ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށި ސިޓީއަކަށް ހެދުމުގެ މޭސްތިރިއަކީ ރައީސް ޔާމީން: އިދިކޮޅު

ހދ. ކުޅުދުއްފުށީ އެއާޕޯޓް ހުޅުވުމަށް 2018 ވަނަ އަހަރު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ އަތޮޅު ކުޅުދުއްފުށި ސިޓީއަކަށް ހެދުމަށް އެންމެ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ  ޔާމީން ކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

ގާނޫނުގައި ވާ ގޮތުން ނަމަ، 10،000 މީހުންގެ އާބާދީއެއް އޮންނަ ކޮންމެ ރަށަކަށް ސިޓީއެއްގެ ދަރަޖަ ދޭން ޖެހެ އެވެ. މިހާރު ސިޓީއެއްގެ ގޮތުގައި ބަލަނީ މާލެ އާއި އައްޑު އާއި ފުވައްމުލައް އެކަންޏެވެ. ކުޅުދުއްފުށީގެ އާބާދީގައި ސިޓީއެއްގެ ދަރަޖަ ދިނުމަށް ގާނޫނުގައި ބުނާ އަދަދަށް، ދިހަހާސް މީހުން ހަމަވެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު އެވެ.

ކުޅުދުއްފުށިއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައަޅުއްވާ އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއުލާނު ކުރައްވާފައިވަނީ ޑިިސެމްބަރު 30 ވަނަ ދުވަހުއެވެ. އެއާއި އެކު، އިދިކޮޅުން ވަނީ އެކަމަށް މަރުހަބާ ކިޔާ އެއީ ރައީސް ޔާމީން ކުޅުދުއްފުއްޓަށް ގެނެސްދެއްވި ހެޔޮ ބަދަލުގެ ނަތީޖާ ކަމަށް ބުނެ ބަޔާނެއް ވެސް ނެރަފައެވެ.

ޕީޕީއެމް، ޕީއެންސީގެ އިސް ބައެއް ލީޑަރުން ކުރައްވާފައިވާ ޓްވީޓުތަކުގައި ވަނީ ރަށުގެ ތަރައްގީ އަށް ގިނަ މަސައްކަތްތަކެއް ވޭތުވެ ދިޔަ އަހަރުތަކުގައި ކުރެވިފައިވާކަމަށް ބުނެފައެވެ. އެހެން ނަމަވެސް، އާބާދީ ހަމަވުމާއި އެކު އެއީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅުމަކީ އަދި ހައްލެއް ނޫން ކަމަށް ވެސް ވަނީ ބުނެފައެވެ. އިދިކޮޅުން ބުނެފައިވަނީ، ސިޓީއެއްގެ ދަރަޖަ ކުޅުދުއްފުއްޓަށް ދިން އިރު، އެ ސިޓީއިން އަސާސީ ހުރިހާ ހިދުމަތްތަކެއް ފުރިހަމަވެ ދާއިމީ ވާންޖެހޭޏެ ކަމަށެވެ.

ޕީޕީއެމް ޕީއެންސީ ގުޅިގެން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ކުޅުުދުއްފުށީ ރައްޔިތުންނަކީ ތަރައްގީއަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް ކަމަށެވެ. އަދި ކުޅުދުއްފުށޫ ރައްޔިތުންނަކީ ދިވެހި ގައުމުގެ މިނިވަންކަމުގެ ދިފާއުގައި އަބަދުވެސް ތެދުވާ ބައެއް ކަމަށެވެ. ރައީސް ޔާމީން ކުޅުދުއްފުއްޓަށް ގެނެސްދެއްވި ތަރައްގީގެ މިސްރާބަކީ ފުއްދުންތެރި އަދި ވިޔަފާރީގެ މަރުކަޒަކަށް ކުޅުދުއްފުށި ހެއްދެވުން ކަން ފާހަަގަކޮށް އިދިކޮޅުން ބުނެފައިވަނީ އެ ތަސައްވުރު ޕީޕީއެމް އަދި ޕީއެންސީން އަބަދުވެސް ދަމަހައްޓާނެ ކަމަށެވެ.

ސިޓީގެ ދަރަޖާއި އެކު ހިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާ ކުރުމަށް ގޮވާލާ އިދިކޮޅުން ބުނެފައިވަނީ ހުރިހާ ހިދުމަތްތަކެއްވެސް ދެން ފޯރުކޮށްދޭންޖެހޭނީ ހަލުވި ސްޕީޑެއްގައި ކަމަށެވެ. ކުޅުދުއްފުއްޓަކީ މިހާރުވެސް އިގްތިސާދީ ގިނަ މަސައްކަތްތަކެއް ހިނގާ އުތުރުގެ ވިޔަފާރީގެ މައި އެއް ރަށެވެ. އެ ރަށުގެ ރައްޔިތުންގެ ބޮޑެތި ވިޔަފާރިތައްވެސް ހިންގަމުންދާއިރު، ނިމިދިޔަ ސަރުކާރުން އަދި އޭގެ ކުރީ ސަރުކާރުންވެސް ވަނީ ތަރައްގީގެ މުހިންމު މަޝްރޫއުތައް ހިންގަވާފައެވެ.

އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީގެ ސިޓީ ކައުންސިލަށް އިންތިހާބު ކުރާނީ ހަތް ކައުންސިލަރުންނެވެ. އޭގެ ތެތޭހައި ހިމެނެނީ މުޅި ސިޓީގެ މީހުން ވޯޓު ލައިގެން އިންތިހާބު ކުރާ ސިޓީގެ މޭޔަރާއި ކަނޑައަޅާ ވަކިވަކި ހަ ދާއިރާއަކުން އިންތިހާބު ކުރާ ހަ ކައުންސިލަރުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: