ ވެބްސައިޓުގައި ބަޔާނެއް އާއްމު ކުރައްވާ ޑރ. އަހުމަދު ވިދާޅުވީ ހިނގަމުން ދާ މައްސަލަތަކަށް ނުފޫޒު ފޯރުވާން އުޅޭ ކަމަށެވެ.

ބަޔާނާއި އެކު މައްސަލަ އިތުރަށް ހޫނުވެ. ޖޭއެސްސީން ނިންމީ ޑރ. އަހުމަދު މަގާމުން ވަކު ކުރުމަށެވެ. މި ދެންނެވި މުއްދަތާއި ހަމައަށް ޑރ. އަހުމަދު އެކި ބަޔާންތައް ނެރުނެވެ. ޖޭއެސްސީއަށް ފާޑު ވިދާޅުވެއެވެ. ޖޭއެސްސީން ހުވަޔާއި ހިލާފުވެފައިވާ ކަމަށާއި، އެ ކޮމިޝަނުން ދަނީ ސުޕްރީމް ކޯޓުގެ ބާރުތަކަށް އަރައިގަންނަމުން ކަމަށް ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރުކަމުން ޑރ އަހުމަދު ވަކިކޮށްފައިވަނީ ބޮޑު އަގުލަބިއްޔަތަކުން

އާދަމް މުހައްމަދާއި، ޑރ. އަހުމަދުގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ތަހުގީގުކުރިއިރު އެ ދެ ފަނޑިޔާރުންގެ ކިބައިގައި ފަނޑިޔާރެއްގެ ކިބަގައި ހުރުން ލާޒިމްކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތައް ފާހަގަ ކުރެވިފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

ފަނޑިޔާރެއްގެ ސުލޫކާ ނުގުޅޭ އަމަލުތަކެއް ދެ ބޭފުޅުންގެ މައްޗަށް ސާބިތުވެފައިވާތީ ކޮމިޝަނުން ނިންމި ނިންމުމާއި އެއްގޮތަށް ދެ ބޭފުޅުން މަގާމުން ވަކި ކުރީ ބޮޑު އަޣުލަބިއްޔަތަކުންނެވެ. އަހަރު ފެށުނިއިރު، ކޯޓުގައި ތިއްބެވި ފަނޑިޔާރުންނެއް މިއަދަކު ނެތެވެ. ފަނޑިޔާރުކަމުން ބޭރު ކުރީ ސުލޫކީ މައްސަލަތަކާއި އެކުއެވެ. ގިނަ ތުހުމަތުތަކަަކާއި އެކުއެވެ.

ސުޕްރީމް ކޯޓުގެ ވާހަކައާއި އެކު، ފަނޑިޔާރު އަބްދުﷲ ދީދީ (ފަނޑިޔާރު ޑީޑީ) ގެ ވާހަކަވެސް ދައްކަންޖެހެއެވެ. ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބަލަން އާންމުންނަށް ހުޅުވާލައިގެން ބާއްވަން ޖޭއެސްސީން ނިންމުމާއި އެކު އާއްމުންގެ ސަމާލުކަން ހުއްޓުނެވެ. ހުޅުވާލާފައިވާ އެ މަޖިލީހުގެ އަޑުއެހުން ޓީވީން ލައިވް ކުރި އިރު މުޅި ރާއްޖޭގެ ސަމާލުކަން އަތުލާފައި އޮތީ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި އޮތް އެ މަޖިލީހަށެވެ. އެއީ މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހެވެ.

ސަބަބެއް ވެސް ނެތިއެއް ނޫނެވެ. ޑރ. ޑީޑީގެ މައްޗަށް ތުހުމަތު ކުރީ ކުޑަ ތުހުމަތެއް ނޫނެވެ. އެއް ތުހުމަތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ތެރޭގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ހިޔާނާތުގައި ހިމެނޭ ފައިސާގެ ބައެއް ޑީޑީ ނަންގަވާފައިވާ ކަމުގެ ތުހުމަތެވެ. ދެވަނަ ތުހުމަތަކީ ގެއްލުވާލާފައިވާ އަހުމަދު ރިލްވާންގެ މައްސަލައާ ގުޅުވާ ކޮށްފައިވާ ތުހުމަތުތަކެވެ. އެކަން ހާމަކޮށް ޖޭއެސްސީން، އިއްވީ ފުލުހުން އެ ކޮމިޝަންއަށް ފޮނުވި ސިޓީއެކެވެ. ފުލުހުން ފޮނުވި އެއް ސިޓީގައިވާ ގޮތުން، ފުލުހުން ދަނީ އެމްއެމްޕީއާރްސީ މައްސަލައިގައި ފަނޑިޔާރުއެއްގެ މަގާމެއްގައި ހުންނަވައި އެކި ފަހަރު މަތިން ޑީޑީ ފައިސާ ނެންގެވިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަބްދުﷲ ދީދީ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އޮގަސްޓު މަހުގެ 28 ގައެވެ. ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސުލޫކީ މައްސަލައެއްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ވަކިކުރަން މަޖިލީހުން ފާސްކޮށްފައިވަނީ 72 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

މިއީ ފާހަގަކޮށްލެވުނު ދެ ފަނޑިޔާރުންގެ މައްސަލައެވެ. އެހެން ނަމަވެސް، އަހަރު ނިމިގެން ދިޔައިރު ގިނަ މެޖިސްޓްރޭޓުންނާއި، ގާޒީމްގެ މައްސަލަތައް ބަލާފައިވެއެވެ.

ފަނޑިޔާރުކަމުން ޑރ ޑީޑީ ވަކިކޮށްފައިވަނީ ސީރިއަސް ތުހުމަތުތަކަކާއި އެކު

ދެން، އޮތީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުގައި ހުންނެވި ހައިލަމްގެ މައްސަލައެވެ. ސިޔާސީ ވަކި ބައެއްގެ މުށުތެރެއަށް ފަނޑިޔާރުގެ ގެންދާ ކަމަށް ތުހުމަތުކުރައްވާ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް މަގާމުން އިސްތިއުފާ ދެއްވީ ޑިސެމްބަރު 3 ގައެވެ.

އޭގެ ކުރިން އޭނާއާއި ގުޅޭގޮތުން ފެންމަތިވީ އާދަޔާ ހިލާފު މައްސަލައެކެވެ. ގާޒީ ހައިލަމް ބައްލަވަމުން ގެންދެވީ ދިވެހި ރާއްޖޭގެ ވެރިކަން ކުރައްވާފައިވާ ބޭފުޅެއްގެ މައްސަލައެވެ. އެެއީ ރައީސް ޔާމީންގެ މައްސަލައެވެ. ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ، ހުކުމް އިއްވުމަށް 24 ގަޑިއިރަށްވެފައި ވަނިކޮށް ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހަށް އިރުއަރައިގެން އައީ ވަރުގަދަ ސްކްރީން ޝޮޓަކާއި އެކުއެވެ.

އޭގެ ކުރީދުވަހު، ފާހަގަކުރި ނޮވެމްބަރު 3، 1988 ގެ ތަހުނިޔާ ވިދާޅުވެ ހައިލަމް ފޮނުއްވާފައިވާ ފޮޓޯއެކެވެ. އެ ފޮޓޯއިން ފެންނަނީ ނޮވެމްބަރު 3 ގެ، ޝަހީދު ހުސެއިން އާދަމް އެވެ. ފޮޓޯއަށް ރަނގަޅަށް ނަޒަރު ހިންގާލުމުން ފެނިގެންދަނީ ޗޭނު ޖަހާފައިވާ މީހުންގެ ތެރޭގައި އެ ދުވަހުގެ ޙާއނު ހާޖަރާގޭ، ލުތުފީ އާއި އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. އެ ކުރެހުމުގައި “އެ އިއްޒަތާއި ގަދަރު، ފޭރިގެންފިއޭ މިއަދު” ލިޔެފައިވެއެވެ.

ފޮޓޯ އާއި ގުޅިގެން، މާފަށް އެދި ހައިލަމް ބަޔާނެއް ނެރުނެވެ. ރައީސް، ސޯލިހް އާއި ރައީސް ނަޝީދުގެ ކަރުގައި ޗޭނު ޖަގައި ގެންދާ މަންޒަރު ފެންނަ ފޮޓޯއަށް މާފަށް އެދެމުން ހައިލަމް ވިދާޅުވީ ވައިބާ ގްރޫޕުގައި ނަސްރުންގެ ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން ކުރެވުނު ޕޯސްޓަކީ ހާޖަރާގެ ލުތުފީ ހުރިކަން އެނގުމުން ދެން އެ ފޮޓޯގައި ތިބީ ކޮން ބައެއްތޯ ބެލުމެއް ނެތި ލެވިފައިވާ ފޮޓޯއެއް ކަމަށެވެ. އަދި އެ ގްރޫޕަށް ފޮޓޯލީއިރު، އެ ފޮޓޯގެ ކުރެހުމުގައި ރައީސް ޞާލިހާއި، ރައީސް ނަޝީދުއަށް ނިސްބަތް ކުރެވޭ ފަދަ ކުރުހުމެއް ހުރިކަން އެނގިފައި ނުވާކަމަށެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީކަމުން ހައިލަމް ސަސްޕެންޑުކޮށްފައިވަނީ ވައިބާ ގްރޫޕަށް ލީ ފޮޓޯއެއްގެ ސަބަބުން

އިތުުރު ފަނޑިޔާރަކަށް، ފެމެލީ ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި ހަސަން ސައީދަށް ބަލަމާ ހިނގާށެވެ. ހަސަން ސައީދާ ގުޅޭ ގޮތުން އެ ކޯޓުގެ މުވައްޒަފުންތަކެއް ހުށަހެޅި މައްސަލަތަކެއް ޖޭއެސްސީން ބެލިއެވެ.

މިފަދަ އެކި މައްސަލަތަކުގައި، ފަނޑިޔާރުން ވަކި ކުރި ޖޭއެސްސީން ހަސަން ސައީދާއި ގުޅޭގޮތުން އަމަލު ކުރީ ތަފާތު ގޮތަކަށެވެ. އެއީ، ފިޔަވަޅެއްގެ ގޮތުން އޭނާ ކްރިމިނަލް ކޯޓަށް ބަދަލު ކުރަން ނިންމުމެވެ. ފިޔަވަޅަކީ އޭނާ ކުރިމިނަލް ކޯޓުގެ ގާޒީ ކަމަށް ބަދަލު ކުރުމެވެ. ޖޭއެސްސީއަށް މިފަހުން އައި ބޮޑު ބަދަލާއެކު މިފަދަ ފިޔަވަޅެއް އެޅި މިއީ ފުރަތަމަ ފަހަރެވެ. މިކަމަށް ފާޑުކިޔުން ވެސް އަމާޒުވިއެވެ. އެއީ “ޕްރޮމޯޝަން” އެއްތޯ ނުވަތަ “ފިޔަވަޅެއް” ކަމެއް ނޭނގޭކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ.

ޝަރުއީ ދާއިރާ އިސްލާހު ކުރަން ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ހިފާފައިވާ ބައެއް ބަދަލުތަކާމެދު އެންމެ ބޮޑު ނުރުހުން އޮތީ ސުޕްރީމް ކޯޓުގެ ތެރޭގައެވެ. ސުޕްރީމް ކޯޓުގެ އިހްތިސާސްގެ ބޭރުން ނުވަތަ ޖުޑީޝަލް އޯވަ ރީޗް ގޮތެއްގައި ނިންމުންތައް ނިންމި މައްސަލަ ޖޭއެސްސީން ބެލީ ނޮވެމްބަރު މަހުގައެވެ. ގާނޫނުތަކުގެ މާއްދާތައް ސުޕްރީމް ކޯޓުގެ އިސް ނެގުމުގައި ބާތިލް ކުރުމުގެ ތިން މައްސަލައެއް އޭގެ ތެރޭގައި ހިމެނުނެވެ.

ޝަރުއީ ކޯޓުތަކުން ކޮށްފައިވާ ހުކުމްތަކާ ގުޅިގެން އެމްޑީޕީން އަބަދުވެސް ފާޑުކިޔައެވެ. އެއީ ސަރުކާރާއި، އިދިކޮޅުގައި އޮތްއިރުވެސް މެއެވެ. ޕްރީމް ކޯޓުން “ޖުޑިޝަރީ ޑިކްޓޭޓާޝިޕް” ގެނައި ކަމަށް ބުނެ އަހަރެއްގެ ތޭރޭގައި މުޅި ފަނޑިޔާރުގެ ފޮޅާ ސާފުކޮށްލައިފިއެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީއަށް ގެނައި ބަދަލާއި އެކު ސުޕްރީމް ކޯޓުގެ ބެންޗުގައި ހަތް ފަނޑިޔާރަކު ތިއްބަވަން ޖެހޭނެއެވެ. މިވެސް 2019 ވަނަ އަހަރު ޝަރުއީދާއިރާއަށް ގެނެވުނު އެއް އިސްލާހުގެ ގޮތުގައި އެމްޑީޕީން ގަބޫލު ކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: