ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީންތަކެއް ބިދޭސީއެއް މަރާލުން، އަހަރުގެ ބޮޑު އެއް މަރު!

ބިދޭސީންތަކެއް ބިދޭސީއެއް މަރާލުން، އަހަރުގެ ބޮޑު އެއް މަރު!
ޝެއާރކޮށްލާ ކަހަލަދޯ؟

ށ ޅައިމަގު ކުރިމަގު ބޯޓުގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރު ގެއްލިގެން އެންމެ ފުރަތަމަ ރިޕޯޓުކޮށްފައިވަނީ އޭޕްރިލް މަހުގެ 22 ވަނަ ދުވަހުއެވެ.

“ކުރިމަގު 1” ބޯޓުގައި މަސައްކަތްކުރާ ލުތުފަރާ ގުޅޭގޮތުން ފުރަތަމަ ހުށަހެޅީ ވީނުވީއެއް ގެއްލުނު މައްސަލައެކެވެ. ލުތުފަރު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދަނިކޮށް، އޭނާގެ ހަށިގަނޑުގެ ބައިތަކެއް ފެނިފައިވަނީ ކަނޑުގެ އަޑީންނެވެ. މިއީ 2019 ވަނަ އަހަރު، ރާއްޖޭގައި ހިނގައިިދިޔަ އެންމެ އަނިޔާވެރި އެއް ގަތުލުއަށް ވެގެންދާނެއެވެ. ހާދިސާއާއި ގުޅޭގޮތުން ތަފާތު އެކި ވާހަކަތަކެއް ދެކެވިގެންދިޔައިރު، މައްސަލައިގައި ޝާމިލްވާކަމަށް ތުހުމަތު ކުރެވޭ ބިދޭސީން ވަނީ ލުތުފަރު މަރާލިކަމަށް އެއްބަސްވެ، ކްރައިމް ސީން ވެސް ކުޅެދީފައެވެ.

ލުތުފަރު މަރާލީ، އޭނައާ އެކު އެއް ބޯޓުގައި މަސައްކަތްކުރި މީހުންނާ އެކު ގަދަކަމުން އެއް ޖިންސުން ގުޅުން ހިންގަން އުޅޭތީ އެކަމާ ހިތްހަމަނުޖެހިގެންނެވެ. ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރާ ލުތުފަރުގެ މަރާ ގުޅިގެން، އެ ބޯޓުގައި މަސައްކަތްކުރާ ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފައިވެއެވެ. ހައްޔަރުކުރީ ބޯޓުގައި މަސައްކަތްކުރާ އަލަމިންނާއި ނޫރުލް އިސްލާމް އާއި އެމް.ޑީ އަހުތަރު ހުސެއިނާއި ހަނީފް ބްރަދާއެވެ.

ލުތުފަރު މަރާލާފައިވަނީ އެއް ޖިންސުން ގުޅުން ހިންގުމަށް މަސައްކަތް ކުރުމުން ކަމަށް ފުލުހުން ބުނޭ

ށ ޅައިމަގު ކުރިމަގު ބޯޓުގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރު ގެއްލިގެން އެންމެ ފުރަތަމަ ރިޕޯޓުކޮށްފައިވަނީ އޭޕްރިލް މަހުގެ 22 ވަނަ ދުވަހުއެވެ.

“ކުރިމަގު 1” ބޯޓުގައި މަސައްކަތްކުރާ ލުތުފަރާ ގުޅޭގޮތުން ފުރަތަމަ ހުށަހެޅީ ވީނުވީއެއް ގެއްލުނު މައްސަލައެކެވެ. ލުތުފަރު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދަނިކޮށް، އޭނާގެ ހަށިގަނޑުގެ ބައިތަކެއް ފެނިފައިވަނީ ކަނޑުގެ އަޑީންނެވެ. މިއީ 2019 ވަނަ އަހަރު، ރާއްޖޭގައި ހިނގައިިދިޔަ އެންމެ އަނިޔާވެރި އެއް ގަތުލަށް ވެގެންދާނެއެވެ. ހާދިސާއާއި ގުޅޭގޮތުން ތަފާތު އެކި ވާހަކަތަކެއް ދެކެވިގެންދިޔައިރު، މައްސަލައިގައި ޝާމިލްވާކަމަށް ތުހުމަތު ކުރެވޭ ބިދޭސީން ވަނީ ލުފްތަރު މަރާލިކަމަށް އެއްބަސްވެ، ކްރައިމް ސީން ވެސް ކުޅެދީފައެވެ.

ލުތުފަރު މަރާލީ، އޭނައާ އެކު އެއް ބޯޓުގައި މަސައްކަތްކުރި މީހުންނާ އެކު ގަދަކަމުން އެއް ޖިންސުން ގުޅުން ހިންގަން އުޅޭތީ އެކަމާ ހިތްހަމަނުޖެހިގެންނެވެ. ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރާ ލުތުފަރުގެ މަރާ ގުޅިގެން، އެ ބޯޓުގައި މަސައްކަތްކުރާ ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފައިވެއެވެ. ހައްޔަރުކުރީ ބޯޓުގައި މަސައްކަތްކުރާ އަލަމިންނާއި ނޫރުލް އިސްލާމް އާއި އެމް.ޑީ އަހުތަރު ހުސެއިނާއި ހަނީފް ބްރަދާއެވެ.

ލުތުފަރު މަރާލާފައިވަނީ ނޭވާ ހާސްކޮށްގެން، އެރޭ ބިދޭސީންނާއި އޭނާއާއި މެދު ޒުވާބެއް ދިޔަ

ފުލުހުން ހާމަ ކުރި މައުލޫމާތުތަކުގައި ވާގޮތުން ލުތުފަރު އެންމެ ފަހުން ފެނިފައިވަނީ، ކުރިމަގު ބޯޓުން، އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ރޭގަނޑު 9:30 ހާއިރެވެ. އަދި ގެއްލިގެން ފުލުހުންނަށް ހުށަހަޅާފައިވަނީ ޖެހިގެން އައި ދުވަހުގެ ރޭ 12:17 ހާއިރެވެ. ރަށުގެ ރައްޔިތުންނާއި ސުވާލުކޮށް ކުރިޔަށް ގެންދިޔަ ތަހުގީގު ތެރެއިން އެނގިގެން ދިޔައީ ބަނދަރުގައި އޮތް ބޯޓުން އެރޭ 9:30 އާއި 10:30 އާއި ދެމެދު އާދަޔާ ހިލާފު އަޑުތަކެއް އިވުނު ކަމަށެވެ. ޒުވާބުގެ އަޑުތަކަށް، ރަށުގެ ބަނދަރު ސަރަހައްދުގައި ތިބި މީހުން ބޯޓަށް އަރާ ވާނުވާވެސް ބެލިއެވެ. އެހެން ނަމަވެސް، ބިދޭސީންނާއި ސުވާލު ކުރުމުން އެމީހުން ބުނީ އެއީ އެތަނުން އެކަކު އޭނާގެ އަނބިމީހާ އާއި ދެމެދު މައްސަލަ ޖެހި ފޯނުން ދެ މީހުން ޒުވާބު ކުރާ އަޑުކަމަށެވެ. ބޯޓަށް އެރި މީހުންނާއި ވާހަކަ ދެއްކީ، ނޫރުލް އިސްލާމެވެ، އެ ބުނާ އަޑުތަކެއް އިވުނުއިރު ބޯޓުގައި އިތުރު މީހަކު ނިދާފައި އޮތެވެ.

މީިޑިއާތަކުގައި އެންމެ ފުރަތަމަ ފެތުރިގެން ދިޔައީ، ލުފްތަރު މަރާލުމަށްފަހު ކަނޑަށް އެއްލާލީ ކަމަށެވެ. އެހެން ނަމަވެސް، ފުލުހުންގެ ތަހުގީގާއި އެކު އެނިގެން ދިޔައީ އެއީ އެއަށްވުރެ މާ ރޭވުންތެރި ކަމާއި އެކު، ހިނގައިދިޔަ ބޮޑު އަނިޔާވެރި މަރެއް ކަމެވެ. އެންމެ ފުރަތަމަވެސް ލުފްތަރުގެ ނޭވާ ހާސްކޮށްގެން އޭނާ މަރާލީއެވެ. ނަމަވެސް، ލުފްތަރު މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ކަނޑައަޅާލުމާއި ހަމައަށް ގިނަ ކަންތަކެއް ބިދޭސީން ހިންގާފައިވެއެވެ. އެ މަރާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، ލުފްތަރު ނޭފާ ހާސްކޮށްގެން މަރާލުމަށްފަހު، ހަށިގަނޑުގައި ބަރެއް ޖެހުމަށްފަހު ކަނޑަށް ތިރިކުރީއެވެ. އޭނާ މަރާލާފައިވަނީ ބޯޓުގެ ވާތްފަރާތުން ދިރުނބާއާ ވީ ހިސާބުން ތައްޓު މަތީގައި ބޭއްވުމަށްފަހުއެވެ. އަދި ލުފްތަރު މަރާލުމުގައި ބައިވެރިވެފައިވަނީ އަލަމިންނާއި ނޫރުލް އިސްލާމް ސަރުކާރާއި އެމް.ޑީ އަހުތަރު ހުސެއިންއެވެ.

ވަލެއްގައި ޖަހާ، ލުފްތަރު ކަނޑަށް ތިރިކޮށްލީ ބޯޓުގައި އެވަގުތު އިތުރު ބިދޭސީއަކު ނިދާފައި އޮތުމާއި އެކު ދެވަނަ ފަހަރަށްވެސް ބޯޓަށް ބަޔަކު އަރާފާނެ ކަމަށް ބަލައެވެ. ބަނދަރުމަތިން މީހުން ހުސް، އަޑު ކެނޑުމާއި އެކު ނޫރުލް އިސްލާމް މޫދަށް ފުންމާލުމަށްފަހު ލުފްތަރުގެ ހަށިގަނޑު ނެގިއެވެ. އެއަށްފަހު ލުތުފަރު ލައިގެން ހުރި އަންނައުނު ބާލުވައި އޭނާގެ ހަށިގަނޑުން ފެން ހިއްކައި، އެހެން އަންނައުނު ލައްވިއެވެ. އަދި އޭނާ އާއްމުކޮށް ނިދަން އޮންނަ ތަންމަތީގައި ހަށިގަނޑު ބޭއްވިއެވެ. އޭގެ ސަބަބަކީ، ބޯޓުގެ ވެެރި މީހާ ބޯޓަށް އައިސްދާނެ ކަަމަށް ބެލުމާއި އަދި ނިދާފައި އޮތް ބިދޭސީއަށް ހޭލެވި ލުފްތަރު އާއި ގުޅޭގޮތުން ސުވާލުކޮށްފާނެތީއެވެ.

ލުފްތަރުގެ ހަށުގަނޑު އޭނާ އާއްމުކޮށް ނިދާ ތަނުގައި ބޭއްވުމަށްފަހު ދެން ބިދޭސީން މަޝްވަރާ ކުރީ އޭނާއާއި މެދު އަމަލު ކުރާނެ ގޮތަކާއި ގުޅޭގޮތުންނެވެ. އެގޮތުން ހަމަ އެރޭ ދަންވަރު 1:30 ހާއިރު އެމީހުން ނިންމީ ލުފްތަރުގެ ހަށިގަނޑު ކަނޑުފެއްތުމަށެވެ. އެއަށްފަހު ތިން މީހުން ވެގެން ލުފްތަރުގެ ހަށިގަނޑު ކުރިމަގު ބޯޓާއި ދިމާލުން ފަޅުތެރެއަށް ބޭލުވިއެވެ.

މި ބިދޭސީންތައް ލުތުފަރު މަރާލުމަށްފަހު ކަނޑުފައްތާލީ ބޯޓުގައި ބޭނުން ކުރާ ވަލާއި ގޯންޏާއި އަދި ފެންއަޅަން ބޭނުންކުރާ 20 ލީޓަރުގެ ތިން ފެން ހަން ބޭނުންކޮށްގެންނެވެ. އެމީހުންނާއެކީގައި އެ އެއްޗެހި ބާލުވައި، އެ ތިން ހަން ލުތުފަރުގެ ހަށިގަނޑުގައި ބަނުމަށް ފަހު ހަންތަކުގެ އެހީގައި ލުތުފަރުގެ ހަށިގަނޑު ފަޅުތެރެއިން ލާ، ފަތާފައި ގެންގޮސް ބަނދަރުގެ ބޭރު ތޮށިގަނޑު މަތިން އަރުވައިގެން ތޮށިގަނޑުގެ ބޭރަށް ހަށިގަނޑު ގެންދިޔައެވެ.

އޭގެ ފަހުން ބޯޓުން ގެންދިޔަ ގޯނިތަކަށް، އެ ދިމާލުގައި ހުރި ހިލަތަކުން ހިލަ އާއި މޫދުން ގާ އަޅައި ބަސްތާތަކެއް ހެދުމަށް ފަހު ލުތުފަރުގެ ފަޔާއި އުނަގަނޑުގައި އެ ބަސްތާތައް އައްސިއެވެ. ލުފްތަރު ކަނޑު ފެއްތުމަށްފަހު އެ ތިން މީހުން ހަންތައް ހިފައިގެން އަނެއްކާވެސް އަނބުރާ ބޯޓަށް އައެވެ.

ޖެހިގެން އައި ދުވަހު، ބޯޓު ފުރަންވާ ގަޑިއަށް ހޭލުމަށްފަހު އެކަކު އަނެކަކާއި ލުފްތަރު އާއި ގުޅޭގޮތުން ސުވާލުކޮށް ބޯޓުގެ ވެރި މީހާ ގާތު އޭނާ ވީތަނެއް ނޭނގޭ ކަމަށް ބުންޏެވެ. އެހެން ކަމުން ބޯޓު ފުރަންވާ ގަޑިއަށް ފުރީ، ލުފްތަރު ފިލީކަމަށް ބަލައެވެ.

ލުތުފަރު މަރާލާފައިވަނީ ނޭވާ ހާސްކޮށްގެން، އެރޭ ބިދޭސީންނާއި އޭނާއާއި މެދު ޒުވާބެއް ދިޔަކަމަށް ފުލުހުން ބުނޭ

ލުތުފަރު ކަނޑުފެއްތި ކަމަށް ބުނާ ސަރަހައްދު ފާސްކުރިއިރު ގާ އަޅައި ވާ އައްސާފައިވާ ބަސްތާތަކާއި ބަނދަރާ ދިމާލުން ބޭރު ކަނޑުގެ ސަރަހައްދުން 27 މީޓަރު އަޑިން ލުތުފަރުގެ ހަށިގަނޑުގެ ބައިތަށް ކަމަށް ބެލެވޭ، ހަށިގަނޑުގެ ބޮޑުބައެއް ފެނުނެވެ. ލުފްތަރުގެ ހަށިގަނޑާއި އެކު އޭނާގެ އަންނައުނާއި، ފައިގައި އެއްސި ވާގަނޑު ވެސް ބިދޭސީން ތަހުގީގަށް ކިޔައިދިން ވާހަކަތަކަށްފަހު ހޯދިއެވެ.

ފުލުހުން ނޫސްވެރިންނަށް، އޭނާގެ ކަށިގަނޑުކަމަށް ބެލެވޭ ބައިތަކުގެ ފޮޓޯތަކެއް ވެސް ދެއްކިއެވެ. އޭގެ ތެރޭގައި ވަކިވަކިން ހުރި ކަށިތަކަކާއި ކަރުން ފެށިގެން މައިބަދަ އެއްްކޮށް އޮތް ކަށިގަނޑަކާއި ވަކިން އޮތް ބޮލުގެ ނާށިގަނޑު ހިމެނެއެވެ. ލުތުފަރުގެ ހަށިގަނޑުގެ ކަށިތައް އެކަނި ހުރީ، އެ ކަށިތައް ފެނިފައި ވަނީ އޭނާ ކަނޑުފެއްތިތާ 15 ވަރަކަށް ދުވަސްވެފައިވެ، މަސްގަނޑު ވަކިވެފައިވުމުންނެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަސްލު ނަން އޮޅުވާލައި ލިޔެކިޔުންތައް ފޮރުވުމުން ނުވަތަ ގެއްލުމުން ދެން އެއީ ކާކުކަން ކަށަވަރުކުރެވެން އޮންނަނީ އިމިގްރޭޝަންގައެވެ. އިމިގްރޭޝަންގެ ޑޭޓާ ބޭސްގައި ލުތުފަރާއި ގުޅޭ އެއްވެސް މައުލޫމާތެއް ނެތެވެ. އެއީ، އަސްލު މީހާގެ ނަން ކަމެއް ވެސް ނޭނގެއެވެ. ރަސްމީ އެއްވެސް ލިޔެކިޔުމެއް ނެތެވެ.

ލުތުފަރު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރާ ތިން ބިދޭސީން ކުށަށް އިއުތިރާފްވުމަށް ފަހު އެކަމަށް ފަހުން އިންކާރު ކޮށްފައިވާތީ އެ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްޓަކައި އެ މައްސަލަ ކޯޓުން ބޭރުކޮށްލީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. އެ ތިން މީހުންގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާ އެވެ. އެ ކުށަށް ކުރިން އެ މީހުން އިއުތިރާފްވެ، ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ދައުލަތާ އެކު އިއުތިރާފްގެ އެއްބަސްވުމެއް ސޮއި ކުރިޔަސް، ފަހުން އެ މީހުން ވަނީ ކޯޓުގައި އެކަމަށް އިންކާރުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: